Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސިލްވިއޯ ބަރުލުސްކޯނީ

ބަރުލުސްކޯނީގެ ހުކުމް ކޯޓުން ލުއި ކުރުމާއެކު ސިޔާސީ މަގާމް ތަކަށް ފުރުސަތު ތަނަވަސް ވެއްޖެ

13 މެއި 2018 | އާދީއްތަ 04:38

ޓެކްސްއަށް މަކަރު ހެއްދެވުމުގެ ކުށުގައި ބަރުލުސްކޯނީ ހުންނެވީ 6 އަހަރު ދުވަހުގެ ހުކުމެއްގައި

ރާއްޖެ އެމްވީ | 13 މެއި 2018 | އާދީއްތަ 04:38
ފޯޒާ އިޓާލިއާ ޕާޓީގެ ރައީސް ސިލްވިއޯ ބަރުލުސްކޯނީ

ފޯޒާ އިޓާލިއާ ޕާޓީގެ ރައީސް ސިލްވިއޯ ބަރުލުސްކޯނީ

އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރުލުސްކޯނީ އަށް ސިޔާސީ މަގާމުތައް ނުފުރޭ ގޮތައް ކޯޓުން ކުރިން ކޯޓުން ކޮށްފައި އޮތް ހުކުމް އިޓަލީގެ ކޯޓަކުން ބާތިލް ކޮށްފިއެވެ.

މީގެ މާނައަކީ ކުރިއަށް އޮތް އިންތިޚާބު ތަކުގައި ބަރުލުސްކޯނީއަށް ވާދަ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމެވެ.

ޓެކްސް އަށް މަކަރު ހެއްދެވުމުގެ ކުށް ސާބިތުވެ 2013 ވަނަ އަހަރު ބަރުލުސްކޯނީ ވަނީ ގާނޫނު ހަދާ މަޖިލީހުން ބޭރު ކޮށްލައިފައެވެ. އޭގެ އިތުރުން އެއްވެސް އިންތިޚާބީ މަގާމަކަށް ހަ އަހަރު ދުވަހުގެ މުއްދަތަކަށް ވަޑައިނުގެންނެވޭނެ ކަމަށް ވެސް ހުކުމުގައި އޮތީ ކަނޑައަޅާފައެވެ.

ނަމަވެސް އިޓަލީގެ މިލާންގެ ކޯޓަކުން ހޮނިހިރު ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ ބަރުލުސްކޯނީގެ މައްޗަށް ކޮށްފައިވާ ހުކުމް އެއް އަހަރު ކުރިން ނިމުމަކަށް ގެނެވިދާނެ ކަމަށާއި، އެ ގޮތައް ނިންމީ، އެމަނިކުފާނު ހުކުމުގެ މުއްދަތުގެ ތެރޭގައި ރަނގަޅަށް އުޅުއްވާފައި ވާތީ ކަމަށެވެ.

ހުކުމް މި ގޮތައް އައުމުން ބަރުލުސްކޯނީގެ ޕާޓީ ފޯޒާ އިޓާލިއާ އިން ބުނީ އެންމެ ފަހުން ފަސް އަހަރު ދުވަހުގެ ބޭއިންސާފު ނިމުމަކަށް އަތުވެއްޖެ ކަމަށާއި އަނެއްކާވެސް އެމަނިކުފާނަށް ކެނޑިޑޭޓަކަށް ވެވަޑައިގެންނެވޭނެ ކަމަށެވެ.

ހުސްވި މާޗް މަހު ބޭއްވި އިންތިޚާބުގައި ބަރުލުސްކޯނީގެ ޕާޓީއަށް ކެމްޕޭން ކުރެއްވުމުގައި އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ނަމަވެސް އުއްމީދު ކުރި ނަތީޖާ އެ ޕާޓީއަށް ލިބިފައެއް ނުވެއެވެ.

ބަރުލުސްކޯނީ ވިދާޅުވީ، އުއްމީދު ކުރި ކާމިޔާބީ ޕާޓީ އަށް ނުލިބުނީ އޭރު އޮތް ހުކުމުގެ ސަބަބުން އޭނާ އަށް ބޮޑުވަޒީރު ކަމަށް ވަޑައިނުގެންނެވޭނެ ކަމަށް މީހުންނަށް އެނގޭތީ ކަމުގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 މާރިޗު 2017

ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

10 މާރިޗު 2017
ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
07 ފެބުރުއަރީ 2017

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

07 ފެބުރުއަރީ 2017
މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް