Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސީވީއެފްގެ ވެބިނަރ

"ކޮވިޑު ދަސްކޮށްދިން އެންމެ މުހިއްމު އެކައްޗަކީ ލާމަރުކަޒީ ނިޒާމެއްގެ މުހިއްމުކަން"

ޤައުމުތަކަށް ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުން ގެނައުމަށް މަސައްކަތް ކުރުންވެސް މުހިއްމު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ފެބުރުއަރީ 2021 | އަންގާރަ 15:13
ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެބިނަރގައި ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެބިނަރގައި ވާހަކަ ދައްކަވަނީ

ކޮވިޑުގެ މި ޙާލަތުގައި ލާމަރުކަޒީ ނިޒާމެއްގެ މުހިއްމުކަން ފެނިގެން ގޮސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ "ކްލައިމެޓް ޗޭންގް ޕްރިއޮރިޓީސް އޮން ހެލްތް، ހިއުމަން ރައިޓްސް އެންޑް ލޭބަރ" ގެ ޚާއްސަ ވެބިނަރގައި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުންނެވެ.

މި ވެބިނަރގައި ރައީސް ނަޝީދު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސިއްޙީ ގޮތުންނާއި، އިންސާނީ ޙައްޤުތަކުގެ ރޮނގުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރައީސް ނަޝީދު ވަނީ ކާރބަން ނިއުޓްރަލް ޤައުމަކަށްވުމުގެ އިތުރުން، ޤައުމުތަކަށް ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުން ގެނައުމަށް މަސައްކަތް ކުރުންވެސް މުހިއްމުކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑުގެ ސަބަބުން ލިބުނު އެންމެ ބޮޑު އެއް ފިލާވަޅަކީ ލާމަރުކަޒީ ނިޒާމެއް އޮތުމުގެ މުހިއްމުކަން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގަައި ވަސީލަތްތަކުގެ ގޮތުންނާއި، އިންސާނީ ޙައްޤުތަކުގެ ގޮތުން ބެލި ނަމަވެސް، ޑިމޮކްރަސީގެ އުސޫލުތަކަށް އަމަލު ކުރުން މުހިއްމުކަން އެނގިގެންދާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ފިނިހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން ބަލިތައް ފެތުރޭ މިންވަރަށްވެސް އަސަރުތަކެއް ކުރާކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މިސާލެއްގެ ގޮތުން ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ޑެންގޫ ފެތުރޭ މިންވަރުވެސް 200 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ.

މި ވެބިނަރގައި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ "ތީމެޓިކް އެމްބެސެޑަރު"ން ބައިވެރިވެ ވަޑައިގަންނަވާފައިވާއިރު، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސްވެސް ވާހަކަ ދައްކަވާފައިވެއެވެ.

ޓެޑްރޯސް ވަނީ މި ވެބިނަރ އިންތިޒާމު ކުރެއްވި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އެގޮތުން ޓެޑްރޯސް ވިދާޅުވީ، ކޮވިޑުގެ މި ޙާލަތުގައި އިންސާނުންނާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެމެދު އޮންނަ ނާޒުކު ގުޅުމުގެ މުހިއްމުކަން އިހުސާސް ވެގެން ގޮސްފައިވާ ކަމަށެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމުން ސަލާމަތްވުމުގައި ކުރަމުންދާ މަސައްކަތްތަކުގައި ދެމެހެއްޓެނިވި ކާނާގެ ޔަޤީންކަމާއި، ޤުދުރަތީ ވަސީލަތްތަކުގެ ބޭނުންތެރިކަން ޓެޑްރޯސް ފާހަގަ ކުރެއްވިއެވެ.

ޓެޑްރޯސް ވަނީ މިގޮތަށް އަމަލު ކުރުމުން ލިބޭ މަންފާތަކުގެ ސާފު ހެކި މިއަދުވެސް ފެންނަން އޮތްކަން ފާހަގަ ކުރައްވައި، އެގޮތުގައި ކުރިއަށް ދިއުމަށް ޤައުމުތަކަށް އިލްތިމާސް ކުރައްވާފައެވެ. އަދި އެކަންކަން ތަންފީޒު ކުރުމަށް ޤައުމުތަކުން ކުރަން ނިންމާފައިވާ ކަންކަމާއި، ޙާސިލު ކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ޑރ ޓެޑްރޯސް ވަނީ މަރުޙަބާ ވިދާޅުވެފައެވެ. ޓެޑްރޯސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ ސިއްޙީ ނިޒާމަށްވެސް އޭގެ ސީދާ އަދި ނުސީދާ ގޮތުން އަސަރު ކުރަމުންދާ ކަމަށެވެ.

ސީވީއެފްގެ މަސައްކަތް ކުރިއަރުވައި، ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން، ކަނޑައަޅާފައިވާ ހަ ދާއިރާއިން އެމްބެސެޑަރުން ކަނޑައަޅާފައިވެއެވެ. އެ ދާއިރާތަކުގެ ތެރޭގައި އެމްބިޝަން، ކަލްޗަރ، ފައިނޭންސް، ޕާލިމަންޓްސް އަދި އިޔާދަކުރަނިވި ހަކަތައާއި ވަލްނަރަބިލިޓީ ހިމެނެއެވެ. އެގޮތުން ރައީސް ނަޝީދަށް އަރުވާފައި ވަނީ 'ތީމެޓިކް އެމްބެސެޑަރ އޮފް ސީވީއެފް ފޯ ދަ ތީމެޓިކް ޑޮމެއިން އޮފް އެމްބިޝަން' އެވެ.

ސީވީއެފްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2009 ވަނަ އަހަރުގައި ރާއްޖޭގައެވެ. އެ ފޯރަމްގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ގައުމުތައް އަހުލުވެރިކޮށް، ތިމާވެށްޓާއި ރަހްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް، މެމްބަރު ގައުމުތަކުން ބޭނުން ކުރާ ހަކަތައަކީ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް މަސައްކަތް ކުރުމެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ލާމަރުކަޒީ ނިޒާމް އައީ ހަލާކުކުރަމުން: ޝިފާޒް

21 އެޕްރީލު 2017
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ލާމަރުކަޒީ ނިޒާމް އައީ ހަލާކުކުރަމުން: ޝިފާޒް
30 މާރިޗު 2017

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު
28 މާރިޗު 2017

ޑިމޮކްރަސީއަށްޓަކައި ބަރުލަމާނީ އުސޫލުތަކަށް އިޚުތިރާމްކުރުން މުހިއްމު: އިނގެރޭސިވިލާތް

28 މާރިޗު 2017
ޑިމޮކްރަސީއަށްޓަކައި ބަރުލަމާނީ އުސޫލުތަކަށް އިޚުތިރާމްކުރުން މުހިއްމު: އިނގެރޭސިވިލާތް
28 މާރިޗު 2017

ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ

28 މާރިޗު 2017
ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު