Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުއްލި ނުރައްކަލުގެ ހާލަތު

ޕީޕީއެމް ރެލީއަށް ހަތިޔާރުގެ ހިމާޔަތް، އިދިކޮޅަށް ބެރިކޭޑުން ހުރަސް!

ރުމާލު 2 ޖަގަހައިގެ އެއްވުމަށް ފުލުހުންނާއި ސިފައިންގެ ހިމާޔަތް

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2018 | އަންގާރަ 19:10
ރުމާލު 2ގައި ބޭއްވި ހަރަކާތުގައި ސިފައިން ހަތިޔާރާއެކު (ކ) ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި ބޭއްވި ހަރަކާތަށް ފުލުހުން ހުރަސް އަޅާފައި

ރުމާލު 2ގައި ބޭއްވި ހަރަކާތުގައި ސިފައިން ހަތިޔާރާއެކު (ކ) ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި ބޭއްވި ހަރަކާތަށް ފުލުހުން ހުރަސް އަޅާފައި

އިސްކުރަންވީ އިންސާފެވެ. ހަމަހަމަ ކަމެވެ. އަދުލަށް އިހްތިރާމް ކުރުމަކީ ހަމަޖެހުމުގެ އަސްލެވެ. ނަމަވެސް އަންގާރަ ދުވަހުގެ ރޭ ފެނިގެން ދިޔަ މަންޒަރު ރައްޔިތުންނަށް ފެންނާނެއެވެ. ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ސިޔާސީ ރެލީއަށް ސަލާމަތީ ހިދުމަތްތަކުން ދެމުން ގެންދިޔައީ ރައްކާތެރި ކަމެވެ. ހިމާޔަތެވެ. ބަޑި ހިފައިގެން ތިބީ ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގެ ހިމާޔަތުގައެވެ. އަޑުއުފުލުގައި މިނެއް ނެތް މިންވަރަށް އެ ފުރުސަތު ދިނީ ސިފައިންނާއި ފުލުހުންނެވެ. ރައީސް ޔާމީން ވަޑައިގެންނެވި ޖަލްސާ ކުރިއަށް ދިޔަ ރުމާލު 2 ޖަގަހަ ހިމެނޭ ސަރަހައްދުގެ މަގުތަކަށް މީހުން އެއްވެ، އަޑުއުފުލޭނެ އިންތިޒާމް ފަހިކޮށްދިނީ ރައްޔިތުންގެ ފައިސާއިން މުސާރަ ދެމުންދާ ފުލުހުންނާއި ސިފައިންނެވެ.

ނަމަވެސް ގުޅިފައިވާ ޕާޓީތަކުގެ ސިޔާސީ ހަރަކާތް ފެށުމަށް ތައްޔާރުވެފައި ވަނިކޮށް، އެމްޑީޕީ ހަރުގެ ހިމެނޭ ސަރަހައްދު ބަންދުކުރިއެވެ. ހަރުގެ ކުރިމަތީގައި ޖަހާފައިވާ ބެރިކޭޑުތަކުގެ ކުރިމަތީގައި ފުލުހުން އެތުރިގަތެވެ. އެއްވާ މީހުން ދުރަށް ޖެއްސި އެވެ. ދެކޮޅު ހަދާ މީހުން އެތަނުން ފައްސާލިއެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅިއެވެ. އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއެޅިއެވެ. ގުޅިފައިވާ ޕާޓީތަކުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ފެށި ހަރަކާތް ހުއްޓުވިއެވެ. ގާނޫނުއަސާސީން މުތުލަގަށް ކަށަވަރުކޮށްދީފައިވާ ހަމަހަމަކަން ކޮބައިތޯއެވެ. ރައްޔިތުން ބަލައިގެންފައިވާ ނިޒާމުގައި މުއައްސަސާތައް ފާރަވެރިވުމަށް ބާރުދީފައިވާ ކަންކަން ކޮބައިތޯއެވެ.

ހަމަހަމަ ކަމެއް ނެތެވެ. އިންސާފެއް ނެތެވެ. އަދުލެއް ނެތްކަން ސާބިތުކޮށްދިނީ ސިފައިންނާއި ފުލުހުންނެވެ. ސިޔާސީ ދެ ފިކުރުގެ މީހުންނަށް ތަފާތު ކުރުމުގައި އިންތިހާ ފެނިގެން އެ ދިޔައީއެވެ. ރުމާލު 2 ޖަގަހާގައި ބޭއްވި އެއްވުމަށް ހިމާޔަތް ދީ، އަޑު އުފުލުމަށް ފުރުސަތު ދިންއިރު، ގުޅިފައިވާ ޕާޓީތަކުން ހިންގި ހަރަކާތަށް އެޅީ ހުރަހެވެ. ހަމަގޮތް ރައްޔިތުންނަށް ފެންނާނެއެވެ.

ވަކި ބަޔަކަށް ފުރުސަތު ދިންއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ނެރުނު ގަރާތުގައި ހަޅުތާލު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ލިބިދޭ މާއްދާތައް ވަނީ ސަސްޕެންޑްކޮށްފައެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ސުލްހަވެރި ހަރަކާތް ހިންގޭނެ ކަމަށް ގާނޫނުއަސާސީން ވަނީ ބާރުދީފައެވެ. ނަމަވެސް އެ ފުރުސަތު ނުދިނެވެ. ސުލްހަވެރި ހަރަކާތް ހިންގައި، ޖަވާބުދާރީ ކުރުވުމަށް ދީފައިވާ ފުރުސަތު އިދިކޮޅަކަށް ވެސް ނުލިބުނެވެ.

މި ހުރިހާ ކަމެއް ނިއުޅި، އެނބުރެމުން މި ދަނީ ރައްޔިތުންގެ ކުރިމަތީގައެވެ. ހާލަތު ބަދަލުވެގެން ދިޔަ ގޮތާއި އަސްލަށް ރުޖޫއަވުމުގައި ކަން ވެގެންދިޔަ ގޮތް ރައްޔިތުން ދެކޭނެއެވެ. ހަމަ އާއި އިންސާފު މިނެ ކިރާނީ ރައްޔިތުންނެވެ. ޣައްދާރުވުމުން ފަސާދަ އާއި ކޮރަޕްޝަން ފެތުރިގެންދިޔަ ގޮތް ވެސް ރައްޔިތުންނަށް ފެނުނެވެ. ގޯސް މައްޗަށް ގޯސް ހަދައި، ވަކިކުރެވިފައިވާ ބާރުތައް މުށުތެރަށް ލީ މަންޒަރު ވެސް ފެންނާނެއެވެ. އެބައެއްގެ ހާލަތު ބަދަލު ކުރާނީ އެބައެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

15 އޮކްޓޯބަރު 2017
ހަތިޔާރުގެ އުފެއްދުމުގައި އެންމެ އުހުގައި އުޅެނީ މި ފަސް ކުންފުނި

ހަތިޔާރުގެ އުފެއްދުމުގައި އެންމެ އުހުގައި އުޅެނީ މި ފަސް ކުންފުނި

13 އޮކްޓޯބަރު 2017
ޕީޕީއެމްގެ "އާ ކުކުޅުތަކަކަށް" ގާބިހެއް އެޅުން

ޕީޕީއެމްގެ "އާ ކުކުޅުތަކަކަށް" ގާބިހެއް އެޅުން

05 އޮކްޓޯބަރު 2017
ޑިމޮކްރަސީގެ ހިޔަނީގައި ތިބެ ގައުމެއް އިދިކޮޅަށް ހަންދަމާލުން

ޑިމޮކްރަސީގެ ހިޔަނީގައި ތިބެ ގައުމެއް އިދިކޮޅަށް ހަންދަމާލުން

18 ސެޕްޓެމްބަރު 2017
 ގައުމެއްގެ ވެރިޔަކު "ވަންވޭއަކަށް އިދިކޮޅަށް" ވަންނަވައިގެން އުޅުއްވުން!؟

ގައުމެއްގެ ވެރިޔަކު "ވަންވޭއަކަށް އިދިކޮޅަށް" ވަންނަވައިގެން އުޅުއްވުން!؟

03 އޯގަސްޓު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު