Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ލެސްޓާއިން ފަހަތުން އަރައި ލިވަޕޫލް ބަލިކޮށްފި

13 ފެބުރުއަރީ 2021 | ހޮނިހިރު 14:47

ލިވަޕޫލް އަތުން ލެސްޓާ މޮޅުވީ 3-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ފެބުރުއަރީ 2021 | ހޮނިހިރު 14:47
ލެސްޓާ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލެސްޓާ މޮޅުވީ 3-1 ން

ލެސްޓާ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލެސްޓާ މޮޅުވީ 3-1 ން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ލެސްޓާ ސިޓީން ފަހަތުން އަރައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލެސްޓާ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިވަޕޫލް ބަލިވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ކުރީކޮޅު ލިވަޕޫލުގެ ދެ ފޯވާޑުން ކަމަށްވާ ސަޑިއޯ މާނޭ އާއި މުޙައްމަދު ސަލާހަށް ވަނީ ލީޑު ނެގުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓުގައި ލިވަޕޫލުގެ ފޯވާޑް ރޮބާޓޯ ފިރްމީނޯއަށްވެސް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ލެސްޓާގެ ގޯލްކީޕަރު ޕީޓާ ޝްމައިކަލް ވަނީ ދިފާއުކޮށްފައެވެ.

އޭގެ ފަހުން މި ހާފުގައި އެންމެ ހުސް ފުރުސަތުތަކެއް ލިބިގެންދިޔައީ ލެސްޓާގެ ފޯވާޑް ޖެމީ ވާޑިއަށެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ވާޑީއަށް ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ލިވަޕޫލުން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 56 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އެކަމަކު އޭގެ ފަހުން މެޗުގެ 67 ވަނަ މިނެޓުގައި ފިރްމީނޯ ދިން ޕާހަކުން ސަލާހު ވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް ލީޑު ނަގައިދީފައެވެ.

މި މެޗުގައި ލެސްޓާއިން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ހަ މިނެޓު ތެރޭ ޖެހި ތިން ލަނޑާއެކުއެވެ. އެގޮތުން މެޗުގެ 79 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ޖޭމްސް މެޑިސަން ލެސްޓާއަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން ލިވަޕޫލުގެ ގޯލްކީޕަރު އެލިސަން ބެކާ ހެދި ގޯހެއްގެ ފައިދާ ނަގައި ވާޑީ ވަނީ ލެސްޓާ ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ލެސްޓާއަށް ލީޑު ފުޅާކޮށްދިނީ ހާވީ ބާންސްއެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް ލެސްޓާ ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު 24 މެޗުން 46 ޕޮއިންޓް ލިބިފައެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި އޮތް ލިވަޕޫލަށް 24 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

12 މާރިޗު 2017

ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ

12 މާރިޗު 2017
ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ
08 މާރިޗު 2017

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
13 ފެބުރުއަރީ 2017

ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި

13 ފެބުރުއަރީ 2017
ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް