Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތް

މަގޭ ރިޕޯޓް: ބައިކޮޅަށް ގޯލު ޖަހަންޖެހެނީ އިދިކޮޅަށް ގޯލު ނުޖެހޭތީނޫންތޯއެވެ

މަޖިލީހުގައި ސަރުކާރު ޒިންމާދާރުކުރުވުމަށް ގިނަ މަސައްކަތްތަކެއް އެމްޑީޕީން އަންނަނީ ކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2021 | ބުދަ 14:22
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރަމުން ދިޔައީ އިންޓަރނެޓްގެ އަގު ހެޔޮނުވުމާއި އެކަމަށް ޚާއްސަކުރެވިފައިވާ އިދާރާއިން ރައްޔިތުންނަށް ބޮޑެތި ގެއްލުން ތަކެއްވަމުންދާއިރުވެސް އެކަންކަން ރަނގަޅުކުރުމަށް މަސައްކަތެއްނުކުރާތީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ މެމްބަރ މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރަށެވެ. ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު މަލީހު ޖަމާލު އާއި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ މެމްބަރުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރާތާ ވަނީ ދުވަސްތަކެއްވެފައެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން މަސައްކަތްކުރާތާވެސް ދުވަސްތަކެއްވެއްޖެއެވެ. އެކަން ވެގެންދާތަން ނުފެންނާތީ އެމްޑީޕީގެ މެމްބަރުން ވަނީ އެކަމުގެ ކަންބޮޑުވުންފާޅުކޮށް ވާހަކަވެސް ދައްކަވާފައެވެ.

ކޮންމެއަކަސް މިގަރާރަށް ބަހުސްކުރައްވަން ފަށްޓަވަމުން މާވަށު ދާއިރާ ތަމްސީލުކުރައްވާ އިދިކޮޅު ޕީއެންސީ މެމްބަރ އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވި ވާހަކައެއް އަޅައިގަތެވެ.

" ބައިކޮޅަށް ވަރަށް ގިނަ ގޯލްތައް ޖަހާ ދުވަހެއް ކަމަށް ވާތީ އަޅުގަނޑު ހިތަށްއެރީ މިއަދު މި މެޗަށް އަރައި ކޮންމެވެސް ވަރަކަށް ކުޅެލަންޖެހެއޭ އަޅުގަނޑުމެންވެސް ." މިހެންނެވެ.

ސައީދު އިޝާރާތްކުރެއްވީ އެމްޑީޕީގެ ސުޕަރމެޖޯރިޓީއެއްއޮވެ މިނިސްޓަރ މަލީހުގެ ޒިންމާތައް ފުރިހަމައަށް އަދާނުކުރައްވާކަމަށް ތަކުރާރުކޮށް އެމްޑީޕީން މެމްބަރުން ވިދާޅުވަމުން ގެންދެވިނަމަވެސް އެކަންކަން މަޖިލީހަށް ނުބެލި ނުވަތަ އެމްޑީޕީއަށް ނުބެލި ފިޔަވަޅެއް ނޭޅި މަލީހު އަދިވެސް އެމަގާމުގައި ހުންނެވުމެވެ. އިންޓަރނެޓްގެ އަގުހެޔޮކުރާ ވާހަކަދެކުނު ނަމަވެސް އެކަމަށް އަމަލީ ސިފައެއް ނައިސް ލަސްވާތީ އެކަމެވެ.

އެއާއެކު ހިތަށް އައި ސުވާލަކީ މަލީހު ޒިންމާދާރުކުރުވާ އިންޓަރނެޓްގެ އަގު ހެޔޮނުވެގެން އެކަމާ ސުވާލުކުރަންޖެހޭ ފަރާތްތަކަށް ސުވާލުކުރުމަށް އިދިކޮޅު މެމްބަރުން އިސްވެ މަސައްކަތް ނުކުރެވޭނެތޯއެވެ. އިދިކޮޅުގެ ޒިންމާ ފުރިހަމައަށް މަޖިލީހުގައި އެބައަދާކުރޭތޯއެވެ. ބަހުސްތަކުގައި ސަރުކާރަށް ފާޑުކިޔާ އެމްޑީޕީގެ ސުޕަރމެޖޯރިޓީގައި ކަމެއްނުވާ ވާހަކަ ދެއްކުން ފިޔަވައި އިދިކޮޅު މެމްބަރުން މައިގަނޑު ގޮތެއްގައި ކުރައްވާ ކަމެއް ފެންނާކަށްނެތެވެ. ބައެއް ފަހަރު ވަޒީރުން ހާޒިރުކޮށް ސުވާލުނުކުރާ ވާހަކައެއްނޫނެވެ. އަދި ބޮޑެތި ބައެއް މައްސަލަތައް ނަންގަވާ ކުއްލި މައްސަލަ އާއި ގަރާރުތައް ހުށަނާޅުއްވާ ވާހަކައެއްވެސް ނޫނެވެ.

އެހެންނަމަވެސް 19 ވަނަ މަޖިލީހުން ސަރުކާރު ޒިންމާދާރުކުރުވައި ފާރަވެރިވެ ޖަވާބުދާރީވުމަށް މިހާތަނަށް ކޮށްފައިވާ ބޮޑެތި ކަންތައްތަކުގައި އިސްރޯލެއް އަދާކޮށްފައިވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން އިސްނަގައިގެންކަން ފާހަގަކޮށްލަންޖެހެއެވެ. މިސާލަކަށް ކޮވިޑާއި ގުޅިގެން ކުރިމަތިވި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަކަމަށްވާ ވެންޓިލޭޓަރުގެ މައްސަލައަކީ މަޖިލީހުން އިސްނަގައިގެން ކުރި މަސައްކަތުގެ ސަބަބުން ފެންމަތިވެގެންދިޔަ ކަމެކެވެ. އެކަން ކޮށްފައިވަނީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން އިސްނަގައިގެންނެވެ.

ކޮވިޑާއި ގުޅިގެން ކޮރަޕްޝަންގެ އަމަލުތައް ހިންގާކަމަށް އިދިކޮޅު މެމްބަރުން ތަޅުމުގައި ވިދާޅުވުން ފިޔަވައި ކުރެއްވުނު މަސައްކަތެއް ފެންނާކަށްނެތެވެ. އެހެންކަމުން ބައިކޮޅަށް ގޯލު ޖަހައިގެންވެސް މަޖިލީހުން ކުރަންޖެހޭ މަސައްކަތްތައް އެމްޑީޕީކުރުން ނޫންގޮތެއް މިއަދު ނެތެވެ.

މަޖިލީހުގެ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރުކުރުވުމާއި ފާރަވެރިވުން ހިމެނޭއިރު މީގެކުރިން އެމަސައްކަތް ކުރާތަން ފެނުނީ މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެމްބަރުންނެވެ. އެހެންނަމަވެސް ސުޕަރމެޖޯރިޓީއާއެކު އެމްޑީޕީން އަންނަނީ ސަރުކާރަށް ބޭނުންވާ ކަންކަމުގައި އެއްބާރުލުން ދިނުމާއެކު ސަރުކާރަށް ފާޑުކިޔާ ސަރުކާރު ޖަވާބުދާރީވެސް ކުރުވަމުންނެވެ. އެކަން އަމަލީގޮތުން ދައްކަމުންވެސްމެއެވެ.

87 މެމްބަރުން މިމަޖިލީހުގައި ތިއްބަވާއިރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ 65 މެމްބަރުން ތިއްބަވައެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ތިއްބަވަނީ 9 މެމްބަރުންނެވެ. އެމްޑީއޭގެ ތިއްބަވަނީ 2 މެމްބަރުންނެވެ. އާންމުކޮށް މަޖިލީހުގައި އިދިކޮޅު މެމްބަރުންގެ ގޮތުގައި ތަމްސީލުކުރައްވަނީ މި 11 މެމްބަރުންނެވެ. މި 11 މެމްބަރުންނަށް ގޯލެއް ނުޖެހޭކަމަށްވާނަމަ ބައިކޮޅަށް ގޯލުޖަހައިގެންވެސް ކުޅުން ކުރިޔަށް ގެންދަން އެބަޖެހެއެވެ. 5 އަހަރުގެ މުއްދަތަށް ކުރިޔަށްދާ މިމެޗްގައި އަދިވެސް އެތައް ފަހަރަކު ބައިކޮޅަށް އެމްޑީޕީން ގޯލު ޖަހާނެކަމަށް ބެލެވެއެވެ. ނަމަވެސް މެޗް ނިމުމުގެކުރިން އިދިކޮޅުން އެއް ގޯލު ޖަހައިގެން ނަމަވެސް މަޖިލީހުގައި އިދިކޮޅުގެ ޓީމެއް އޮތްކަން ހާމަކުރުން ކިހިނެއްވާނެތޯއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެންމެ އެކަށީގެންވާ ފަރާތްތައް އަންގައި ދިނުމަށް ކޮމިޓީ ރިޕޯޓްގައި މިހާރު އޮންނަނީ "ހައިލީ ރިކޮމެންޑެޑް" އާއި "ރިކޮމެންޑެޑް"

އެންމެ އެކަށީގެންވާ ފަރާތްތައް އަންގައި ދިނުމަށް ކޮމިޓީ ރިޕޯޓްގައި މިހާރު އޮންނަނީ "ހައިލީ ރިކޮމެންޑެޑް" އާއި "ރިކޮމެންޑެޑް"

19 އޮކްޓޯބަރު 2020
ފާއިތުވި މަސްދުވަސް ތެރޭ ޗައިނާއިން އެންމެ މަދުން ކޮރޯނާވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ

ފާއިތުވި މަސްދުވަސް ތެރޭ ޗައިނާއިން އެންމެ މަދުން ކޮރޯނާވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ

24 ފެބުރުއަރީ 2020
އެމްޑީއެންގެ ރިޕޯޓް: ދަނޑިވަޅަކަށް އިންތިޒާރުކޮށްގެން ތިބި ފަރާތްތަކަށް ލިބުނު ފުރުސަތެއް!

އެމްޑީއެންގެ ރިޕޯޓް: ދަނޑިވަޅަކަށް އިންތިޒާރުކޮށްގެން ތިބި ފަރާތްތަކަށް ލިބުނު ފުރުސަތެއް!

20 އޮކްޓޯބަރު 2019
ތަހުޤީޤް ރިޕޯޓް އާންމުކުރުމަކީ ގޯހެއް!

ތަހުޤީޤް ރިޕޯޓް އާންމުކުރުމަކީ ގޯހެއް!

08 ސެޕްޓެމްބަރު 2019
ޖިންސީ ގޯނާ ރިޕޯޓް ކުރުމުން ރޯކޮށްލީ!

ޖިންސީ ގޯނާ ރިޕޯޓް ކުރުމުން ރޯކޮށްލީ!

20 އެޕްރީލު 2019

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު