Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަރު ކޮމިޝަނުގެ މަސައްކަތްތައް

މަގޭ ރިޕޯޓް: ބޮޑުމަސް ނޭވާލާހެން މަރު ކޮމިޝަން މަސައްކަތް ކުރީމަ ކަމަކު ނުދޭ

މަރުގެ މައްސަލަތައް ތަހުޤީޤު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ފެބުރުއަރީ 2021 | ހޯމަ 13:38
މަރު ކޮމިޝަނުން ޒިންމާ އަދާ ނުކުރާކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުން

މަރު ކޮމިޝަނުން ޒިންމާ އަދާ ނުކުރާކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުން

ބޮޑުމަހަކީ ވަރަށް ތަފާތު ތަބީޢަތެއް ލިބިފައިވާ އެއްޗެކެވެ. ބައެއް ބާވަތްތަކުގެ ބޮޑުމަހުގެ އާދަޔާޚިލާފު ސިފަތަކުގެ ތެރެއިން، އެސޮރުމެން ނޭވާލާ ގޮތަކީވެސް ޝައުޤުވެރި ކުރުވަނިވި ކަމެކެވެ. އާންމުކޮށް ބޮޑުމަސް ނޭވާ ނުލައި ގަޑިއިރެއްހާއިރުވެސް ހޭދަކޮށްލައެވެ. 1000 މީޓަރު އަޑިން ކާނާ ހޯދުމަށް ފީނުމަށްފަހު، އެސޮރު މައްޗަށް އަރައި ދެތިން ނޭވާ ދޫކޮށްލުމަށްފަހު އަނެއްކާވެސް އަޑިއަށް ފީނައެވެ. އާދައިގެ އެހެން މަސްމަހާމެއްސާ ޚިލާފަށް އެސޮރު ނޭވާ ނުލައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. ބޮޑުމަހުގެ އާދަޔާޚިލާފު މި ތަބީޢަތުގެ މިސާލު އިންސާނުންގެ ދިރިއުޅުމަށްވެސް ޖަހައި އުޅެއެވެ. ނުފެނި އެތައް އިރަކު އުޅުމަށްފަހު، ކުއްލިއަކަށް ފެންމަތިވާ ކަންކަމާއި އެއްޗިއްސަށް ބޮޑުމަހުގެ މިސާލުން މިސާލު ޖަހައި އުޅެއެވެ.

2018 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތް ޅ.ހިންނަވަރު ނޫރާނީއާގެ އިބްރާޙިމް މުޙައްމަދު ސޯލިޙު ވެރިކަމުގެ ހުވާ ކުރައްވައި، އެ ދުވަހުން ދުވަހަށް ކުރެއްވި ކަންކަމުގެ ތެރޭގައި މަރުގެ މައްސަލަތައް ތަހުޤީޤު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވުން ހިމެނެއެވެ. އެ ކޮމިޝަން އުފެއްދެވިތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ކޮމިޝަނުން ހާސިލު ކުރެވުނު ނަތީޖާއެއް އޮތްތޯ މިއީ މިއަދުވެސް ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. ބޮޑުމަސް ނޭވާލާން މައްޗަށް އަރާ ބީދައިން، ދޭތެރެ ދޭތެރެއިން ކޮމިޝަނުގެ މަސައްކަތެއްގެ މައުލޫމާތެއް އާންމުންނަށް ލިބިގެން ދިއުން ފިޔަވައި، އިތުރު ކަމެއް ކޮމިޝަނަށް ޙާސިލުވެފައިވޭތޯ މިއީވެސް ގިނަ ބަޔަކު ދައްކަމުން ގެންދާ ވާހަކައެކެވެ.

ހޯމަ ދުވަހުވެސް މަރު ކޮމިޝަން މިވަނީ އެތައް ޒަމާންތަކަކަށް ފަހު އަނެއްކާވެސް "ފެންމަތިވެލާފައެވެ". މިފަހަރު ދެއްކި ވާހަކައަކީ ނޫސްވެރިޔާ އަޙުމަދު ރިލްވާނުގެ މަރާއި ގުޅުންހުރި ވާހަކައެކެވެ. ރިލްވާން ގެއްލުވާލި ރޭގައި ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިއުމުގެ ތެރޭގައި އެ ސަރަޙައްދަށް ވެއްޓިފައި އޮތް ވަޅިއެއްގެ ފޮޓޯ ހިއްސާކޮށް، އެ ވަޅީގެ ވެރިފަރާތް ނުވަތަ މައްސަލައާ ގުޅުންހުރި މައުލޫމާތެއް ފޯރުކޮށްދޭ މީހަކަށް ފަސްލައްކައިގެ އިނާމެއްވެސް މިވަނީ ކަނޑައަޅާފައެވެ.

ރިލްވާނު ގެއްލުވާލިތާ 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އަދިވެސް އެކަމުގެ ފަހަތުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވިފައެއް ނުވެއެވެ. ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު ޝަހާދަތް ލައިދިނުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދުނު ހެކިތަކުން އެނގިފައިވާ ކަމަށް ކޮމިޝަނުން ބުނިތާވެސް ގިނަ ދުވަސްތަކެއް ފާއިތުވެގެން ގޮސްފިއެވެ. އަދި މިހާތަނަށް އެކަމުގައި އެޅުނު ފިޔަވަޅެއް، ހޯދުނު ކުރިއެރުމެއް އޮތް ކަމަކަށް ނުފެނެއެވެ. ނަމަވެސް އޭރު ކޮމިޝަނުން ބުނަމުން ގޮސްފައިވަނީ، ފޮރިންސިކް އެނަލައިސިސް ރިޕޯޓާއި، ފައިނަލް ރިޕޯޓުން މަރާލުމަށް ފައިސާދިން ވިޔަފާރިތަކުގެ މައުލޫމާތާއި، އެ މައްސަލައިގެ ޝާމިލްވާ ހުރިހާ ފަރާތްތަކާއި، ހުރިހާ މައުލޫމާތެއް އެނގިގެންދާނެ ކަމަށެވެ. އެ ފަހުންވެސް އެތައް ދުވަސްތަކެއް ވޭތުވެގެން ދިޔައީއެވެ.

މަރު ކޮމިޝަނުން ބަލަމުންދާ އެހެން މައްސަލަތަކުގެ ޙާލަކީވެސް އެއީއެވެ. މި ކޮމިޝަނަކީ އަމިއްލައަށް ތަހުޤީޤުކޮށް، ދައުވާ ކުރަން އެދި ފޮނުވުމުގެ ފުރިހަމަ ބާރު ލިބިގެން އުފައްދާފައިވާ ކޮމިޝަނެއް ނަމަވެސް، އަދި މިހާތަނަށް ކޮމިޝަނުން ބޮޑު މައްސަލައެއް ނިންމައި، އިންސާފު ހޯދައިދިނުމާ ގާތަށްވެސް މަސައްކަތް ނުކުރެވޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ. މި ކޮމިޝަނަކީ، ކޮމިޝަނުގެ ޒިންމާ އަދާކުރެވެންދެން ދެމި އޮންނާނެ ކޮމިޝަނެއްކަން ރައީސްގެ ޤަރާރުގައި ބަޔާން ކުރައްވާފައިވާއިރު، ނަތީޖާ ޙާސިލު ނުކުރެވި މި ފާއިތުވާ ދުވަސްތަކަކީވެސް ކޮމިޝަނުގެ މެމްބަރުންނަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ބަރާބަރަށް ލިބެމުންދާ ދުވަސްތަކެކެވެ. ވީއިރު، ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭގައި ކޮމިޝަނުގެ ހުރިހާ ޒިންމާއެއް އަދާކޮށް ނިމިއްޖެނަމަ، ރައީސްގެ ޤަރާރުގައި އެ ވިދާޅުވާ ޒިންމާ ފުރިހަމަވީކަމަށް ބަލައި، ކޮމިޝަން އުވާލަފާނެ ކަމުގެ ބިރު އޮތީބާއެވެ؟ މަރު ކޮމިޝަނަށް ޒިންމާ އަދާ ނުކުރެވި، އެތައް ދުވަސްތަކެއް ހޭދަވެގެން ދާން މި ޖެހޭ ޙަޤީޤީ ސަބަބަކީ ކޮބައިބާއެވެ؟

އެންމެ ފަހުން ނިމިދިޔަ ހަފުތާގައި ރައީސް ސޯލިޙު މިވަނީ ކޮމިޝަނުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަވައި، ކޮމިޝަނަށް ރައީސަކުވެސް އައްޔަނު ކުރައްވާފައެވެ. "ވެރިޔާއަށް ހިއްޕެވޭނީ ވަލުގައޭ، ބާރުލާނީ ރައްޔިތުންނޭ" ބުނާ ބީދައިން، ރައީސް ސޯލިޙުވެސް ގެންދަވަނީ ކޮމިޝަނުގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާ ކުރުމަށް ބޭނުންވާ މަގު ފަހިކޮށްދެއްވަމުންނެވެ. އެހެން ނަމަވެސް، ބޮޑުމަސް ނޭވާލާން އަރާ އުސޫލުން ކޮމިޝަނުން މަސައްކަތް ކުރާހާ ހިނދަކު، ޤައިމުވެސް ނަތީޖާ ޙާސިލެއް ނުވާނެއެވެ.

އިތުރަށް ކިޔާލަން

27 ޖުލައި 2017

ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

27 ޖުލައި 2017
ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!
03 ޖުލައި 2017

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

03 ޖުލައި 2017
މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!
16 ޖޫން 2017

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟
03 ޖޫން 2017

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!
02 ޖޫން 2017

ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

02 ޖޫން 2017
ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް
26 އެޕްރީލު 2017

"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

26 އެޕްރީލު 2017
"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"
26 އެޕްރީލު 2017

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!
05 އެޕްރީލު 2017

ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!

05 އެޕްރީލު 2017
ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
11 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު