Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބްރެކްސިޓް

އިނގިރޭސި ޕާސްޕޯޓްގެ ކުލަ ބަދަލުކުރަނީ އަމިއްލަވަންތަކަން ދައްކަން، އެކަމަކު ޕާސްޕޯޓް ހަދަނީ އެހެން ޤައުމަކުން!

ޕާސްޕޯޓް ހަދަން ކުންފުންޏެއް ހޯދަން ކުރި ބިޑް ކާމިޔާބުކުރީ ނެދަލެންޑްސް-ފްރާންސް ކުންފުންޏަކުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 24 މާރިޗު 2018 | ހޮނިހިރު 12:44
އިނގިރޭސިން ކުރިން ބޭނުންކުރަމުން އައި ނޫ ޕާސްޕޯޓް

އިނގިރޭސިން ކުރިން ބޭނުންކުރަމުން އައި ނޫ ޕާސްޕޯޓް

ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް ފަހު އަމިއްލަ މިނިވަންކަމުގެ ރަމްޒެއްގެ ގޮތުގައި ކުރިން ބޭނުންކުރި ނޫ ކުލައިގެ ޕާސްޕޯޓް އަލުން ބޭނުންކުރާނެކަން އިއުލާންކޮށްފައި ވަނިކޮށް، އެޕާސްޕޯޓު ހެދުން ވިލާތުގެ އިއްތިޙާދުގެ އެހެން ޤައުމެއްގެ ކުންފުންޏަކާ ޙަވާލުކުރަން ޖެހިއްޖެއެވެ.

އަމިއްލަވަންތަކަން ދެއްކުމުގެ ގޮތުން ވިލާތުގެ އިއްތިޙާދުގެ އެހެން ޤައުމުތަކުން ބޭނުންކުރާ ރަތް ޕާސްޕޯޓުގެ ބަދަލުގައި، އިނގިރޭސީން ކުރިން ބޭނުންކުރަމުން އައި ނޫކުލައިގެ ޕާސްޕޯޓަށް، ބަދަލުވާން ނިންމިކަން އިއުލާންކުރެއްވީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ އެވެ. ތެރީސާ މޭއަކީ އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވާން ޖެހޭ ކަމަށް ވިދާޅުވެ ވަކާލާތު ކުރެއްވި ބޭފުޅެކެވެ. އެމައްސަލައިގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި އޭރުގެ ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ވަކާލާތު ކުރެއްވީ ވިލާތުގެ އިއްތިޙާދުގައި ދެމި އޮތުމަށެވެ. އެހެން ނަމަވެސް ޚިޔާލު ހޯދުމުގެ ވޯޓުން ބަލިވެ، ކެމަރަން އިސްތިއުފާ ދެއްވުމުން ކޮންޒަވޭޓިވް ޕާޓީގެ ފަރާތުން ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ތެރީސާ މޭ އެވެ. އިނގިރޭސީންގެ ޕާސްޕޯޓު ހެދުން ވިލާތުގެ އިއްތިޙާދުގެ އެހެން ޤައުމެއްގެ ކުންފުންޏަކަށް ދޭން ޖެހުމަކީ މޭއަށް ކުރިމަތިވެވަޑައިގަންނަވާނެ ލަދުވެތި ކަމެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.

އިނގިރޭސި ޕާސްޕޯޓް މިހާތަނަށް ހަދަމުން އައީ 400 މިލިއަން ޕައުންޑަށް، 10 އަހަރުގެ އެއްބަސްވުމެއްގެ ދަށުން އިނގިރޭސިވިލާތުގެ ޑިލަރޫ ކުންފުނިންނެވެ. އެކުންފުންޏަކީ ދިވެހި ޕާސްޕޯޓް ވެސް ހަދާ ކުންފުންޏެވެ. އެހެން ނަމަވެސް ޕާސްޕޯޓް ހެދުމަށް މިފަހަރު ހުޅުވާލި ބިޑް ކާމިޔާބުކޮށްފައި ވަނީ ޑެލަރޫ އާއި ވާދަވެރި ނެދަލެންޑްސްގެ ކުންފުނި ގެމަލްޓޯއެވެ. އެކަން އިއުލާންކުރުމާ އެކު ޑެލަރޫގެ ހިއްސާގެ އަގު 5 އިންސައްތަ ލަންޑަނުގެ ހިއްސާގެ ބާޒާރުގައި ވެއްޓުނެވެ.

އިނގިރޭސި ސަރުކާރުން ބުނާ ގޮތުގައި ގެމަލްޓޯއަށް ޕާސްޕޯޓް ހެދުން ހަވާލުކުރުމުން 120 މިލިއަން ޕައުންޑް ސަލާމަތްކުރެވޭނެއެވެ.

ފަރަންސޭސިވިލާތުގެ ތޭލްސް ކުންފުނިން ވަނީ ދާދިފަހުން ގެމަލްޓޯ ގަންނަކަން ހާމަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
 އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

23 މާރިޗު 2017
އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު

އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު

22 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު