Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓްރަމްޕުގެ ބިތުފަންގި ނެގުން

ޓްރަމްޕަކީ އަމިއްލަ ބާލީހަށް ބަންޑާރަކަފަލާން ވެސް ކުޅަދާނަ ވެރިއެކެވެ.

ސަރުކާރުގެ ޚަރަދުތައް ޓްރަމްޕުގެ ވިޔަފާރިތަކަށް މަންފާވާގޮތަށް ބައްޓަންކުރެއްވި

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2021 | އާދީއްތަ 10:45
އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕު: ވެރިކަމުގެ ދައުރުގެ ބިތުފަންގި މިހާރު ދަނީ ނެގެމުން.

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕު: ވެރިކަމުގެ ދައުރުގެ ބިތުފަންގި މިހާރު ދަނީ ނެގެމުން.

އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕު ވަޑައިގެންނެވުމުގެ ކުރިން އޭނާ އާއްމުގޮތެއްގައި އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި އެއްކަމަކީ ރައީސްކަމުގައި ހުންނަވާ ބޭފުޅެއްގެ ދަތުރުފަތުރުތައް ގިނަވުމާއި ޚަރަދުތައް ބޮޑު ކަމުގެ މައްސަލައެވެ. ވިދާޅުވަމުން ގެންދެވިއެވެ. ތިމަންނާ ރައީސްކަމަށް ހޮވައިފިނަމަ ދަތުރުނުކޮށް އަބަދުވެސް ދެމިހުންނާނީ ވައިޓްހައުސްގައެވެ. އެތަނުން ނުވެސް ނިކުންނާނަމެވެ. ނުނިކުމެ ކުރާން ހުރި މަސައްކަތްތައް ގިނަގުނައެވެ. ވަކިން ޚާއްސަކޮށް ރައީސް އޮބާމާއަށް ފާޑުވިދާޅުވުން ގިނައެވެ. ވިދާޅުވަމުން ގެންދެވިއެވެ. އެމެރިކާގެ ރައްޔިތުންނަށް ބޮޑު ބުރައެކެވެ. އޮބާމާގެ ދަތުރުތަކަށް ކުރާންޖެހޭ ޚަރަދުތައް ބޮޑުކަމުން ގައުމަށް ވެސް ނުކަތާވަރު ވެއްޖެއެވެ. މިއީ މިކަންތައް އޮންނާން ޖެހޭގޮތެއް ނޫނެވެ.

ޓްރްމަޕު އެ އިޝާރާތްކުރެއްވީ ޗުއްޓީ ދަތުރުތަކަށެވެ. އޮބާމާގެ ރިޔާސަތުގެ ދައުރުގައި އޭނާ ވަރަށް ގިނައިން ހަވާއީއަށް ވަޑައިގެންނެވިއެވެ. އަދި މާރތާ ވައިން ޔާޑޭ ކިޔުނުތަނަކަށް ވެސް ގިނަގިނައިން ވަޑައިގެންނެވިއެވެ. މިއިން ކޮންމެ ދަތުރަކަށް ތިން މިލިޔަނެއްހައި ޑޮލަރު ޚަރަދުވެއެވެ. އެއީ ސަލާމަތީ ޓީމުގެ މީހުން ދިއުމަށާއި އެމީހުންނަށް ބޭނުންވާ ކަންކަން ހަމަޖެއްސުމުގެ ޚަރަދުތަކާއި ރިޔާސީ ޓީމުގެ އެހެނިހެން މެންބަރުންގެ ދަތުރުފަތުރު ވެސް ހިމެނޭގޮތުންނެވެ. އެ ޝަކުވާ ތަކުރާރުކުރެއްވި ޓްރަމްޕުގެ ރިޔާސަތުގެ ހަތަރު އަހަރުގެ ދައުރު ނިމިގެން ބިތުފަންގި ނެގިއިރު ޓްރަމްޕުގެ ހާލު ހުރީ ކޮންގޮތަކަށްބާވައެވެ. ވަކި ސަހަލުކަމަށް ފެނުނު ބާވައެވެ.

ޓްރަމްޕުގެ ދައުރުގެ ބިތުފަންގި ނެގިއިރު އޭނާ ހިމެނިވަޑައިގެންނެވީ ޗުއްޓީ ދަތުރުތައް ގިނަ އަދި އެކަމުގެ އައު ރިކޯޑެއް ގާއިމުކުރެއްވި ރައީސެއް ކަމުގައެވެ. ޚަރަދުތައް އައު އުސްމިނަކަށް އުފުލިގެން ދިޔުމުގެ އިތުރަށް އެ ޚަރަދުތަކުން ސީދާގޮތެއްގައި މަންފާކުރި ބޭފުޅަކަށް ވެސް ޓްރަމްޕު ވެވަޑައިގެންނެވީއެވެ. ޓްރަމްޕު ގިނަގިނައިން ވަޑައިގެންނެވީ އޭނާގެ އަމިއްލަފުޅު ރިސޯޓުތަކާއި ހޮޓާތަކަށެވެ. ވިޔަފާރި އުސޫލުން މަންފާ ހޯދުމުގެ މަޤުޞަދުގައި ގާއިމުކުރެވިފައިވާ ވިޔަފާރިތަކަށެވެ. ޚާއްސަކޮށް ފްލޮރިޑާ ސްޓޭޓްގެ ޕާމްބީޗޭ ކިޔުނު ރަށުގައި އޮންނަ މަރަލާގޯއޭ ކިޔުނު ރިސޯޓަކަށް ވަޑައިގަތުން ގިނައެވެ. މިއިން ކޮންމެ ދަތުރަކުން ޓްރަމްޕުގެ ވިޔަފާރިތަކަށް އެތައް މިލިޔަން ޑޮލަރެއް ވަދެގެންދެއެވެ. މިއީ އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ލެއްވުމޭ ދިވެހިން ބުނެއުޅޭ އުސޫލުން ކުރެވިފައިވާ ކަމެކެވެ.

ރައީސްކަމުގައި ހުންނަވައިގެން ޓްރަމްޕު ވަނީ އެމެރިކާއާއި ދުނިޔޭގެ އެނޫން ވެސް ތަންތަނުގައިވާ އޭނާގެ ސާދަ މިލްކިއްޔާތަކަށް ފަސްސަތޭކައަށްވުރެ ގިނަ ދަތުރުތައް ކުރައްވައިފައެވެ. ސަރުކާރުގެ އެކި ދާއިރާތަކަށް ނިސްބަތްވެވަޑައިގަންނަވާ އެންމެ މަތީ ފަންތީގެ ވެރީންގެ ތެރެއިން 346 ބޭފުޅަކު ޓްރަމްޕުގެ ރިސޯޓުތަކާއި ހޮޓާތަކަށް މަދުވެގެން ހާހެއްހައި ފަހަރު ވަޑައިގެންފައިވެއެވެ. ގާނޫނުހަދާ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ 143 މެންބަރަކު ޓްރަމްޕުގެ ހޮޓާތަކާއި ރިސޯޓުތަކަށް ރަސްމީ ޚަރަދުގެ ތެރޭގައި ހިމެނޭގޮތުން 361 ފަހަރު ވަޑައިގެންފައިވެއެވެ.

މިވަރަކުން އަދިނުނިމެއެވެ. ޓްރަމްޕުގެ ކެމްޕޭނު ޓީމާއި އެކިކަންކަމުގައި ހަރަކާތްތެރިވާ އެނޫންވެސް ޓީމުތަކުން އާއްމުގޮތެއްގައި ޓްރަމްޕުގެ ތަންތަނުގައި ބައްދަލުވުންތަކާއި އެއްވުންތައް ބާއްވާފައިވެއެވެ. މިއީ ޓްރަމްޕުގެ ހެޔޮފުޅުކަމުން ހިލޭ ކުރެވުނު ކަންކަމެއް ނޫނެވެ. މިއީ ޓްރަމްޕުގެ ކުންފުނިން ބިލްކުރި އަދި ބަރާބަރަށް ފައިސާ ވެސް ލިބުނު ވިޔަފާރީގެ މުޢާމަލާތްތަކެކެވެ. ޓްރަމްޕާ ގާތްގުޅުން ބާއްވާ ގައުމުތަކުގެ ސަރުކާރުން ވެސް ޓްރަމްޕަށް އިޚުލާސްތެރިކަން ފާޅުކުރުމުގެ ގޮތުން އެމީހުން ޚަރަދުކުރާގޮތަށް އެއްވުންތައް ގިނައިން ބާއްވަމުން ގެންދިޔައީ ޓްރަމްޕުގެ މިލްކިއްޔާތުގައި ހިމެނޭ ކޮންމެވެސް ތަނެއްގައެވެ. އެމެރިކާގެ އެކިއެކި ސިޔާސީ ގްރޫޕުތަކުގެ ތެރެއިން ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ވެސް އަމަލުކުރަމުންދިޔައީ މި އުސޫލުންނެވެ. އެހެންވީމާ ރައީސްކަމުގައި ޓްރަމްޕު ހުންނެވިއިރު ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ބިލިޔަން ޑޮލަރެއް ޓްރަމްޕްގެ އޮގަނައިޒޭޝަނަށް ވަނީ ލިބިފައެވެ. ފިސާރި ހެޔޮކޮށް އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ވަނީ ވަދެފައެވެ. މިއީ ނޭނގިގެން އޮޅުމަކުން ކުރެވިފައިވާ ކަމެއް ނޫނެވެ. މިއީ އެނގިގެން ރޭވިގެން ވަކި މަސްލަހަތެއް ރައްކާތެރިކޮށް ވަކިބަޔަކަށް މަންފާ ހޯދައިދިނުމުގެ ގޮތުން ކުރެވިފައިވާ ކަމެކެވެ.

އަމިއްލަ ބާލީހަށް ބަންޑާރަކަފަ ލެއްވުމޭ ބުނެވޭ ބަހަކީ ދިވެހިބަހުގެ މަޖާޒެކެވެ. އެއީ ތިމާ ވަޒީފާއަދާކުރާ ތަނެއްގެ ފައިސާ ނުވަތަ މުދާ ޚިޔާނާތްތެރިގޮތުގައި ބޭނުންކޮށް އުޅުމުން އެފަދަ މީހުންނާމެދު ބުނެވޭ ބަހެކެވެ. ޓްރަމްޕު އޭނާގެ އަމިއްލަފުޅު ރިސޯޓަކަށް ވަޑައިގެންނެވިއަސް ޚަރަދުކުރީ ސަރުކާރުންނެވެ. ސިޔާސީ ޓީމާއި ސެކިއުރިޓީ ޓީމާއި އެހީތެރިންގެ ޓީމުގެ އެންމެހައި މެންބަރުން ތިބުމުގެ ޚަރަދާއި ކެއިންބުއިމުގެ ޚަރަދު ވެސް ދިނީ ސަރުކާރުންނެވެ. ހިލޭކުރެވުނު ކަމެއް ނޫނެވެ. އެހެންވީމާ ޓްރަމްޕުގެ އަމިއްލަފުޅު ތަންތަނަށް ވަޑައިގަތުން އޭނާ ގިނަކުރެއްވީ ބަންޑާރަކަފަ އަމިއްލަ ބާލީހަށް ލެއްވުމުގެ ގޮތުންނެވެ. ކަންކުރިގޮތް ތަފާތުވިއަސް ކޮށްފައިވަނީ ވައްކަމެވެ. ބޭރު ގައުމުތަކުގެ ސަރުކާރުތަކަށާއި އެކި ޖަމުޢިއްޔާ ޖަމާޢަތްތަކަށް ނުފޫޒުފޯރުވައިގެން އެމީހުންގެ އެއްވުންތައް ޓްރަމްޕުގެ ތަންތަނުގައި ބޭއްވުމަކީ ވެސް މަގާމުގެ ނުފޫޒު ނާޖާއިޒުގޮތުގައި ހިފުމެކެވެ. ޚިޔާނާތެކެވެ.

މީގެތެރެއިން ބައެއް ކަންކަމަކީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުތަކުގެ ތެރެއިން ބެލޭނެ އަދި ދަޢުވާކުރެވޭނޭ ކަންކަމެވެ. މިހާރުވެސް ކަމާގުޅުންހުރި ބައެއް މުއައްސަސާތަކުން އެމީހުންގެ ތަހުގީގުތައް ފަށައިގެންފިއެވެ. ކޮންމެވެސް ބަޔަކު ގޮޅިޔަކަށް ފެތުން ކައިރި އެއްކަމަކީ ސްކޮޓްލެންޑުގައި ގާއިމުކުރެވިފައިވާ އެމެރިކާ ސިފައިންގެ މަރުކަޒަކަށް ދިއުމުގެ ނަމުގައި ސްކޮޓްލެންޑްގައިވާ ޓްރަމްޕުގެ ރިސޯޓަކަށް ސިފައިންނާއި ސަރުކާރުގެ އޮފިޝަލުން ގިނަގިނައިން ދިއުމުގެ މައްސަލައެކެވެ. މިއީ ވެސް ސީދާގޮތުން ޓްރަމްޕަށް އެތަކެއް މިލިޔަން ޑޮލަރުގެ މަންފާ ލިބިފައިވާ ކަމެކެވެ. ފެންނާންހުރީ މިކަހަލަ އެއްކަމެއް ދެކަމެއް ނޫނެވެ. ބައިވަރު ކަންކަމެވެ. މިކަންކަން ފެންނާންފެށީ ޓްރަމްޕުގެ ދައުރު ނިމިގެން ބިތުފަންގި ނެގީމައެވެ. އޭނާގެ ދައުރުގެ ތެރޭގައި ބިތުފަންގި ނަގަން އުޅުނު މީހުން ތިބީ ހިލިހިލާ ޖަހައިފައެވެ.

ޓްރަމްޕާ ގުޅުން ހުރި ޚިޔާނާތުގެ މައްސަލަތައް އޭނާގެ ދައުރު ފެށުނުދުވަހު ފެށިއްޖެއެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށް ހިނގި ޚަރަދުގެ ތެރެއިން ބޮޑުބައެއް ޓްރަމްޕުގެ ވިޔަފާރިތަކުގެ ތެރެއަށް ވެއްދުމުގެ އަމަލުތަކެއް ވެސް އޮތީ ހިނގައިފައެވެ. އެންމެފަހުގެ އިންތިޚާބުގެ ކެމްޕޭނަށް ރިޕަބްލިކަން ޕާޓީން އެއްކުރި ފައިސާތައް އިންތިޚާބުގެ ނަތީޖާ ކަށަވަރުވުމަށްފަހު ވެސް ޓްރަމްޕުގެ ވިޔަފާރިތަކުގެ ތެރެއަށް ވެއްދުމުގެ އަމަލުތަކެއް ވަނީ ހިންގައިފައެވެ. މިކަން ހިންގާފައިވަނީ ޓްރަމްޕުގެ ބޭފުޅުން އިސްކޮށް ތިއްބަވައިގެންނެވެ. އެރިކް ޓްރަމްޕާއި އިވާންކާ ޓްރަމްޕާއި ޓިފަނީ ޓްރަމްޕާއި ޑޮނަލްޑް ޓްރަމްޕް ޖޫނިއަރގެ ބެއްލެވުމުގެ ދަށުންނެވެ. މިހުރިހާ ކަމަކަށް ރިޢާޔަތްކޮށްފައި ތަޖުރިބާކާރުން މިހާރު ބުނަނީ މިހެންނެވެ. ވައިސަރީއެވެ. ޓްރަމްޕަކީ އަމިއްލަ ބާލީހަށް ބަންޑާރަކަފަލާން ވެސް ކުޅަދާނަ ވެރިއެކެވެ. އަމިއްލަ ވިޔަފާރިކުރިއަރުވާން އުޅޭ މީހެއްގެ ހުރިހާ ސިފަތަކެއް އޭނާގެ ކިބައިގައި ވެސް އެބަހުއްޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ޕާސްޕޯޓްގެ ކުލަ ބަދަލުކުރަނީ އަމިއްލަވަންތަކަން ދައްކަން، އެކަމަކު ޕާސްޕޯޓް ހަދަނީ އެހެން ޤައުމަކުން!

އިނގިރޭސި ޕާސްޕޯޓްގެ ކުލަ ބަދަލުކުރަނީ އަމިއްލަވަންތަކަން ދައްކަން، އެކަމަކު ޕާސްޕޯޓް ހަދަނީ އެހެން ޤައުމަކުން!

24 މާރިޗު 2018
ޑޮނަލްޑް ޓްރަމްޕަކީ "ރޭސިސްޓްއެއް" ކަމަށް އދ. އިން ސިފަކޮށްފި!

ޑޮނަލްޑް ޓްރަމްޕަކީ "ރޭސިސްޓްއެއް" ކަމަށް އދ. އިން ސިފަކޮށްފި!

12 ޖެނުއަރީ 2018
މުގާބޭގެ ރިޓަޔާމެންޓް ޕެކޭޖް: އަމިއްލަ ގެކޮޅެއް، 20 މުވައްޒަފުން، ކާރު ފްލީޓެއް، ހިލޭ ވައިގެ ދަތުރުފަތުރު

މުގާބޭގެ ރިޓަޔާމެންޓް ޕެކޭޖް: އަމިއްލަ ގެކޮޅެއް، 20 މުވައްޒަފުން، ކާރު ފްލީޓެއް، ހިލޭ ވައިގެ ދަތުރުފަތުރު

29 ޑިސެމްބަރު 2017
ޤުދުސްގެ މައްސަލައިގައި ތެދުވި ފަދައިން ލަންކާއިން އެ ގައުމުގެ އަމިއްލަ މައްސަލައިގައި ނުތެދުވުމުން ފާޑުކިޔައިފި

ޤުދުސްގެ މައްސަލައިގައި ތެދުވި ފަދައިން ލަންކާއިން އެ ގައުމުގެ އަމިއްލަ މައްސަލައިގައި ނުތެދުވުމުން ފާޑުކިޔައިފި

28 ޑިސެމްބަރު 2017
ދެކުނު ކޮރެއާގެ "ޝިނީ" ބޭންޑްގެ ލަވަކިޔުންތެރިޔާ އަމިއްލައަށް މަރުވެއްޖެ

ދެކުނު ކޮރެއާގެ "ޝިނީ" ބޭންޑްގެ ލަވަކިޔުންތެރިޔާ އަމިއްލައަށް މަރުވެއްޖެ

18 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު