Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލީ ވަހީދު ފުރުވާލި މައްސަލަ

އަލީ ވަހީދު ފުރުވާލި މައްސަލަގައި ކަންހިނގާފައިވާ ގޮތް ބަލައިދިނުމަށް މަޖިލީހުގެ އަންހެން މެމްބަރުން ހުށަހަޅުއްވައިފި

11 ފެބުރުއަރީ 2021 | ބުރާސްފަތި 15:15

މިމައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ބައްލަވައިދެއްވުމަށް އެދޭކަމަށް ސިޓީގައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ފެބުރުއަރީ 2021 | ބުރާސްފަތި 15:15
ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަންހެން މެމްބަރުން

ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަންހެން މެމްބަރުން

ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި އެތަނުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދައުވާކޮށްފައިވާ އަލީ ވަހީދު ބޭރަށް ފުރުވާލުމުގައި ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހުން އަމަލުކޮށްފައިވާގޮތާއި މިމައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ބައްލަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަންހެން މެމްބަރުން އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވާ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެމްބަރ ހިސާން ހުސައިން އާއި އައްޑޫމީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް އަދި ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަހުމޫދު ސޮއިކުރައްވާފައިވާ މިސިޓީގައި ވަނީ މިކަންކަން ބެލުމަށް ޖުޑީޝަރީ ކޮމިޓީއަށް މިމައްސަލަ ފޮނުއްވައިދެއްވުމަށް އެދި ވަޑައިގަންނަވާފައެވެ.

Advertisement - newsAdvertisement

މިސިޓީގައި އެމެމްބަރުން ވިދާޅުވެފައިވަނީ ޖިންސީ އަނިޔާކުރުމާއި ރޭޕްކުރަން އުޅުމުގެ 7 ދައުވާއެއް ކޯޓުގައި އުފުލާފައިވާ ކުރީގެ މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ފުރުން މަނާކުރުމުގެ އަމުރު ބާތިލްކޮށް ދައުވާ ލިބޭ ފަރާތަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދީފައިވާ މައްސަލައިގައި ފުރުން މަނާކުރުމުގެ އަމުރު ބާތިލްކުރުމަށް ކޯޓުން ނިންމި އަޑުއެހުމުގައި ޖިންސީކުށުގެ ގިނަ ސީރިއަސް ދައުވާތަކެއް އުފުލާފައިވާ ފަރާތެއް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމަށް ޕީޖީގެ ފަރާތުން އިއުތިރާޒުކޮށްފައިނުވާކަމަށެވެ. އަދި ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ކަށަވަރުކުރުމުގެ ގޮތުން ޑރ.ޔޫސުފް ޝާން ކޯޓަށް ހާޒިރުކޮށް އޭނާގެ ވާހަކަތައް އަޑުއަހާފައިވާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިމައްސަލާގައި އެފަދައިން ޕީޖީ އަމަލުކޮށްފައިވޭތޯ އާއި މިމައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ބައްލަވައިދެއްވުމަށް އެދޭކަމަށް ސިޓީގައިވެއެވެ.

އަދި ޖިންސީ އަނިޔާ ދިނުމުގެ މިފަދަ ބޮޑެތި ސީރިއަސް ތުހުމަތުތަކެއްކޮށް، ތަހުގީގުކުރެވި ދައުވާ އުފުލާފައިވާ މައްސަލައެއްގައި ދައުވާ އުފުލާފައިވާ ފަރާތެއް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމަކީ އެމެމްބަރުން ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް ސިޓީގައިވެއެވެ. އެމެމްބަރުންގެ ނަޒަރުގައި މިއީ މައްސަލައިގައި އަނިޔާ ލިބުނު ފަރާތްތަކަށް ތަހައްމަލުކުރަންޖެހުނު އިތުރު އަނިޔާއެއްކަމަށާއި އެހެންކަމުން މިމައްސަލާގައި ދައުވާ ލިބޭ ފަރާތް ކޯޓަށް ހާޒިރުކޮށް ޝަރީޢަތް ފެށުމުގެ ގޮތުން ޕީޖީން އަޅުއްވަން ނިންމާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަން ސާފުކޮށްދެއްވުމަށްވެސް އެމެމްބަރުން ވަނީ އެދިވަޑައިގަންނަވާފައެވެ.

މީގެއިތުުރުން މިޒާތުގެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖިނާއީ އަދަލުގެ ނިޒާމުގެ ތެރެއިން ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ދެނެގަނެ އެ ބަދަލުތައް ތަންފީޒުކުރުމަށްޓަކައި އެޅުއްވެން ހުރި ފިޔަވަޅުތައް އަޅުއްވައިދިނުމަށްވެސް އެދޭކަމަށް ސިޓީގައިވެއެވެ.

ހަތް ދައުވާއެއް އުފުލާ ޝަރީޢަތް ފެށިތަނުން އޭނާ ފުރުވާލުމުން ސަރުކާރާއި ޕީޖީ ހުސައިން ޝަމީމުގެ އިތުރުން ކޯޓުތަކަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި މިކަމުގައި ޕީޖީން ބުނެފައިވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރި މައްސަލާގައި، އެ އަމުރު ނެރުމުގައި، އާންމުކޮށް މިބާވަތުގެ އަމުރު ނެރުއްވުުމުގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށް އަމަލުކޮށްފައިވާ މައްސަލަ، ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް