Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ގައުމެއްގެ ވެރިޔަކު "ވަންވޭއަކަށް އިދިކޮޅަށް" ވަންނަވައިގެން އުޅުއްވުން!؟

ގާނޫނު އަސާސީގެ ބާރު ކެނޑިގެން ދާ ކަމުގެ އަޑުތައް ގިނަވަނީ

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް, ރާއްޖެ އެމްވީ | 3 އޯގަސްޓު 2017 | ބުރާސްފަތި 09:27
ރައީސް ޔާމީނު ވެރިކަމުގެ ހުވާ ކުރައްވަނީ

ރައީސް ޔާމީނު ވެރިކަމުގެ ހުވާ ކުރައްވަނީ

މިގައުމަށް ޖެހިފައި މިއޮތީ ކުޑަ ކަމެއް ނޫނެވެ. މިޖެހިފައި އޮތް ކަންތަކަށް އެމީހަކު ކިޔާނެ ނަމެއް ކިޔަންވީއެވެ. ރައްޔިތަކަށް ސަލާމަތެއް ރައްކާތެރިކަމެއް ނެތެވެ. ވެރިމީހާ އެއުޅުއްވަނީ އުޅުއްވާނެ ގޮތަކަށެވެ. ވެރިންގެ އަތްމަތީގައި އޮތް ގާނޫނު އަސާސީ އާއި ގާނޫނުތައް އޮތީ ދިމާ އިދިކޮޅަށް ހެއްޔެވެ؟ އޭގައި ކަޅާއި ހުދުން ލިޔެފައި އޮތް އެއްޗެއް ފަހުމް ނުވަނީ ހެއްޔެވެ؟ ގާނޫނުތައް މުގުރި ހިމުންވަމުން ދާ ކަމަށް ބުނާ އަޑު ހައްތާ ދަނީ ގަދަވަމުންނެވެ. މިގައުމުގައި ނުފޫޒާއި ބާރާ އަޅުވެތިކަން، މިނިވަން ކަމުގެ މައްޗަށް ގަދަވެގެންފި ކަހަލައެވެ. އެ އިހްސާސް ކުރެވޭ ރައްޔިތުން ހައްތަހާ އިތުރުވަނީއެވެ.

އެހެން ނަމަވެސް މިއަދަކު މުލައްދަޑީގައި ބާރު ހުރި ރައްޔިތަކު އެއްވާނެ ފުރިހަމަ " ގުޅަކުޅޭ ފަސްގަނޑެއް" ތައްޔާރު ކުރާކަށް ދިވެއްސަކަށް ފުރުސަތެއް ނެތެވެ. އެފަދަ ކަންކަން ހުއްޓުވުމަށް ވިއްދާ ކައްތިރީގެ ލިސްޓަށް ރައްޔިތުންގެ އިހްތިރާމާއި ލޯބި ހޯދައިފައިވާ މުއައްސަސާތައް އިތުރުވެއްޖެއެވެ. އެންމެ ބޮޑަށް އެކަމަށް ހިޔަނި އަޅެނީ" ގާނޫނު އަސާސީއާ ދިމާ އިދިކީއްޔަށް" އުފަންވެގެން އައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ފާޑެއްގެ ގާނޫނެއްގެ ބާރުގައި ކަމަށް ރައްޔިތުން ގަބޫލު ކުރަން ފަށައިފިއެވެ.

ވެރިމީހާއަށް ގޯހެއް ހެއްދެވުނީ އޮޅިގެން ހެއްޔެވެ؟ ނޫނެކެވެ. ގައުމުގެ ކަންކަން ގޯހުން ގޯހަށް ގޮސްފި ކަމަށް ތަކުރާރުކޮށް ވިސްނައިދެއްވޭތޯ އެތައް ބަޔަކު މަސައްކަތް ކުރި އެވެ. ދުވާލާއި ރޭގަނޑެވެ. އަތްވާ ވާރޭގައެވެ. އަދި ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ރައީސް މައުމޫނު އަބުދުލްގައްޔޫމް އެކަމުގައި އިސް ދައުރެއް މިހާރު އަދާކުރައްވަމުން އެބަ ގެންދަވައެވެ.

ސަރުކާރަށް ފާޑު ވިދާޅުވުން ރައީސް މައުމޫން ކުރިއަށް ގެންދެވީ ޖުލައި 10، 2016 ގައި ރިސޯޓް ހަދަން ބިޑަށް ނުލައި ރަށްތައް ކުއްޔަށް ދެވޭ ގާނޫނެއް ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ ހަމައިންނެވެ. އެއީ ޖުލައި 31، 2016 ގައި އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ބިލު ފާސް ކުރުމަށް ރައީސް މައުމޫނު ދެކޮޅު ހެއްދެވި ހިސާބުންނެވެ.

އެއީ ނޮވެންބަރު 6، 2016 ގައި "އަސްލު" ނަމުގައި ޕީޕީއެމް ޖަލްސާއެއް ކާނިވަލުގައި ބޭއްވި އިރު އެ ޖަލްސާގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލަ ބަލައި ފިޔަވަޅު އަޅަން ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލެއްވި ހިސާބުންނެވެ. އެއީ ޖުލައި 31، 2017 ގައި ގާނޫނު އަސާސީއަށް ވުރެ މަތީގައި ހުންނަންޖެހޭ ވަލިއްޔުލްއަމްރެއް ނުހުންނާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވުމާ ހަމައިންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުންގެ މަގާމު އަދާކުރައްވާ ބޭފުޅުންނަށް ގެންނެވި ބަދަލުތަކާ ހަމައިންނެވެ. ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުން ނުހައްގު ގޮތުގައި މަގާމުން ވަކިކުރެވި ޖަލުގެ އެކަނިވެރިކަމަށް ގެންދެވުނު ކަމަށް ބުނާ ހިސާބުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ބާރު ކެނޑިއްޖެ ކަމަށް މަޖިލީހުގެ މެމްބަރުން ބުނުމާ ހަމައިންނެވެ.

މީގައި ދޮގު ވާހަކައެއް ބުނެވިއްޖެ ހެއްޔެވެ؟ ލިޔެވިއްޖެ ހެއްޔެވެ؟ ގައުމެއްގެ ވެރިޔަކަށް ހެއްދެވުނު ގޯސްތަކެއްގެ ވާހަކަ ނޫން އިތުރު ވާހަކައެއް ނެތެއް ނޫން ހެއްޔެވެ؟ އެންމެ ފަހުން ރައީސް މައުމޫނު ވިދާޅުވީ ގައުމަށް މިވަގުތު އޮތް އެންމެ ރަގަޅު ގޮތަކީ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނު ގުޅިގެން މަސައްކަތް ކުރެއްވުން ކަމަށެވެ. އެނޫން ހަމަ އެއްގޮތެއް ނެތިގެންނެވެ. އިތުރު މާމޮޅު ގޮތްތަކެއް ފެންނަން ނެތުމުންނެވެ.

ވިސްނަވާށެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ކުރީގެ ދެ ރައީސުން ކުރައްވަން އެއުޅުއްވާ މަސައްކަތްޕުޅަކީ ނުވަތަ ކުރައްވާ މަސައްކަތްޕުޅަކީ " ވަންވޭއަކަށް އިދިކޮޅަށް" ވަދެވަޑައިގެން ތާށިވެ ވަޑައިގެން ހުންނެވި ވެރިޔަކު ދެކޮޅަށް ދުއްވެން އޮތް މަގަކަށް ނެރުއްވުމުގެ މަސައްކަތްޕުޅެވެ. އެއީ ކުޑަ ކަމެއް ނޫނެވެ. . އަދި ކިއެއްތަ، ދަތި އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް އެކަން އެބޭފުޅުން އެކުރައްވަނީ ގައުމާ ރައްޔިތުންގެ ހައްގުގައެވެ. ދަރިންނާއި ދަރިންގެ ހައްގުގައެވެ. އަންނަން އޮތް ޖީލަށްޓަކައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅަށް ގޮތް ހުސްވެ، ހާކަނޑުގައި ލަބަރި ތަޅަނީ

އިދިކޮޅަށް ގޮތް ހުސްވެ، ހާކަނޑުގައި ލަބަރި ތަޅަނީ

13 އޮކްޓޯބަރު 2019
އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

23 އެޕްރީލު 2019
އިދިކޮޅަށް މެޖޯރިޓީ ދިނުން، ވެރިކަން ދީފައި އަތްފައި ކަނޑާލުން

އިދިކޮޅަށް މެޖޯރިޓީ ދިނުން، ވެރިކަން ދީފައި އަތްފައި ކަނޑާލުން

17 މާރިޗު 2019
ސަރުކާރުގައި ތިބެ އިދިކޮޅަށް މެޖޯރިޓީ ދޭން ގޮވާލުން! ހަމަޖެހޭބާ؟

ސަރުކާރުގައި ތިބެ އިދިކޮޅަށް މެޖޯރިޓީ ދޭން ގޮވާލުން! ހަމަޖެހޭބާ؟

10 މާރިޗު 2019
2018: އިދިކޮޅަށް ލިބުނު ކާމިޔާބުން، ބޮޑު ހުކުމްތައް ދިމާ އިދިކޮޅަށް!

2018: އިދިކޮޅަށް ލިބުނު ކާމިޔާބުން، ބޮޑު ހުކުމްތައް ދިމާ އިދިކޮޅަށް!

01 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު