Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

ލޯކަލް ކައުންސިލް އިންތިޚާބަށް ނޫނެކޭ ބުނަން އެބަޖެހޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 17 މާރިޗު 2017 | ހުކުރު 10:12
އެމްޑީޕީން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި އަހްމަދު އަބްދުﷲ ވާހަކަފުޅު ދައްކަވަނީ

އެމްޑީޕީން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި އަހްމަދު އަބްދުﷲ ވާހަކަފުޅު ދައްކަވަނީ

މިއަދުގެ ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން ކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި އެމްޔޫއޯއިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަޙްމަދު އަބްދުﷲ ވިދާޅުވީ ރައްޔިތުންނަކީ އަބުރުވެރި ޝަރަފްވެރި ބަޔަކަށް އެމްޑީޕީން ހަދާނެ ކަމަށާއި އެއީ ލާމަރުކަޒީ ނިޒާމް އަލުން އަނބުރާ ރާއްޖެއަށް ގެނެސްގެން ކަމަށެވެ.

Advertisement - newsAdvertisement

އަޙްމަދު އަބްދުﷲ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ 80 ޕަސެންޓް ގޮނޑި އެމްޑީޕީން ކާމިޔާބުކުރާނެ ކަމަށައި މި ސަރުކާރުން ކުރާނީ އަށްޑިހަ އިންސައްތަ ވައްކަން ކަމަށް އޭނާ ވިދާޅުވި އެވެ.

އަޙްމަދު ވިދާޅުވީ ރައީސް ޔާމިން އެމްޑީޕީ ދެކެ ބިރުން ޖަލްސާއެއް ބާއްވާނެ ތަންކޮޅެއްވެސް ނުދޭ ކަމަށާއި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކޮށް އެމްޑީޕީން ރައީސް އަބްދުﷲ ޔާމިންއަށް ސައިޒް ދައްކާލާނެ ކަމަށެވެ.

ދައުލަތުގެ ދަރަނި އަރަންޏަށް ބަދަލުކުރާނަމޭ ބުނި މިސަރުކާރަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ރައްޔިތުން ދިން ކަމަށާއި އެހެން ނަމަވެސް އެކަމުގެ ހިތި ނަތީޖާ މިއަދު މިދަނީ ފެންނަމުން ކަމަށް އަޙްމަދު ވިދާޅުވި އެވެ.

މިސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތު މީހާއަކީ ދަރަނި އަދާ ނުކުރެވޭ މީހަކަށް ބަދަލުކުރަން ކަމަށާއި ރައްޔިތުން އަޅުވެތިކަމުގެ ޝިކާރައަކަށް ހެދީ މިސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ހުރިހާ ރައްޔިތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނަން އެބަޖެހޭ ކަމަށާއި ހަމައިސްކޮޅަށް ތެދުވެފައިވާ ރައްޔިތު މީހާ އުފައްދަން އެބަޖެހޭ ކަމަށް އަޙްމަދު ވިދާޅުވިއެވެ.

ވަޒީފާގެ ބިރުވެރިކަން އޮންނަން ޖެހޭ ސަރުކާރެއް މިއަދު އެއްވެސް ރައްޔިތަކު ބޭނުމެއް ނޫން ކަމަށާއި ލާމަރުކަޒީ ނިޒާމް ތަރައްޤީކޮށް ހަމައިސްކޮޅުގެ މީހާ ތަރައްޤީކުރަން އެބަޖެހޭ ކަމަށް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު

22 މާރިޗު 2017
ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު
12 މާރިޗު 2017

ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ

12 މާރިޗު 2017
ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ
02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު