Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ގަަތަރު

މަޝްރަހް ހޫނުވެފައި ވަނިކޮށް ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއިކޮށްފި

ގަތަރާ އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ގަލްފުގެ ބައެއް ގައުމުތަކުން ކަނޑާލުމުގެ ސަބަބުން ގަތަރު ވަނީ ވަރަށް ބޮޑަށް އެކަހެރިވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 15 ޖޫން 2017 | ބުރާސްފަތި 05:37
އެފް- 15 ގެ ފައިޓާ ޖެޓެއް

އެފް- 15 ގެ ފައިޓާ ޖެޓެއް

ސައުދީ އަރަބިއްޔާ އާއި އެ ގައުމުގެ އެކުވެރި ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލާފައި ވަނިކޮށް އެމެރިކާ އިން ގަތަރަށް ހަނގުރާމަމަތީ މަތިންދާބޯޓުގެ ވައްތަރެއް ކަމަށްވާ އެފް-15 ގެ މަތިންދާބޯޓުތަކެއް ވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބާރަ ބިލިޔަން ޑޮލަރުގެ އެއްބަސްވުމުގައި، އެމެރިކާގެ ވޮޝިންޓަން ޑީސީގައި ސޮއި ކުރެއްވީ ގަތަރުގެ ޑިފެންސް މިނިސްޓަރު ހާލިދް އަލީ އަތިއްޔާ އާއި އެމެރިކާގެ ޑިފެންސް މިނިސްޓަރު ޖިމް މެޓިސްއެވެ.

ބުދަ ދުވަހު ސޮއި ކުރެއްވި ހަތިޔާރު ވިއްކުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން ގަތަރުގެ ޑިފެންސް މިނިސްޓަރު އަލީ އަތިއްޔާ ވިދާޅުވީ އެގްރިމަންޓުން ދައްކައިދެނީ ގަަތަރުން ރަހްމަތްތެރި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން ކަމަށެވެ. އަދި ގައުމުތަކާއި ގުޅިގެން ސަރަހައްދާއި އަދި މުޅި ދުނިޔޭގެ ހަމަޖެހުމަށްވެސް ގަތަރު އޮތީ މަސައްކަތް ކުރަން ތައްޔާރަށް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ބުދަ ދުވަހު ސޮއިކުރި ހަތިޔާރު ވިއްކުމުގެ އެއްބަސްވުމުގެ ސަބަބުން އިތުރު ހަރުފަތަކަށް އެމެރިކާ އާއި ގަތަރުގެ އަސްކަރީ ގުޅުން ގެންދިއުމަށް ބާރަކަށް ވާނެ ކަމަށެވެ.

އެމެރިކާ އިން ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު ދާދިފަހުން އެެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ސައުދީއާ އެކީ 110 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ގަތަރުން ހަތިޔާރު ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު ގަތަރު ޓެރަރިޒަމަށް ހިއްވަރުދޭ ކަމަށް ބުނެ ގަލްފުގެ ބައެއް ގައުމަކުން އެގައުމާ އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ވަނީ ކަނޑާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. މި ގައުމުތަކުން ގަތަރާ މެދު ކުރާ ތުހުމަތުތައް ގަތަރުން ދޮގު ކުރެއެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި

17 މެއި 2017
ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި
14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
22 އެޕްރީލު 2017

އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން

22 އެޕްރީލު 2017
އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން
11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
01 މާރިޗު 2017

ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ

01 މާރިޗު 2017
ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު