Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑޮނަލްޑް ޓްރަމްޕް

ޑޮނަލްޑް ޓްރަމްޕަކީ "ރޭސިސްޓްއެއް" ކަމަށް އދ. އިން ސިފަކޮށްފި!

12 ޖެނުއަރީ 2018 | ހުކުރު 13:00

ގިނަ ބަޔަކު ދަނީ ހިޓްލަރާއި ޓްރަމްޕް އެއްފަދަ ކުރަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 12 ޖެނުއަރީ 2018 | ހުކުރު 13:00
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އދއިން ސިފަކުރީ ރޭސިސްޓެއްގެ ގޮތުގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އދއިން ސިފަކުރީ ރޭސިސްޓެއްގެ ގޮތުގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަކީ ނަސްލީ ތަފާތުކުރުން ގެންގުޅުއްވާ 'ރޭސިސްޓް'އެއްކަމަށް އދގެ އިސް އޮފިޝަލެއް ސިފަކުރައްވައިފިއެވެ.

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހުގެ ތަރުޖަމާނު ރުޕަރޓް ކޯލްވިލް ވިދާޅުވީ އެފްރިކާ އާއި އެމެރިކާ ސަރަހައްދުގެ ފަޤީރު ޤައުމުތަކަށް ނިސްބަތްކުރައްވާ، އެޤައުމުތަކަކީ ދަށްފަންތީގެ ޤައުމުތަކެއްގެ ގޮތުގައި ސިފަކުރައްވާ ޓްރަމްޕް ދެއްކެވި ވާހަކަފުޅު، އެއީ ނަސްލީ ތަފާތުކުރުން ނޫން އެހެން ނަމެއްގައި ސިފަކުރެވޭނެ ކަމެއް ނޫންކަމަށެވެ.

"ހަމުގެ ކުލަ ދޮން ނުވީމަ ޤައުމެއްގެ މުޅި އާބާދީއަށް ނިސްބަތްކޮށް އެފަދަ ވާހަކައެއް ނުދެއްކޭނެ،" ކޯލްވިލް ވިދާޅުވިއެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ އެމެރިކާގެ އިމިގްރޭޝަން ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ކޮންގްރެސް މެމްބަރުންނާއިއެކު ކުރެވޭ މަޝްވަރާތަކުގެ ތެރެއިން އޯވަލް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. 'އޯފް ދަ ރެކޯޑް' ޓްރަމްޕް ދެއްކެވި ވާހަކަފުޅެއްނަމަވެސް، މިވާހަކަތައް މީޑިއާއަށް ތިލަވެ، ޓްރަމްޕް ވަނީ އާދައިގެ މަތިން ހޫނުފެނަށް ވެއްޓިފައެވެ. ޓްރަމްޕް އެ ބައްދަލުވުމުގައި އެއްސެވިކަމަށްވަނީ ދަށް ފެންވަރުގެ ޤައުމުތަކުން އެމެރިކާއަށް މީހުން ގެންނަނީ ކީއްކުރަންތޯއެވެ. އަދި ނޯވޭފަދަ ޤައުމުތަކުން އެމެރިކާއަށް މީހުން ގެންނަން ތާޢިދުކުރައްވާ ޓްރަމްޕް ވާހަކަ ދެއްކެވިއެވެ.

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހުން ބުނީ ޓްރަމްޕްގެ ވާހަކަފުޅަކީ ޤައުމުތަކަށް ބުނާ ބަދު ބަހެއްގެ އިތުރުން، ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރު ލިބޭ ވާހަކަތަކެއްކަމަށެވެ.

ޓްރަމްޕްގެ ވާހަކަތަކަށް ފާޑުކީ ގިނަ ފަރާތްތަކުން އެމަނިކުފާނުގެ ވާހަކަތައް ސިފަކޮށްފައިވަނީ ނާޒީ ޖަރުމަނުވިލާތުގެ ހިޓްލަރުގެ ވާހަކަތަކާއެވެ. ހިޓްލަރާއި ނާޒީން ޤަބޫލުކުރި ގޮތުގައި އެންމެ 'ތާހިރު' ދަރިކޮޅަކީ ޖަރުމަންވިލާތާއި ނޯވޭގެ ދޮން މީހުންނެވެ.

އެފްރިކަން ޔޫނިއަންއިންވެސް ވަނީ ޓްރަމްޕްގެ ވާހަކަތަކާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2021

ޓްރަމްޕަކީ އަމިއްލަ ބާލީހަށް ބަންޑާރަކަފަލާން ވެސް ކުޅަދާނަ ވެރިއެކެވެ.

07 ފެބުރުއަރީ 2021
ޓްރަމްޕަކީ އަމިއްލަ ބާލީހަށް ބަންޑާރަކަފަލާން ވެސް ކުޅަދާނަ ވެރިއެކެވެ.
07 ޖެނުއަރީ 2021

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

07 ޖެނުއަރީ 2021
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
11 ނޮވެމްބަރު 2020

އެމެރިކާގެ ރައީސްގެ މަގާމުގައި ދެވަނަ ދައުރަކަށްވެސް ހުންނަވާނީ ޑޮނަލްޑް ޓްރަމްޕް: ޕޮމްޕެއޯ

11 ނޮވެމްބަރު 2020
އެމެރިކާގެ ރައީސްގެ މަގާމުގައި ދެވަނަ ދައުރަކަށްވެސް ހުންނަވާނީ ޑޮނަލްޑް ޓްރަމްޕް: ޕޮމްޕެއޯ
07 ޖޫން 2020

ޓްރަމްޕަކީ އެމެރިކާގެ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއްކަމަށް ވިދާޅުވެ، ކޮލިންގެ ތާއީދު ބައިޑެންއަށް!

07 ޖޫން 2020
ޓްރަމްޕަކީ އެމެރިކާގެ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއްކަމަށް ވިދާޅުވެ، ކޮލިންގެ ތާއީދު ބައިޑެންއަށް!
09 ޖެނުއަރީ 2018

ޑޮނަލްޑް ޓްރަމްޕް: އޮފީހަށް ނިކުންނަވަނީ 11 ޖަހާއިރު، ދުވާލުގެ ގިނަ ވަގުތު ޓީވީ ބެއްލެވުމުމުގައި

09 ޖެނުއަރީ 2018
ޑޮނަލްޑް ޓްރަމްޕް: އޮފީހަށް ނިކުންނަވަނީ 11 ޖަހާއިރު، ދުވާލުގެ ގިނަ ވަގުތު ޓީވީ ބެއްލެވުމުމުގައި
04 ނޮވެމްބަރު 2017

ޑޮނަލްޑް ޓްރަމްޕްގެ އޭޝިއާ ދަތުރުފުޅު ފައްޓަވައިފި

04 ނޮވެމްބަރު 2017
ޑޮނަލްޑް ޓްރަމްޕްގެ އޭޝިއާ ދަތުރުފުޅު ފައްޓަވައިފި
19 އޯގަސްޓު 2017

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޗީފް ސްޓްރެޓިޖިސްޓް ސްޓީވް ބެނަން މަގާމުން ވަކި ކުރައްވައިފި

19 އޯގަސްޓު 2017
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޗީފް ސްޓްރެޓިޖިސްޓް ސްޓީވް ބެނަން މަގާމުން ވަކި ކުރައްވައިފި
27 ޖުލައި 2017

ގަތަރާއި ގުޅުން ކަނޑާލި ބައެއް ގައުމުތަކުން ނެރުނު އާ ބްލެކްލިސްޓަކީ "ހިތާމަވެރި ހައިރާންކަމެއް" ކަމަށް ގަތަރުން ސިފަކޮށްފި

27 ޖުލައި 2017
ގަތަރާއި ގުޅުން ކަނޑާލި ބައެއް ގައުމުތަކުން ނެރުނު އާ ބްލެކްލިސްޓަކީ "ހިތާމަވެރި ހައިރާންކަމެއް" ކަމަށް ގަތަރުން ސިފަކޮށްފި
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް