Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިޔަންމާ މައްސަލަ

މުޒާހަރާތައް ހޫނުވެ މިޔަންމާގައި ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުން މަނާކޮށްފި

9 ފެބުރުއަރީ 2021 | އަންގާރަ 10:45

މިޔަންމާގައި ވަނީ ފޭސްބުކް، ޓްވިޓަރ އިންސްޓަގްރާމް އަދި ވަޓްސްއެޕް ބޭނުންކުރުން މަނާކޮށްފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 9 ފެބުރުއަރީ 2021 | އަންގާރަ 10:45
މިޔަންމާގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން

މިޔަންމާގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން

މުޒާހަރާތައް ހޫނުވެ މިޔަންމާގައި ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުން މަނާކޮށްފިއެވެ.

މިޔަންމާގައި މިދިޔަ ނޮވެމްބަރުމަހު ބޭއްވި އާންމު އިންތިޚާބުގެ މައްސަލަ ހޫނުވެ މިޔަންމާގެ ސްޓޭޓް ކައުންސިލަރ އައުން ސާން ސޫޗީ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މިޔަންމާގެ ލީޑަރު އަން ސަން ސޫކީގެ މައްޗަށް ދައުވާތަކެއް ވެސް ވަނީ އުފުލާފައެވެ. ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ސޫކީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ކޮމިއުނިކޭޝަން ރޭޑިއޯތަކެއް އެތެރެކޮށް ގެންގުޅުއްވިކަމުގެ ދައުވާއާއި، އެ ޤައުމުގެ އިމްޕޯޓް އެކްސްޕޯޓް ޤާނޫނުތަކާ ޚިލާފަށް އަމަލު ކުރެއްވިކަމުގެ ކުށުގެ ދައުވާ ވެސް ހިމެނެއެވެ.

ފުލުހުންނާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން މިހިނގާ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސޫކީ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައެވެ. އަދި ސޫކީ މިވަގުތު ހުންނެވީ ނައިޕިޓޯގައި އެކަމަނާ ހުންނަވާ ގެކޮޅުގައި ބަންދު ކޮށްފައިކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އޭގެ އިތުރުން، އެ ޤައުމުގެ ރައީސް ވިން މިންޓްގެ މައްޗަށް ވެސް ދައުވާތަކެއް އުފުލާފައިވާ ކަމަށާއި، ވިން މިވަގުތު ހުންނެވީ ޖަލު ބަންދުގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަދި ވިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮވިޑާ ގުޅިގެން އަޅުއްވާފައިވާ ފިޔަވަޅުތަކަކާ ގުޅިގެން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މިޔަމަންމާގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް ސޫކީއާއި ސަރުކާރުގެ އިސްވެރިން ބަންދުކުރީ މިޔަންމާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ސޫކީ ނިސްބަތްވާ މިޔަންމާގެ ވެރިކަން ކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ޕާޓީން ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކޮށްފައިވާކަން އިއުލާން ކޮށްފައިވަނިކޮށެވެ.

އަސްކަރިއްޔާގެ އަމަލުތައް ހުރިގޮތުގެ ސަބަބުން މިކަމުގެ ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވެ މުޒާހަރާތައް ވަނީ ކުރަން ފަށާފައެވެ.

މިޔަންމާގައި އަސްކަރިއްޔާއިން ބަޣާވާތްކޮށް ސޫޗީ ބަންދުކޮށްފައިވާ ކަމުގެ ރިޕޯޓުތައް ފެތުރެމުންދާއިރު، އެޤައުމުގެ ދައުލަތުގެ މީޑިއާ ވެސް ވަނީ އަސްކަރިއްޔާ އިން ހިސާރު ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އިންޓަރނެޓްގެ ޚިދުމަތާއި ފޯނުގެ ޚިދުމަތައް ބުރޫ އަރާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ޚަބަރުތައް ބުނާގޮތުން މިހާރުވަނީ ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވެ މުޒާހަރާތައް ފެށުމުން އެ ޤައުމުގައި ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުން މަނާކޮށްފައެވެ. އެގޮތުން މިޔަންމާގައި ވަނީ ފޭސްބުކް، ޓްވިޓަރ އިންސްޓަގްރާމް އަދި ވަޓްސްއެޕް ބޭނުންކުރުން މަނާކޮށްފައެވެ.

މިޔަންމާގެ ޑިމޮކްރަޓިކް ލީޑަރު އަން ސަން ސޫޗީގެ ސަރުކާރު ވައްޓާލާ އެ ޤައުމުގެ ސިފައިން ގެނައި ބަޣާވާތާ ދެކޮޅަށް ކުރާ މުޒާހަރާތަކުގެ ސަބަބުން އެޤައުމުގައި ކޯވިޑް ޓެސްޓްކުރާ މިންވަރު ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފައެވެ. އަސްކަރިއްޔާގެ ބަޣާވާތާ ދެކޮޅު ހެދުމުގެ ގޮތުން އެ ގައުމުގެ މުވައްޒަފުން މަސައްކަތް ހުއްޓާލުމަށްފަހު ގިނަ އަދަދެއްގެ ބަޔަކު ވަނީ މަގުމައްޗަށް ނުކުމެ އަސްކަރިއްޔާ ދެކޮޅަށް މުޒާހަރާކުރަން ފަށާފައެވެ. އޭގެތެރޭގައި ގިނަ ޢަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ވެސް ހިމެނެއެވެ. މި މީހުންނާ ދެކޮޅަށް ފުލުހުންގެ ވެހިކަލްތައް ނުކުމެ ބާރު ސްޕީޑްގައި އަންނަނީ ފެންވެސް ޖަހަމުންނެވެ. މުޒާހަރާއަށް ނުކުންނަ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސިފައިން ދިން ނަމަވެސް މުޒާހަރާކުރާތާ ތިންދުވަސްވެފައިވާއިރު މިކަމުގައި ބައިވެރިވާ މީހުން ވެސް އަންނަނީ ގިނަވަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

04 ޖުލައި 2017

މޫސަލް މިނިވަން ކުރުން: ހަނގުރާމަ ވަރަށް ހޫނުވެއްޖެ

04 ޖުލައި 2017
މޫސަލް މިނިވަން ކުރުން: ހަނގުރާމަ ވަރަށް ހޫނުވެއްޖެ
02 ޖުލައި 2017

ސޯޝަލް މީޑިއާ ބޭނުންކުރައްވަވާ ގޮތް ރައީސް ޓްރަމްޕް ދިފާއު ކުރައްވައިފި

02 ޖުލައި 2017
ސޯޝަލް މީޑިއާ ބޭނުންކުރައްވަވާ ގޮތް ރައީސް ޓްރަމްޕް ދިފާއު ކުރައްވައިފި
15 ޖޫން 2017

މަޝްރަހް ހޫނުވެފައި ވަނިކޮށް ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއިކޮށްފި

15 ޖޫން 2017
މަޝްރަހް ހޫނުވެފައި ވަނިކޮށް ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއިކޮށްފި
08 ޖޫން 2017

ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ

08 ޖޫން 2017
ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ
26 މެއި 2017

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

26 މެއި 2017
މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި
03 މެއި 2017

ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި

03 މެއި 2017
ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި
30 އެޕްރީލު 2017

ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް

30 އެޕްރީލު 2017
ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
25 ފެބުރުއަރީ 2017

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް