Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިސްބާހު އާއި ނަޒީރުގެ ހިސްޓްރީ މަޖިލީހުން ބަލަނީ

މިސްބާހާއި ނަޒީރު ތާލިބާނުންނާ ގުޅުންއޮތްތޯ މަޖިލީހުން ބަލަނީ

މިސްބާހު އާއި ނަޒީރު ތާލިބާނުންގެ ޓްރެއިނިންގ ހެދިކަމުގެ ތުހުމަތު ކުރެއްވީ ނައިފަރު ދާއިރާގެ މެމްބަރ ޝިޔާމް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ފެބުރުއަރީ 2021 | ބުދަ 12:27
މަރު ކޮމިޝަންގެ މެމްބަރ މިސްބާހު އައްބާސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު

މަރު ކޮމިޝަންގެ މެމްބަރ މިސްބާހު އައްބާސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު

މަރު ކޮމިޝަންގެ މެމްބަރ މިސްބާހު އައްބާސްއާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ތާލިބާނުންގެ ޓްރެއިނިން ހެދިކަމުގެ ތުހުމަތު ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރ އަހުމަދު ޝިޔާމް ކުރެއްވުމުން އެކަން ބެލުމަށް މަޖިލީހުން ނިންމައިފިއެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއުޒިކާއެކު ޒުވާނުން އުފާފާޅުކުރާ މަރުކަޒުުތައް ގައިމުކުރުމަށް ގޮވަލައި ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ މަރުކޮމިޝަންގެ މެމްބަރ މިސްބާހުއާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު އެފަދަ ޓްރެއިނިންގއެއް ހެއްދެވިތޯ މަޖިލީހުން ބަލަންޖެހޭކަމަށެވެ.

Advertisement - newsAdvertisement

ޝިޔާމް މިމޭރުމުން ވާހަކަދެއްކެވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މެމްބަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ދެބޭފުޅުން ތާލިބާންގެ ތަމްރީނަށް ދިޔަތޯ ސުވާލު އުފައްދަވާފައިވާތީ އެކަން ބެލުމަށް އަމީން އާންމު އަރިހުން އެދިވަޑައިގަންނަވާފައެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ އިންސާފު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަންގައި މިސްބާހު އިންނަވާއިރު އަހަރަކަށްވުރެ ގިނަ ދުވަސްވީފަހުން އެކޮމިޝަނުން ވަނީ އަންގާރަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެފަހުގެ މައުލޫމާތު ދެއްވުމަށް ނޫސްވެރިންނާއި ބައްދަލުކުރެއްވީ މިސްބާހުއެވެ. ކޮމިޝަންގެ މަސައްކަތްތައް ލަސްވަމުންދާތީއާއި ނަތީޖާ ހާސިލްވާތަން ފެންނަމުންނުދާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ކޮމިޝަނަށް އަމާޒުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް މީގެކުރިން ވަނީ މަރުކޮމިޝަނަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރަކީ ނޭޝަނަލް ކައުންޓަ ޓެރެރިޒަމް ސެންޓަރ (އެންސީޓީސީ)ގެ ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީގައި ހޯމް މިނިސްޓްރީގެ ފަރާތުން އިންނަވާ ބޭފުޅާއެވެ. އެންސީޓީސީއަކީ ޓެރަރިޒަމުގެ ޢަމަލުތަކާ ގުޅިގެން އެކަންކަން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމުގެ އިސްފަރާތެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި

01 މާރިޗު 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި
27 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

27 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
20 ފެބުރުއަރީ 2017

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

20 ފެބުރުއަރީ 2017
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު