Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިސްރުގެ އިންތިޚާބު

ހުރިހާ އިދިކޮޅު ކެންޑިޑޭޓުންނަށް ފުރުސަތު ބަންދު، އިންތިޚާބުގައި ސީސީގެ ނަންފުޅު އެކަނި!

25 ޖެނުއަރީ 2018 | ބުރާސްފަތި 04:32

ވާދަކުރައްވާނެކަން އިއުލާންކުރައްވާ ހުރިހާ ބޭފުޅުންނަށް ހުރަސްތައް ދަނީ ކުރިމަތިކުރަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 25 ޖެނުއަރީ 2018 | ބުރާސްފަތި 04:32
އިންތިޚާބުގައި ވާދަނުކުރައްވާނެކަން ޢަލީ އިއުލާންކުރައްވަނީ

އިންތިޚާބުގައި ވާދަނުކުރައްވާނެކަން ޢަލީ އިއުލާންކުރައްވަނީ

މިޞްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ކުރިން އިޢުލާންކުރެއްވި މަޝްހޫރު ޤާނޫނީ ވަކީލު ޚާލިދު ޢަލީ، އިންތިޚާބުގައި ވާދަނުކުރައްވާނެކަން އިޢުލާން ކުރައްވައިފިއެވެ.

ޢަލީ އިންތިޚާބުގައި ވާދަނުކުރައްވާނެކަން ހާމަކުރެއްވީ ބުދަ ދުވަހު ވެރިރަށް ޤާހިރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އޭނާ ވިދާޅުވީ އިންތިޚާބުގައި ވާދަކުރޭވޭނެ މާހައުލެއް ނެތް ކަމަށާއި، އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަނާޅުއްވާނެ ކަމަށެވެ. ޢަލީ ވަނީ 2012 ވަނަ އަހަރުވެސް އިންތިޚާބުގައި ވާދަކުރައްވާފައެވެ. އޭނާއަކީ އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރެއްވުމަށް މިސްރުގައި މަޝްހޫރު ބޭފުޅެކެވެ.

އޭނާގެ މައްޗަށް މިހާރުވަނީ އާއްމުތަނެއްގައި އާއްމު މިންގަނޑުތަކާއި ޚިލާފު އަމަލެއް ހިންގަވާފައިވާ ކަމަށް ނިންމައި، 3 އަަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އެހެން ނަމަވެސް އެޙުކުމަށް ޢަމަލުކުރުން ވަނީ ލަސްކޮށްފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ޢަލީއަށް އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތް ހެދުމަށްޓަކައި ސިޔާސީ ގޮތުން ރައީސް އަބްދުލްފައްތާޙު ސީސީގެ ސަރުކާރުން ޖެހި ދަންތުރައެކެވެ.

މިހާރު އޮތް ގޮތުން އިންތިޚާބުގައި ވާދަކުރައްވާނީ ސީސީ އެކަންޏެވެ. މިސްރުގެ ރިޔާސީ އިންތިޚާބު އޮންނާނީ މާޗް މަހުގެ 26 އިން 28 އަށެވެ.

މިސްރުގެ އަސްކަރިއްޔާއިން ވަނީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވި އަސްކަރިއްޔާގެ ކުރީގެ ވެރިއެއް ކަމަށްވާ ސާމީ އަނާން ވެސް ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ވަގު ޑޮކިއުމަންޓްތަކެއް ހެއްދެވިކަމުގެ ތުހުމަތުގަޔާއި، އަސްކަރީ ބާރުތަކާއި ބެހޭ އެންމެ މަތީ ކައުންސިލްގެ ހުއްދަ ނުޙޯދައި، އިންތިޚާބުގައި ވާދަކުރައްވަން ނިންމެވުމާއި ގުޅިގެންނެވެ.

ސީސީގެ ސަރުކާރުން ގެންދަނީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކުރާ ސިޔާސީ އެންމެންނަށް ބިރު ދައްކައި، ފިއްތުންތައް ކުރިމަތިކުރަމުންނެވެ.

ސީސީއަކީވެސް އަސްކަރިއްޔާގެ ކުރީގެ ވެރިއެކެވެ. އޭނާ ވެރިކަމަށް ވަޑައިގަތީ މިސްރުގައި މިނިވަން އިންތިޚާބަކުން ވެރިކަމަށް ވަޑައިގަތް ފުރަތަމަ ރައީސް މުހައްމަދު މުރްސީގެ ސަރުކާރު އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށް ފަހު 2013 ވަނަ އަހަރުއެވެ. އަދި އޭގެ އަހަރެއްފަހުން ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިއެވެ. މިފަހަރު ސީސީ އެކުރިމަތިލެއްވީ ވެރިކަމުގެ 2 ވަނަ ދައުރަށެވެ. މިސްރުގެ ރިޔާސީ ދައުރުގެ މުއްދަތަކީ 4 އަހަރެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 މެއި 2017

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

05 މެއި 2017
އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް
23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
09 އެޕްރީލު 2017

ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

09 އެޕްރީލު 2017
ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
12 ފެބުރުއަރީ 2017

އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި

12 ފެބުރުއަރީ 2017
އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް