Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އާާމިރު އާއި ވިސާމް

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

އޭނާއަކީ ކުށް ކުރުމަށް ހިތްވަރު ދޭނެ މީހެއް ނޫނެވެ.

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 19 މާރިޗު 2018 | ހޯމަ 18:23
2016 ވަނަ އަހަރު ވިސާމްއަށް ކުރެވުނު ދައުވާ އަށް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރި ވަގުތު އާމިރު އާއި އެކު - ރާއްޖެއެމްވީ

2016 ވަނަ އަހަރު ވިސާމްއަށް ކުރެވުނު ދައުވާ އަށް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރި ވަގުތު އާމިރު އާއި އެކު - ރާއްޖެއެމްވީ

ކުށެއް ނެތި ނުހައްގުން އަނިޔާ ލިބެމުން އެ ދަނީ ރާއްޖެޓީވީގެ ޕްރޮގްރާމްސް ހެޑް އާމިރު ސަލީމާއި ނޫސްވެރިޔާ މުހައްމަދު ވިސާމަށެވެ. އަޅުގަނޑު ދަންނަ އާމިރު ސަލީމު އަދި މުހައްމަދު ވިސާމު އެ ތުހުމަތު ކުރާ ކުށުގެ ތެރޭގައި ނުހިމެނޭނެ ކަން އަޅުގަނޑަށް ގަބޫލު ކުރެވެނީ އެ ދެ މީހުންގެ މިޒާޖް ދަންނަ މީހެއްގެ ހައިސިއްޔަތުންނެވެ.

އާމިރު ސަލީމް

އޭނާ އަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. ފާޑުކިޔުންތެރިއެކެވެ. ހަމަ އާއި އިންސާފާއި ދީނުގެ ހުދޫދުތަކަށް ކިޔަމަންތެރިވާ އަޅެކެވެ. އާމިރުގެ ލިޔުންތަކުގެ ސިފަ ކުރުންތަކާއި އިބާރާތް ކުރާ ގޮތާއި ޖުމްލަތައް އަތުރައި، އެމުނިލުމުގައި އެފަދަ ދެ ވަނައެއް ނެތެވެ. މީހުންގެ ހިތުގެ އުދާސްތަކާއި އުފާވެރިކަން ދުލާއި ގަލަމުން ފޭއްދާލުމުގައި ކުޅަދާނަ ޝާއިރެއް ފަދަ ބޭފުޅެކެވެ. އަނި ނިމުނީއަކީ ނޫނެވެ. ޕްރޮގްރާމް އުފެއްދުމާއި ޕްރޮޑިއުސްކުރުމާއި ޑައިރެކްޓް ކުރުމަކީ އޭނާ އަށް ލިބިފައިވާ ހުނަރެކެވެ. އެކަން ސާބިތުކޮށްދެނީ ވާދަވެރި މީޑިއާގެ މާހައުލަށް ރާއްޖެޓީވީ މެދުވެރިކޮށް، އޭނާ ދޫކޮށްދީފައިވާ ޕްރޮގްރާމްތަކުންނެވެ. އެފަދަ މޮޅު ކޮންމެ އުފެއްދުމެއްގެ މުގުލުގައި ހުރީ އާމިރެވެ. އާ ދުވަހެއްގެ، އާ އިރާއެކު، ކޮންމެ ދުވަހެއްގެ ހެނދުނު ރާއްޖެޓީވީގެ ޕްރޮގްރާމްތައް ފައްޓައިދެނީ އާމިރު ސަލީމެވެ. ރާއްޖޭގެ އެންމެ މަގުބޫލް މޯނިން ޝޯވ، ފަށާއިރު މެދުކެނޑުމެއް ނެތި ބެލުންތެރިންނާ ހަމައަށް ގެނެސްދެނީ އާމިރުއެވެ. ހަލަބޮލި ސިޔާސީ ވެށީގެ ވާހަކަތަކާއި ވީދިފައިވާ އިޖުތިމާއީ ވެށީގެ ވާހަކަތައް އާމިރު ކޮންމެ ދުވަހަކު ކިޔައި ދެމުން ދިޔައީ "މަޅި"އަކަށް ނުފެތިއެވެ. ޖެހިލުމެއް، ބިރެއް ނެތި، ކެރިގެން ބުނަންޖެހޭ އެއްޗެއް އޭނާ ބުނަމުން ދިޔައީ މި ފަސްގަނޑަށް އޮތް ލޯބި ބަންޑުންކޮށްލުމަށެވެ. ވަކި އުމުރެއް ނެތި، ކޮންމެ އުމުރު ފުރައެއްގެ މީހުންގެ މެދުގައި ވެސް ފަށާއިރު ޕްރޮގްރާމް މަގުބޫލުވެގެންދިޔައީ އެ ސަބަބާހެދިއެވެ. ހާމަކުރަންޖެހޭ ވާހަކަތައް އާމިރު ހާމަކޮށްދެމުންދާތީ އެވެ. އެއްވެސް ފޮރުވުމެއް ނެތި، ފާޑުކިޔުން އަމާޒު ކުރަމުންދިޔައީ އެ މަސައްކަތަކީ ހައްގުގެ މަގުގައި ކުރަންޖެހޭ ކަމަކަށްވާތީއެވެ.

ފަހަރުގައި އާމިރުގެ ކުށަކީ އެއީ ކަމަށް ވެދާނެއެވެ. އަޅުގަނޑު އާމިރު ދަންނަން ފެށީ މީގެ 6 އަހަރު ކުރިންނެވެ. އޭރުއްސުރެ އާމިރަކީ ކާކުކަން ދެނެގަނެވުނެވެ. އެކުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތުގައި އަޅުގަނޑުގެ އެނދުރެއްވެސް މެއެވެ. އަޅުގަނޑު ދަންނަ އާމިރަކީ މަސައްކަތުގެ މާހައުލުގައި ކަން ކަން އިސްލާހުކުރުމަށް ބާރު އަޅާ ޒިންމާދާރު ވެރިއެކެވެ. އޭނާ ކުށެއް ނުކުރާނެ ކަން ޔަގީން ވަނީ އެކުގައި މަސައްކަތް ކުރި ދުވަސްތަކުގައި އޭނާގެ މިޒާޖާ އޭނަގެ ވިސްނުން ރަނގަޅަށް އެނގޭތީއެވެ. އިންސާނަކަށް ވީތީ ކުށެއް ނުކުރާނެއޭ ބުނުމަކީ ފަހަރުގައި ދޮގަކަށް ވެދާނެއެވެ. ނަމަވެސް އަޅުގަނޑު ދަންނަ އާމިރު އެ ތުހުމަތު ކުރާ ބޮޑު ޖަރީމާގެ މުގުލުގައި ނުހުންނާނެ ކަން ޔާގީންނެވެ. އޭނާއަކީ ކުށް ކުރުމަށް ހިތްވަރު ދޭނެ މީހެއް ނޫނެވެ. ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ޖަލުގެ ތޭރިތަކުގެ ތެރޭގައި ނުހައްގުން އަނިޔާ ލިބެމުން އެދަނީ ރާއްޖެޓީވީގެ ޕްރޮގްރާމްސް ހެޑް އާމިރު ސަލީމަށެވެ.

މުހައްމަދު ވިސާމް

ދެން އޮތީ ހިތްވަރު ގަދަ ނޫސްވެރިޔާ މުހައްމަދު ވިސާމުގެ ވާހަކައެވެ. ހަމަ ހަގީގަތުގައި ވެސް އޭނާއާ ވާދައެއް ނުކުރެވޭނެއެވެ. މަގުމަތީގެ އެއްވުންތަކާއި ރައްޔިތުންގެ އަޑު އުފުލުންތަކުގެ ވާހަކަތައް، ރައްޔިތުންނާ ހިސާބަށް ގެނެސް ދިނުމުގައި ވިސާމާ ވާދަކުރެވޭނެ ނޫސްވެރިއަކު ރާއްޖެއަކު ނުހުންނާނެއެވެ. ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ، މައުލޫމާތެއް ހޯދައި، އެ މައުލޫމާތެއް ގެނެސްދިނުމުގައި އޭނާ ފަހެއް ނުޖެހޭނެއެވެ. އެ މައުލޫމާތެއް އޭނާއާ އަރާ ހަމަކުރަންދެން، ވިސާމްގެ ހިތްވަރަކަށް ބަދަލެއް ނާންނާނެއެވެ. ވިސާމްގެ ކާމިޔާބީއަކީ އޭނާގެ ކެރުމާއި ހިތްވަރެވެ. ރައްޔިތުންގެ ލޯބި އޭނާއަށް ބަންޑުންވަނީ އެ ސަބަބާހުރެއެވެ.

އަނިޔާވެރި މަރެއްގެ ވާހަކައެއް ކަމަށްވިޔަސް، އަދި ކާރިސާއެއްގެ ހާލަތުގައި ކަމަށްވިޔަސް މިހާތަނަށް ރާއްޖެޓީވީން ވިސާމް ގެނެސްދިން ތަފާތު އެކި ޚަބަރުތަކާއި ރިޕޯޓުތަކާއި ޑޮކިއުމެންޓްރީތަކުން އެކަން ސާބިތުވާނެއެވެ.

އޭނާގެ މަގުބޫލުކަމާއި ހުނަރު ފެނިގެން ދަނީ ހަމައެކަނި ގެނެސްދޭ ރިޕޯޓަކުންނެއް ނޫނެވެ. ނޫސްވެރިކަމުގެ ޅަ އުމުރުގައި އޭނަ ދައްކާފައިވާ ހިތްވަރަކީ އެހެން ނޫސްވެރިން ވެސް އެކަމަށް ފަހުރުވެރިވާނެ ހުނަރުތަކެކެވެ. ވިސާމް ނޫސްވެރިކަމަށް ނުކުތް ފުރަތަމަ އަހަރު ވެސް ރާއްޖޭގެ އެންމެ އުންމީދީ ތިން ނޫސްވެރިންގެ ލިސްޓުން އޭނާ ޖާގަ ހޯދިއެވެ. މީޑިއާ ކައުންސިލްގެ ރެކޯޑުތައް އެކަމަށް ހެކިދޭނެއެވެ. ނޫސްވެރިއެއްގެ ވާޖިބު އަދާ ކުރަމުންދަނިކޮށް، އުފުލުނު ދައުވާތަކާއި ކުރި ޝަރީއަތްތަކަކީ ވިސާމް ހުއްޓުވާލެވޭނެ މަންތިރިއަކަށް ނުވާނެއެވެ. ބޭއިންސާފު ހައްޔަރަށް ވިސާމް ގެންދިއުމާ ހަމައަށް އޭނާ ގެންދިޔައީ އެކަން ސާބިތުކޮށްދެމުންނެވެ. ވިސާމަކީ ރާއްޖެޓީވީގެ ހިޔާދަށުގައި އުއްމީދީ ކުރިމަގެއް އަލިކުރަމުންދާ ފިސާރި ނޫސްވެރިއެކެވެ. މަސައްކަތުގެ މާހައުލުގައި އޭނާ އަކީ ނަމޫނާ ނޫސްވެރިއެކެވެ. ވަރުބަލި ކަމެއް ނެތި ހިތްވަރާއެކު މަސައްކަތް ކުރާ ހުނަރުވެރި ނޫސްވެރިއެކެވެ.

ރާއްޖެޓީވީގެ ޅަ އުމުރުގައި ކުރަންޖެހުނު ހިތި ތަޖްރިބާ

ރާއްޖެޓީވީގެ ހަތް އަހަރުގެ ތާރީހުގައި މުވައްޒަފެއްގެ ހައިސިއްޔަތުން ބޭއިންސާފުން މި ސްޓޭޝަނަށް ލިބެމުންދާ އަނިޔާތައް ފެނިއްޖެއެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ރާއްޖެޓީވީ އަށް ކެނޑިނޭޅި ނުހައްގު އަނިޔާ ދަނީ ލިބެމުންނެވެ. ދެހާސްބާރަ ވަނަ އަހަރުގެ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހު ރާއްޖެޓީވީގެ ކޮންޓްރޯލްރޫމަށް ބަޔަކު ވަދެ، ކޭބަލތައް ބުރިކޮށް، ސްޓާޝަން ހުއްޓުމަކަށް ގެނައެވެ. ޖެހިގެން އައިއިރު، 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ރާއްޖެޓީވީ ރޯކޮށްލިއެވެ. ދެހާސްތޭރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ނޫސްވެރިއަކަށް މަރުގެ އެތިފަހަރަކުން، ޒަހަމްކޮށްލިއެވެ. 2016 ވަނަ އަހަރު ރާއްޖެޓީވީގެ ހަތަރު ނޫސްވެރިއަކަށް ދައުވާ ކުރިއެވެ. 7 މާރޗް 2017 ގައި 2 ލައްކަ ރުފިޔާއިން ރާއްޖެޓީވީ ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރިއެވެ. 6 އެޕްރީލް 2017 ގައި 2 ވަނަ ފަހަރަށް 1 މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރިއެވެ. އެއަށްފަހު ތިންވަނަ ފަހަރަށް 8 އޮކްޓޯބަރު 2017 ގައި 5 ލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖުރިމަނާ ކުރިއެވެ. 2018 ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ރާއްޖެޓީވީ ބަންދުކުރުމަށް ޕީޕީއެމުން ގޮވާލިއެވެ. ބަޔަކު މީހުން މަގުމައްޗަށް ނުކުމެ ރާއްޖެޓީވީ ރޯކޮށްލަން ގޮވާލާ ވަކި ވަކި ނޫސްވެރިންނަށް މަރުގެ އިންޒާރު ދީފިއެވެ. އެންމެ ފަހުން މި ނުބައި ނުލަފާ އަމަލުތަކެއްގެ ޝިކާރައަކަށް އެއްވެސް އަސްލެއް ނެތް ޖާސޫސީ ރިޕޯޓަކަށް ކަމަށް ބުނެ ރާއްޖެޓީވީގެ ދެ ނޫސްވެރިން 16 މާރޗް 2018 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ. ކުރިން މިފާހަގަ ކުރި އެއްވެސް ކަމަށް އިންސާފެއް ނުލިބި މުޅި ދައުލަތް ފޫގަޅާފައި މިތިބީ ރާއްޖެޓީވީ އަށް އަދަބު ދިނުމުގައެވެ. ރާއްޖެޓީވީ ބަދުނާމުކޮށް، މުވައްޒަފުން ބަލި ކަށިކޮށްލުމަށް ކުރަމުންދާ މަސައްކަތަކީ ރާއްޖެޓީވީ އާއި މުވައްޒަފުންގެ ކަރުގައި އެޅުވޭ މާފައްޗަކަށް ނޫނީ ނުވާނެއެވެ. ދޭ އިންޒާރަކަށް ބެލުމެއްނެތި ރާއްޖެޓީވީގެ މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ ޖޯޝާ ހިތްވަރާއެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

18 މެއި 2017
ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

15 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ފުރާނައާއި ފުރާނަފުޅު!

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު