Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮރޯނާވައިރަސް

ފާއިތުވި މަސްދުވަސް ތެރޭ ޗައިނާއިން އެންމެ މަދުން ކޮރޯނާވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ

ޗައިނާގެ 31 ޕްރޮވިންސްގެ ތެރެއިން 24 ޕްރޮވިންސަކުން މިވައިރަސް އެއްވެސް މީހަކަށް އާދިއްތަ ދުވަހު އަލަށް ޖެހިފައެއް ނުވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2020 | ހޯމަ 13:45
ހުނާންގެ ސީފުޑް މާކެޓެއް ކައިރީގައި ގާޑުންތަކެއް ފޯރިމަރަނީ

ހުނާންގެ ސީފުޑް މާކެޓެއް ކައިރީގައި ގާޑުންތަކެއް ފޯރިމަރަނީ

މަސައްކަތްތައް އަލުން ފަށާ ޤައުމަށް ދިމާވެފައިވާ އިގްތިޞާދީ އަޑިގުޑަނުން އަރައިގަތުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގޮވާލައްވާފައިވާއިރު އެގައުމުގައި ހަލުވި މިނެއްގައި ފެތުރެމުންދާ ކޮރޯނާވައިރަސް އެންމެ މަދު މީހުންނަށް ޖެހިގެން ރިޕޯޓުކޮށްފައި މިވަނީ އިއްޔެ އެވެ. ހޯމަ ދުވަހު ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ނެރުނު ތަފާސް ހިސާބުތަކަށް ބަލާލާއިރު އާދީއްތަ ދުވަހަކީ ފާއިތުވި މަހެއްހާ ދުވަހުގެތެރޭގައި އެންމެ މަދުން ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް ރިކޯޑުކުރެވިފައިވާ ދުވަހެވެ.

ޗައިނާގެ 31 ޕްރޮވިންސްގެ ތެރެއިން 24 ޕްރޮވިންސަކުން މިވައިރަސް އެއްވެސް މީހަކަށް އާދިއްތަ ދުވަހު އަލަށް ޖެހިފައެއް ނުވެއެވެ. އޭގެތެރޭގައި ޗައިނާގެ ވެރިރަށް ބެއިޖިންގ އާއި ޝަންހާއީ ފާހަގަކޮށްލެވެ އެވެ. އެއީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ހާމަކުރަމުން އަންނަ ތަފާސްހިސާބުތަކުން މިހާތަނަށް އެންމެ ހިތްހަމަޖެހޭ ފަދަ ނަތީޖާ އެއް ނިކުތް ދުވަހެވެ.

މިވައިރަސް ފެނުނު މައި ހޫބޭ ޕްރޮވިންސުން އަލަށް މިވައިރަސް ޖެހިގެން ރިކޯޑް ކޮށްފައިވަނީ 398 މީހުންނަށެވެ. އޭގެ ކުރީ ދުވަހު 630 މީހުންނަށް އެވައިރަސް ޖެހިގެން ރިޕޯޓުކޮށްފައިވެ އެވެ. ޗައިނާގެ އެހެން ޕްރޮވިންސްތަކުން އަލަށް މިވައިރަސް ޖެހިގެން ރިކޯޑްކޮށްފައިވަނީ 11 މީހުންނަށެވެ.

މިތަފާސްހިސާބުތަކާއެކު ޗައިނާގެ ރައީސް ޝީ ވަނީ މަދުން މިވައިރަސް ޖެހިގެން ރިކޯޑުކުރެވިފައިވާ ޕްރޮވިންސްތަކުގެ މަސައްކަތް އަލުން ފެށުމަށް އެދިވަޑައިގެންފަ އެވެ. ކުންފުނިތަކާއި އޮފީސްތަކުގެ މަސައްކަތް ފަށާ ޗައިނާގެ އިގްތިޞާދު ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރުމަށް ރައްޔިތުންނަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

މީގެއިތުރުން، ޗައިނާގެ 4 ޕްރޮވިންސެއްގައި އެމަރޖެންސީ ރެސްޕޯންސް ލެވެލް ވަނީ ދަށްކޮށްފައެވެ. އެމަރޖެންސީ ރެސްޕޯންސް ލެވެލް ދަށްކޮށްފައިވާ ޕްރޮވިންސް ތަކަކީ ޔުނާން، ގުއިންޒޮންގ، ޝެންޒީ އަދި ގިޒޫ އެވެ. މީގެތެރެއިން ޔުނާން އާއި ގިޒޫ ގެ އެމަރޖެންސީ ރެސްޕޯންސް ލެވެލް ވަނީ އެކަކުން ތިނަކަށް ދަށްކޮށްފަ އެވެ. ގުއިންޒޮންގ އާއި ޝެންޒީގެ އެމަރޖެންސީ ރެސްޕޯންސް ލެވެލް ވަނީ އެކަކުން ދޭކަށް ދަށްކޮށްފަ އެވެ. ޗައިނާގައި އެމަރޖެންސީ ރެސްޕޯންސް ލެވެލް ހުންނަނީ 1 ން ފެށިގެން 4 އާ ހަމައަށެވެ. އެމަރޖެންސީ ރެސްޕޯންސް ލެވެލް 1 އަކީ އެންމެ ސީރިއަސް ހާލަތެވެ.

ހޫބޭ ޕްރޮވިންސުން ބޭރުގައި މަޑުމަޑުން އަންނަނީ ފެކްޓްރީތަކާއި ބިޒްނަސްތަކާއި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުންނެވެ. ޗައިނާގެ އައު އަހަރުގެ ޗުއްޓީއަށްފަހު އަދިވެސް މަސައްކަތްތެރިން އަނބުރާ މަސައްކަތަށް ނުނިކުންނާތީ އުފެއްދުންތެރިކަމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ޗައިނާގައި ވަނީ ތަކެއްޗަށް ޖެހިފަ އެވެ.

ޗައިނާގެ އިޤުތިޞާދުގެ ދުވެއްޔަށް މަޑުޖެހުމެއް

އިޤްތިޞާދީ ބައެއް މާހިރުން ބުނާގޮތުން ޗައިނާގެ އުފެއްދުންތެރިކަން މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ހުންނާނީ 3 އިންސައްތައި ގައި ނުވަތަ އެއަށްވުރެ ދަށުގަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި އެގައުމުގެ އުފެއްދުންތެރިކަމުގެ އިންސައްތަ ހުރީ 6 އިންސައްތައިގަ އެވެ. މިއީ ފާއިތުވި 30 އަހަރުތެރޭގައި މިހާބޮޑަށް އެގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތް ދަށަށްދާ ފުރަތަމަ ފަހަރު ކަމަށް އިގްތިޞާދީ މާހިރުން ބުނެއެވެ.

ޗައިނާގެ ބައެއް ހިސާބުތަކުގައި މަސައްކަތްކުރުމުގެ ހުއްދަ ދީފައިވީނަމަވެސް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން މެނުވީ އެމީހުންނަށް މަސައްކަތް ކުރުމުގެ ހުއްދަ އެއް ނެތެވެ. އެގޮތުން މާސްކު އަޅައިގެން ނޫނީ މަސައްކަތަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފަ އެވެ.

މީގެއިތުރުން ގޭގައި ތިބެގެން މަސައްކަތްކުރެވޭ ސެކްޓަރ ތަކުގެ މީހުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އެގައުމުގެ ސަރުކާރުން އަންނަނީ ބާރުއަޅަމުންނެވެ. ކޮރޯނާވައިރަސް ކޮންޓްރޯލްވަމުން އަންނަ މިންވަރަކުން އެގައުމުގައި އަންނަނީ އެކިއެކި މަސައްކަތްތަކަށް މީހުން ނެރެމުންނެވެ. އެނޫންގޮތަކަށް އެގައުމުގެ އިގްތިޞާދަށް ދިމާވެފައިވާ މިއަޑިގުޑަނުން އެމީހުންނަށް ސަލާމަތެއް ނުވެވޭނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

19 ސެޕްޓެމްބަރު 2017
ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

11 ސެޕްޓެމްބަރު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ރައްޔިތުުންގެ މަންދޫބުންގެ ދަތްދޮޅި ނުރައްކަލެއްގެ ތެރޭގައި!

ރައްޔިތުުންގެ މަންދޫބުންގެ ދަތްދޮޅި ނުރައްކަލެއްގެ ތެރޭގައި!

02 އޯގަސްޓު 2017
ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

01 އޯގަސްޓު 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު