Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު އަވަހާރަވުން

އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ޖޯޖް ޝޫޒް އަވަހާރަވެއްޖެ

ޝޫޒް އަވަހާރަވިއިރު އުމުރުފުޅަކީ 100 އަހަރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ފެބުރުއަރީ 2021 | ހޯމަ 04:49
އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ޖޯޖް ޝޫޒް

އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ޖޯޖް ޝޫޒް

އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ޖޯޖް ޝޫޒް އިއްޔެ އަވަހާރަވެއްޖެއެވެ.

އަވަހާރަވިއިރު އުމުރުފުޅަކީ 100 އަހަރެވެ. ޖޯޖް ޝޫޒަކީ ރައީސް ރޮނަލްޑް ރޭގަންގެ ދައުރުގައި 6 އަހަރު ޚާރިޖީ ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ.

ފާއިތުވި 75 އަހަރުގެ ތެރޭގައި އެންމެ ދިގު މުއްދަތަކަށް އެމެރިކާގެ ޚާރިޖީ ވަޒީރުކަން ކުރެއްވި ބޭފުޅަކީވެސް ޖޯޖް ޝޫޒް އެވެ. ޝޫޒްގެ ޚާރިޖީ ވަޒީރުކަމުގެ ދައުރުގައި އޭނާ އިސްނަންގަވައިގެން ދުނިޔޭގެ ސުލްޙއާއި ހަމަޖެހުމަށްޓަކައި ވަރަށް ބޮޑު ދެކަމެއް ކާމިޔާބު ކުރެއްވިއެވެ.

ފުރަތަ ކަމަކީ ނިއުކުލިއަރ މިސައިލް މަދުކުރުމުގެ އެއްބަސްވުމެއް ރޫސީވިލާތާއެކު ގާއިމު ކުރެއްވުމެވެ. ދެވަނަ ކަމަކީ މެދުއިރުމައްޗަށް ދާއިމީ ސުލްޙައެއް ގެނައުމުގެ ގޮތުން މަޝްވަރާ މޭޒުދޮށަށް އަރަބީންނާއި އިސްރާއީލީން ގެނެސް އެޖެންޑާއެއް ގާއިމުކުރެއްވުމެވެ.

މިކަމުގައި އެމެރިކާގެ ބައިވެރިވުން އިތުރުކުރެއްވުމެވެ. ޖޯޖް ޝޫޒްގެ ޑިޕްލޮމެޓިކް ކާމިޔާބީތަކާއި އެހެނިހެން ޚިދުމަތްތަކުގެ އަގު ވަޒަންކޮށް އެމެރިކާގައި މަދަނީންނަށް ދެވޭ އެންމެ މަތީ ޝަރަފުކަމަށްވާ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް 1989 ގައި އޭނާއަށް އަރުވާފައިވެއެވެ.

ޖޯޖް ޝޫޒް ނިސްބަތްވެވަޑައިގެންނެވީ ރިޕަބްލިކަން ޕާޓީއަށެވެ. ރޭގަންގެ ދައުރުގައި ޚާރިޖީ ވަޒީރުކަން ކުރެއްވުމުގެ ކުރީގައި ރިޗަރޑް ނިކްސަންގެ ދައުރުގައި ލޭބަރ ވަޒީރުކަމާއި މާލީ ވަޒީރުކަން ވެސް ކުރެއްވިއެވެ.

ޖޯޖް ޝޫޒް އަވަހާރަވުމާ ގުޅިގެން އެމެރިކާގެ ކުރީގެ އެހެން ޚާރިޖީ ވަޒީރެއް ކަމަށްވާ ކޮންޑޮލީޒާ ރައިސް ވިދާޅުވެފައިވަނީ ޖޯޖް ޝޫޒްގެ ޒިކުރާ ދެމިގެންދާނީ ދުނިޔެ އިހަށްވުރެ އަމާން ރައްކާތެރި ތަނަކަށް ހެއްދެވި ޚިކުމަތްތެރިއެއްގެ ގޮތުގައި ކަމަށެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު