Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުވައްމުލަކު ސިޓީގައި ކާފިއު ހިންގުން

ފުވައްމުލަކު ސިޓީގައި ރޭގަނޑު 08:00ން ފަތިހު 04:00ށް ކާފިއު ހިންގައި، އެއްގަމު އުޅަނދު ދުއްވުންވެސް މަނާ!

12 ފެބުރުއަރީ 2021 | ހުކުރު 11:17

ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައްވެސް ބޭއްވުން މަނާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ފެބުރުއަރީ 2021 | ހުކުރު 11:17
ފުވައްމުލަކު ސިޓީ- ފުވައްމުލަކުންވެސް ދަނީ ކޮވިޑުގެ ކޭސްތަކެއް ފެންނަމުން

ފުވައްމުލަކު ސިޓީ- ފުވައްމުލަކުންވެސް ދަނީ ކޮވިޑުގެ ކޭސްތަކެއް ފެންނަމުން | ގޫގްލް މެޕްސް

ކޮވިޑުގެ ކޭސްތަކެއް ފެންނަމުންދާ ފުވައްމުލަކު ސިޓީގައި ރޭގަނޑު 08:00ން ފަތިހު 04:00ށް ކާފިއު ހިންގައި، އެއްގަމު އުޅަނދު ދުއްވުންވެސް މަނާ ކުރުމަށް ނިންމައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުކުރު ދުވަހު ނެރުނު އިއުލާނެއްގައި ބުނީ، މިހިނގާ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުން (ހޮނިހިރު ދުވަހުން) ފެށިގެން 7 ދުވަހުގެ މުއްދަތަކަށް ފުވައްމުލަކު ސިޓީގައި ރޭގަނޑު 08:00ން ފަތިހު 04:00ށް ކާފިއު ހިންގައި، އެއްގަމު އުޅަނދު ދުއްވުންވެސް މަނާވާނެ ކަމަށާއި، ޕާޓީތަކާއި ޙަފްލާތައް ބޭއްވުންވެސް މަނާވާނެ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ގޭގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ. އަދި އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުންވެސް ހުއްޓާލުމަށް އަންގާފައިވާއިރު، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަންވެސް ބަންދު ކުރުމަށް ވަނީ އަންގާފައެވެ.

ފުވައްމުލަކު ސިޓީގައި އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ހުރިހާ ކުޅިވަރު ޙަރަކާތްތަކާއި ކަސްރަތުގެ ޙަރަކާތްތައް ހުއްޓާލުމަށް އެންގުމާއި، ފިހާރަތަކާއި ޓެކްސީތަކުން ޚިދުމަތްދޭއިރު، އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް އެންގުން ހިމެނެއެވެ.

ކޮވިޑާ ގުޅިގެން ފުވައްމުލަކު ސިޓީގެ ޔުނިވަރސިޓީތަކާއި، ކޮލެޖުތަކާއި، ސުކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުންވެސް ވަނީ ހުއްޓާލުމަށް އަންގާފައެވެ. ހަމައެއާއެކު، ހޮޓާ ކެފޭ ރެސްޓޯރަންޓުތަކުންވެސް ޚިދުމަތް ދިނުން ހުއްޓާލުމަށް އަންގާފައިވާއިރު، އޭގެ ތެރެއިން ޑެލިވަރީގެ ޚިދުމަތްތައް އިސްތިސްނާވެއެވެ.

މި އެންގުމުގެ ދަށުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ސަލާމަތީ އަދި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ މީހުންނާއި، އައްޑޫ ޓާސްކްފޯހުގައި ހިމެނޭ ފަރާތްތަކުގެ އިތުރުން، އިމަރޖެންސީކޮށް ސިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް ހިމެނެއެވެ.

ފުވައްމުލަކުން ކޮވިޑްގެ ކޭސްތަކެއް ފެނިފައިވާއިރު، އެރަށުން ނުލިބޭ ސިއްހީ ޚިދުމަތްތައް ހޯދުމަށާއި، ވިޔަފާރިއަށް އެރަށު ރައްޔިތުން އަންނަނީ އައްޑޫ ސިޓީއަށް ދަތުރުކުރަމުންނެވެ. ނަމަވެސް އައްޑޫ ސިޓީވެސް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވުމާއެކު މި ދަތުރުތައްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
14 އެޕްރީލު 2017

ރާއްޖެޓީވީއަށް އެހީވުމަށްޓަކާ އައްޑޫސިޓީގައި "އަބުރު ފޮއްޓެއް" ބަހައްޓައިފި

14 އެޕްރީލު 2017
ރާއްޖެޓީވީއަށް އެހީވުމަށްޓަކާ އައްޑޫސިޓީގައި "އަބުރު ފޮއްޓެއް" ބަހައްޓައިފި
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
12 މާރިޗު 2017

ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި

12 މާރިޗު 2017
ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
13 ފެބުރުއަރީ 2017

ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ

13 ފެބުރުއަރީ 2017
ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ
11 ފެބުރުއަރީ 2017

ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

11 ފެބުރުއަރީ 2017
ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް