Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕޯސްޓް ބްރެކްސިޓް

އަޔަލޭންޑްގެ ބޯޑަރުތަކުން ފަސޭހައިން ވިޔަފާރިކުރުމުގެ ފުރުސަތު ދިނުމަށް އިނގިރޭސިވިލާތުން ގޮވާލައިފި

8 ފެބުރުއަރީ 2021 | ހޯމަ 11:31

ބްރެކްސިޓް ޑީލް އެކުލަވާލާފައިވާގޮތުން ވިޔަފާރިކުރުމަށް ބޮޑެތި އުނދަގޫތަަކެއް އެބަހުރި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 8 ފެބުރުއަރީ 2021 | ހޯމަ 11:31
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން

އަޔަލޭންޑްގެ ބޯޑަރުތަކުން ފަސޭހައިން ވިޔަފާރިކުރުމުގެ ފުރުސަތު ދިނުމަށް އިނގިރޭސިވިލާތުން ގޮވާލައިފިއެވެ.

އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން މިދިޔަ އަހަރުގެ ޑިސެމްބަރު 31ގައި ވަކިވެފައިވާއިރު، އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށްފަހު ވަނީ އީޔޫގެ ސިންގަލް މާކެޓުގައި ވިޔަފާރިކުރާއިރު އިތުރު ޓެރިފްއެއް ނުނަގާގޮތަށް އެއްބަސްވެފައެވެ. އެހެންނަމަވެސް ބްރެކްސިޓަށްފަހު އިނގިރޭސި ވެރިކަމުގެ ދަށުގައި އޮންނަ އުތުރު އަޔަލެންޑާއި އީޔޫގެ މެންބަރު ޤައުމެއްކަމަށްވާ ރިޕަބްލިކް އޮފް އަޔަލެންޑާ ދެމެދު އޮންނަ ބޯޑަރުގައި ކަސްޓަމްސްގެ ކަންކަން ހިނގަމުންދާންޖެހޭނެ ގޮތާއިމެދު ގޮތެއް ނުނިންމުމުގެ ސަބަބުން ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެގޮތުން މި ބޯޑަރު މިދިޔަ ހަފުތާގައި އިނގިރޭސިވިލާތައް ދަތުރުނުކުރެވޭގޮތަށް ވަނީ ބަންދުވެސް ކޮށްފައެވެ. މިކަމާއި ގުޅޭގޮތުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން ވަނީ އަޔަލޭންޑްގެ ބޯޑަރުތަކުން ފަސޭހައިން ވިޔަފާރިކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލާފައެވެ. ބޮޑުވަޒީރު ޖޮންސަންއާއި އުތުރު އަޔަލެންޑްގެ ޑިމޮކްރަޓިކް ޔޫނިއަނިސްޓް ޕާޓީއާއި ދެމެދު ޚިޔާލު ތަފާތުވެފައިވާ މި މައްސަލައިގައި ވިލާތުގެ އިއްތިހާދުން އަދި ސީދާ ޖަވާބެއް ދީފައެއް ނުވެއެއެވެ.

ބްރެކްސިޓް ޑީލް އެކުލަވާލާފައިވާގޮތުން ވިޔަފާރިކުރުމަށް ބޮޑެތި އުނދަގޫތައް ކުރިމަތިވަމުންދާކަމަށް ވިލާތުގެ ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ. އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދުން ވަކިވުމަށްފަހު އީޔޫގެ ސިންގަލް މާކެޓުގައި ވިޔަފާރިކުރާއިރު އިތުރު ޓެރިފްއެއް ނުނަގާގޮތަށް އެއްބަސްވެ، ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު ވިލާތުގެ އިއްތިހާދުން ވަނީ ވަކިވެފައެވެ. ބްރެކްސިޓަށްފަހު ވިޔަފާރިއަށް އައި ބަދަލުތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން، އިނގިރޭސި ވިޔަފާރިވެރިން ވަނީ ބްރެކްސިޓް ޑީލް އެކުލަވާލިޔަސް، ވަކި ޤައުމެއްގެ ގޮތުގައި ވިޔަފާރިކުރުމަށް އެކުލަވާލަންޖެހޭ ކަރުދާސްތައް ތައްޔާރުކުރުމުގައި އެ ކުންފުނިތަކަށް ބޮޑެތި އުނދަގޫތައް ހުރިކަމަށް ބުނެފައެވެ.

މިގޮތުން އިނގިރޭސިވިލާތުގެ މި ފިޔަވަޅާއެކު ދެ ފަރާތުގެ ގުޅުން ހީނަރުވެފައިވާއިރު، މިކަމުގައި އިނގިރޭސިވިލާތުގެ ސަރުކާރުން އެ ޤައުމުގެ ކުންފުނިތަކަށް އެންމެ އެކަށޭނަ ގޮތެއްގައި އެހީތެރިވެދީފައިނުވާކަމަށް މި ކުންފުނިތަކުން ދަނީ ބުނަމުންނެވެ. މި ސަބަބަށްޓަކައި އީޔޫގެ ސިންގަލް މާކެޓުގައި ވިޔަފާރިކުރާއިރު އިތުރު ޓެރިފްއެއް ނުނަގާގޮތަށް އެއްބަސްވެފައި އޮތަސް އިނގިރޭސިވިލާތުގެ ކުންފުނިތަކަށް އެކި ޤައުމުތަކުން ކަސްޓަމްސް ޑިއުޓީއާއި މިނޫންވެސް އިތުރު ޓެރިފްތައް ކުރިމަތިކުރާކަމަށް އެ ކުންފުނިތަކުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

28 އޯގަސްޓު 2018

ސައުދީ- ޔޫއޭއީ ކޯލިޝަނުން ހަނގުރާމައިގެ ޖަރީމާ ހިންގާފައިވުމުގެ ފުރުސަތު ބޮޑުކަމަށް އދން ތުހުމަތުކޮށްފި

28 އޯގަސްޓު 2018
ސައުދީ- ޔޫއޭއީ ކޯލިޝަނުން ހަނގުރާމައިގެ ޖަރީމާ ހިންގާފައިވުމުގެ ފުރުސަތު ބޮޑުކަމަށް އދން ތުހުމަތުކޮށްފި
19 އޯގަސްޓު 2018

ޤަތަރުގެ ރައްޔިތުންނަށް ހައްޖުވުމުގެ ފުރުސަތު ނުލިބޭ ކަމަށް އެގައުމުން ބުނެފި

19 އޯގަސްޓު 2018
ޤަތަރުގެ ރައްޔިތުންނަށް ހައްޖުވުމުގެ ފުރުސަތު ނުލިބޭ ކަމަށް އެގައުމުން ބުނެފި
13 މެއި 2018

ބަރުލުސްކޯނީގެ ހުކުމް ކޯޓުން ލުއި ކުރުމާއެކު ސިޔާސީ މަގާމް ތަކަށް ފުރުސަތު ތަނަވަސް ވެއްޖެ

13 މެއި 2018
ބަރުލުސްކޯނީގެ ހުކުމް ކޯޓުން ލުއި ކުރުމާއެކު ސިޔާސީ މަގާމް ތަކަށް ފުރުސަތު ތަނަވަސް ވެއްޖެ
03 މެއި 2018

އިދިކޮޅު ކެންޑިޑޭޓްއަށް އަރުމޭނިއާގެ ބޮޑުވަޒީރުކަން ލިބުމުގެ ފުރުސަތު ބޮޑުވެއްޖެ

03 މެއި 2018
އިދިކޮޅު ކެންޑިޑޭޓްއަށް އަރުމޭނިއާގެ ބޮޑުވަޒީރުކަން ލިބުމުގެ ފުރުސަތު ބޮޑުވެއްޖެ
25 އެޕްރީލު 2018

އިންޑިއާއިން ސާކް ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު ކުޑަ: މަސްދަރުތައް

25 އެޕްރީލު 2018
އިންޑިއާއިން ސާކް ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު ކުޑަ: މަސްދަރުތައް
31 ޖެނުއަރީ 2018

ކެންޔާ ސަރުކާރުން ބަންދުކޮށްފައިވާ މީޑިއާތައް އޮޕަރޭޓްކުރުމުގެ ފުރުސަތު މިހާރުން މިހާރަށް ދޭން ޖެހޭ: ހިއުމަން ރައިޓްސް ވޮޗް

31 ޖެނުއަރީ 2018
ކެންޔާ ސަރުކާރުން ބަންދުކޮށްފައިވާ މީޑިއާތައް އޮޕަރޭޓްކުރުމުގެ ފުރުސަތު މިހާރުން މިހާރަށް ދޭން ޖެހޭ: ހިއުމަން ރައިޓްސް ވޮޗް
25 ޖެނުއަރީ 2018

ހުރިހާ އިދިކޮޅު ކެންޑިޑޭޓުންނަށް ފުރުސަތު ބަންދު، އިންތިޚާބުގައި ސީސީގެ ނަންފުޅު އެކަނި!

25 ޖެނުއަރީ 2018
ހުރިހާ އިދިކޮޅު ކެންޑިޑޭޓުންނަށް ފުރުސަތު ބަންދު، އިންތިޚާބުގައި ސީސީގެ ނަންފުޅު އެކަނި!
17 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކޮށްފިތޯ ބަލަން ދިން ފުރުސަތުގައި އެކަން ކުރެވިފައިނުވާ ކަމަށް ސްޕެއިން އިން ބުނެފި

17 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކޮށްފިތޯ ބަލަން ދިން ފުރުސަތުގައި އެކަން ކުރެވިފައިނުވާ ކަމަށް ސްޕެއިން އިން ބުނެފި
21 އޯގަސްޓު 2017

އިރާނުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަން ދޭނީ ނިއުކްލިއާ އެއްބަސްވުން އެމެރިކާ އިން ހަލާކު ކުރުމަށް ފުރުސަތު ނުދިނުމަށް: އެމެރިކާ

21 އޯގަސްޓު 2017
އިރާނުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަން ދޭނީ ނިއުކްލިއާ އެއްބަސްވުން އެމެރިކާ އިން ހަލާކު ކުރުމަށް ފުރުސަތު ނުދިނުމަށް: އެމެރިކާ
27 ޖޫން 2017

ތުރުކީ ސިފައިން ގަތަރުގައި ހަރަކާތްތެރިވާން ފުރުސަތު ދިނުމަކީ "އަސްކަރީ ގޮތުން ކަންކަން ހަލަބޮލިކުރަން އުޅޭ އުޅުމެއް": ބަހްރައިން

27 ޖޫން 2017
ތުރުކީ ސިފައިން ގަތަރުގައި ހަރަކާތްތެރިވާން ފުރުސަތު ދިނުމަކީ "އަސްކަރީ ގޮތުން ކަންކަން ހަލަބޮލިކުރަން އުޅޭ އުޅުމެއް": ބަހްރައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް