Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިދިކޮޅު މުޒާހަރާ

ފްލެޓްގެ ނަމުގައި ބޭއްވި މުޒާހަރާއަށް އިދިކޮޅަށް އެއްކުރެވުނީ 200 އެއްހާ މީހުން!

މީހުން އެއްކުރުމަށް ކޯލް ސެންޓަރެއް ހިންގާތާ ހަފްތާއެއް ވެއްޖެ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2021 | ހުކުރު 13:12
މުޒާހަރާގެ ހުރިހާބައިވެރިންހެން ފެންނަ ފޮޓޯއެއް - ކޯލްސެންޓަރު ހަދައިގެން ވެސް ނުކުތީ 200 ވަރަކަށް މީހުން

މުޒާހަރާގެ ހުރިހާބައިވެރިންހެން ފެންނަ ފޮޓޯއެއް - ކޯލްސެންޓަރު ހަދައިގެން ވެސް ނުކުތީ 200 ވަރަކަށް މީހުން

ކޮވިޑްގެ ނުރައްކާ އެންމެ ބޮޑުވި ދަނޑިވަޅު، ފްލެޓްގެ ނަމުގައި އާންމުންނަށް އޮޅުވާލައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލާ އިދިކޮޅުން ކުރި މުޒާހަރާއަށް ނުކުތީ 200އެއްހާ މީހުން ކަން ހާމަވެއްޖެއެވެ.

މަނީލޯންޑަރިންގެ ކުށް ސާބުތެވެ ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ސިލްސިލާ މުޒާހަރާތަކެއް ކުރިއަށްގެންދާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފުގެ މަރުޙަލާގެ ކަންކަން ފެށުމާއެކު އިދިކޮޅުން ދެތިން މީހަކު ސައްލާ ކޮއްލުމަށްފަހު ނިކުމެ އެއްވުންތައް ބާއްވަން ފެށިއިރު، ސިލްސިލާކޮށް މިކަން ކުރުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނިންމުމުން މި ދެންނެވި މުޒާހަރާތަކުން ފެންނަ މީހުންގެ އަދަދު މަދުވާތަން ފެނިގެން ދިޔައެވެ. އަދި މުޒާހަރާގެ ނަމުގައި ކޮންމެ ދުވަހަކުގެން މާލެ ރިންގް ރޯޑްގައި ހިނގާލަންދާ ބީދައިން އިދިކޮޅުން ޕީޕީއެމްގެ ފިޔާތޮށި ދިދަ ހިފައިގެން ގަޑިއިރެއްހާއިރު ހިނގާލުމަށްފަހު ގެޔަށް ވަންނަތަން ފެނިގެން ދިޔައެވެ. ގިނަ ފަހަރަށް މި ދެންނެވި ހިނގާލުންތަކުން ކުރީގެ ރައީސް ޔާމީންގެ ހައްޤުޤައި ޤުރުބާންވާން ތައްޔާރަށް ތިބިކަމަށް ބުނާ އިދިކޮޅު މައި ލީޑަރުން ނުފެނެއޭ ދެންނެވުމަކީވެސް ދޮގަކަށް ނުވާނެއެވެ.

ކޮންމެއަކަސް، މި ހިނގާލުމަށް ފާޑުކިޔުންތައް ބޮޑުވެ ލަދުން ހަދާނެގޮތް ހުސްވެގެން މިފަހަރު މި ފެނުނީ އައު އުކުޅެއް ބޭނުންކުރިތަނެވެ. ރައްޔިތުންގެ މެދުގައި މި ދުވަސްވަރު އެންމެ ބޮޑަށް ހިތް ނުތަނަވަސްވެފައިވާ މައްސަލަ، އަސްލު ދަންނަވަނީނަމަ މިދިޔަ ސަރުކާރުން މިދިޔަ ސަރުކާރުން އޮޅުވާލި ފްލެޓް ލިބޭ މީހުންގެ ލިސްޓާއި ގުޅޭގޮތުން ރައްޔިތުންނަށް ބުހުތާނު ދޮގު ހަދާ ރައްޔިތުންގެ ހިތްތަކަށް ވިހަ ވައްދައިގެން އިދިކޮޅުން މިވަނީ އެވެރިންގެ ލީޑަރު މިނިވަންކުރުމުގެ ހަރަކާތް އަނެއްކާވެސް ފަށާފައެވެ. ދުރާލާ ތައްޔާރުވެ ވަކިވަކި ރައްޔިތުންނަށް ގުޅައިގެން އިދިކޮޅުގެ ތާރީޚުގައި ވެސް ހިންގާ އެންމެ ބޮޑު ސިޔާސީ ހަރަކާތޔުގެ ގޮތުގައި ފެށި މިހަރަކާތުން މާކަ ބޮޑު ކާމިޔާބީއެއް ލިބިފައިވެއެކޭ ދެންނެވޭކަށް ނެތެވެ. ކޮވިޑްގެ ތިންވަނަ ރާޅު ނުވަތަ ޑރ. ނަޒްލާ ވިދާޅުވާގޮތުންނަމަ މިހާތަނަށް ނެގި އެންމެ ނުރައްކާތެރި ރާޅުގެ ބިރުވެރިކަން އެންމެ ބޮޑުވި ދަނޑިވަޅު އިދިކޮޅުން މި ހަރަކާތް ރޭވިގޮތުގެ ބައެއް ތަފްސީލު ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ.

"މަގޭ ފްލެޓް ކޮބާ؟" ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން މުޒާހަރާއެއް ރާވަން ނިންމާ ޕީޕީއެމް އޮފީހުގައި މިކަމަށް ޚާއްސަ ކޯލް ސެންޓަރެއް އިދިކޮޅުން މީގެ ހަފުތާއެއް ހާދުވަސްކުތިން ޤާއިމުކުރިއެވެ. އެގޮތުން މި ކޯލް ސެންޓަރުން ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:30ން 18:00އަށް ވަކި ވަކި މީހުންނަށް ގުޅާ އިދިކޮޅާ ގުޅުމަށް އާދޭސް ކުރިކަމަށްވެއެވެ. އަދި މި ނުމުނީކީ ނޫނެވެ. މި ދެންނެވި ވަރުގަދަ މުޒާހަރާއާއި މެދު އެވެރިންނަށް ވެސް ޔަޤީންކަން ނެތްކަން މިވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ހަވީރު ހަތަރެއްޖަހާއިރު ފެށުމަށް ނުވަތަ ޝަރަފުވެރި އިއްޒަތްތެރި އިދިކޮޅު ލީޑަރުންނާއެކު މި މުޒާހަރާފެށުމަށް ނިންމާފައިއޮތްއިރު، އެގަޑިއަށް އެކަށޭނަ އަދަދަކަށް މީހުން އެއް ނުވެދާނެކަމަށް ޚުދު އިދިކޮޅަށް ވެސް ލަފާކުރެވުނެއެވެ. މި ސަބަބައްޓަކައި ކޯލް ސެންޓަރުން ގުޅާފައި މުޒާހަރާގައި ބައިވެރިވުމަށް އަންނަ ފަރާތްތަކަށް މި ދެންނެވި މުޒާހަރާ ފެށުމުގެ 2 ގަޑިއިރު ކުރިން ޕީޕީއެމް އޮފީސް ދޮށަށް އެއްވުމަށް އެދުނެވެ. ކުރިން ދެންނެވި ގޮތައް އެވެރިން މިވަރުން ކުރި މަސައްކަތް ވެސް ކާމިޔާބު ވާތަނެއް ނުފެނުނެވެ.

އިދިކޮޅުގެ ބޮޑު މުޒާހަރާގެ ނަމުގައި ހިންގި މުޒާހަރާއަށް އަޅުގަނޑުމެންގެ ކެމެރާގެ ލެންސްތައް އަޅުވާލާ ބަލާލުމުން ފެނިގެންދާ މަންޒަރުން މިއީ އިދިކޮޅުން ބުނާ އިންސާފުގެ "ބޮޑު" މުޒާހަރާއެކޭ ދެންނެވޭކަށް ނެތެވެ. އެގޮތުން މި މުޒާހަރާއިން އެންމެ ގިނައިން މީހުން ފެންނަ ނުވަތަ މުޒާހަރާގެ ހުރިހާ ބައިވެރިންހެން އެއް ފޮޓޯއަކުން ފެންނަ ފޮޓޮއަށް ތަފްސީލީގޮތެއްގައި ބަލާލުމުން އަޅުގަނޑަށް މި ފޮޓޮއިން ފެނުނީ ގާތްގަޑަކަށް 220 ވަރަކަށް މީހުންނެވެ.

ކޮންމެއަކަސް، މިއީ މިފަދަ ކުދިކުދި މުޒާހަރާތައް ކީއްކުރަން މަގުމަތީގައި ދެމީހަކު އެއްވެ މަޑުކޮށްލައިގެން ތިބުންވެސް އެންމެ ރަނގަޅު ވަގުތު ނޫންކަމުގައި ސިއްޙީ މާހިރުން މިދަނީ ވިދާޅުވަމުންނެވެ. ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރގެ ތަރުޖަމާނު އަދި މިދަނޑިވަޅުގައި ރާއްޖޭގެ ކޮވިޑްގެ ޙާލަތު އެންމެ ރަނގަޅަށް އިނގިލައްވާނެ އެއްބޭފުޅަކުކަމުގައިިވާ ޑރ. ފާތިމަތު ނަޒްލާ ރަފީޤްވެސްވަނީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިމިވަނީ، މިއީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކޮވިޑް-19 ވޭވްކަމަށް ވިދާޅުވިއެވެ. އެގޮތުން ހޮސްޕިޓަލުތަކުގައި އެނދުމަތި ކުރެވޭ މީހުންގެ އަދަދުތައް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާއިރު، ހޮސްޕިޓަލުތަކުގެ ބެޑް ކެޕޭސިޓީ ފުރެމުންދާކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި މިވަގުތު ބާކީ ހުރީ މަދު އެނދުތަކެއްކަަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވަނީ ރާއްޖެ އޮތީ "ކްރިޓިކަލް" ޙާލަތެއްގައިކަން ބަޔާންކޮށް، ވައިރަސް ކޮންޓްރޯލް ކުރުމުގައި ހުރިހާ ފަރުދުންގެވެސް އެއްބާރުލުމަށް ގޮވާލައްވާފައެވެ. މި ފަރުދުންގެ މެދުގައި ކުރިން ދެންނެވި އިދިކޮޅު ކުޑަ ސައްލާގައި މާސްކް ނާޅާ ނުވަތަ ނަމެއްގައި މާސްކް އަޅައިގެންތިބޭތަން ފެނިގެންދާ އިދިކޮޅުގެ ކުރިއާއި މިހާރުގެ މަޖިލިސް މެމްބަރުންވެސް ހިމެނެއެވެ. ވެކްސިން ނުޖައްސަވަން ބޮޑާހާކަވަމުންގެންދަވާ މިވަގުތު އިދިކޮޅުގެ މައި ލީޑަރުގެ ގޮތުގައި ހުންނެވި އަބްދުއްރަހީމްވެސް މި ދެންނެވި ފަރުދުންގެ ލިސްޓްގައި ހިމެނެއެވެ.

މި ދަނޑިވަޅު ޤައުމުގެ ރައްކާތެރިކަން އިސްކުރުން މުހިންމު ވެފައިވާއިރު، މިފަދަ ނާޒުކު ޙާލަތެއްގައި ކުށް ސާބިތުވެ ކުށުގެ އަދަބު ފުރިހަމަކުރަމުންދާ ވެރިއަކު މިނިވަންކުރަން ކުރާ މުޒާހަރާތަކުގެ ސަބަބުން ކޮވިޑްގައި ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ފަރުދީ ޒިންމާގެމަތިން ހަނދާން ކޮއްލުން މުހިންމެވެ.

މިއާއެކު އާންމުން އަންނަނީ މި ނުރައްކާތެރި ދަނޑިވަޅުގައި މުޒާހަރާ ކުުރުމުގެ ބަދަލުގައި ޒިންމާދާރުވުމަށް ގޮވާލާފައެވެ. ބައެއް ފަރާތްތަކުން ދަނީ އިިދިކޮޅުގެ މި އެއްވުންތައް ކުށްވެރިކޯށް ގައިޑްލައިންތަކާ ހިލާފުވާ މީހުންނަށް އަދަބު ދިނުމަށް ގޮވާލަމުންނެވެ. އަދި އެޗްޕީއޭއިން މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ގައިޑްލައިނާއި އުސޫލުތަކާއި ހިލާފުވާ މީހުން ހައްޔަރުކުރުމަށް ދަނީ ގޮވާލަމުންނެވެ.

4 ޖެހި އިރު ފަށަން އުޅުނު މުޒާހަރާ ގަޑިއަށް ނުފެށި އެންމެ ފަހުން ގަޑިއެއްހާ އިރުތެރޭގައި މުޒާހަރާ ނިންމާލާ ދެން ފެނުންނި ފުލެޓަށް އިންސާފު ހޯދައިދޭން ނުކުތް މީހުން ޕީޕިއެމް ޖަގަހަ ކައިރީގައި ބޮޑިބަތް ކާން ތިބި މަންޒަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

24 އެޕްރީލު 2018
ޕީޕީއެމް ރެލީއަށް ހަތިޔާރުގެ ހިމާޔަތް، އިދިކޮޅަށް ބެރިކޭޑުން ހުރަސް!

ޕީޕީއެމް ރެލީއަށް ހަތިޔާރުގެ ހިމާޔަތް، އިދިކޮޅަށް ބެރިކޭޑުން ހުރަސް!

06 ފެބުރުއަރީ 2018
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
ޑިމޮކްރަސީގެ ހިޔަނީގައި ތިބެ ގައުމެއް އިދިކޮޅަށް ހަންދަމާލުން

ޑިމޮކްރަސީގެ ހިޔަނީގައި ތިބެ ގައުމެއް އިދިކޮޅަށް ހަންދަމާލުން

18 ސެޕްޓެމްބަރު 2017
 ގައުމެއްގެ ވެރިޔަކު "ވަންވޭއަކަށް އިދިކޮޅަށް" ވަންނަވައިގެން އުޅުއްވުން!؟

ގައުމެއްގެ ވެރިޔަކު "ވަންވޭއަކަށް އިދިކޮޅަށް" ވަންނަވައިގެން އުޅުއްވުން!؟

03 އޯގަސްޓު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު