Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޚާރިޖިއްޔާ ހިންގާ އިމާރާތުގެ ނަން ބަދަލުކުރުން

ދިވެހި ޚާރިޖިއްޔާ ހިންގާ އިމާރާތުގެ ނަން ބަދަލުކުރުން

ފަތުހު ﷲ ޖަމީލަކީ ކޮންބޭފުޅެއް؟

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2021 | އާދީއްތަ 07:38
ކުރީގެ ޚާރިޖީ ވަޒީރު ފަތުހު ﷲ ޖަމީލު އެވުޒާރާގެ ކުރީގެ ބައެއް ވެރިންނާއެކު: މަރުހޫމް ފަތުހު ﷲ އަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެއްމޭސްތިރި.

ކުރީގެ ޚާރިޖީ ވަޒީރު ފަތުހު ﷲ ޖަމީލު އެވުޒާރާގެ ކުރީގެ ބައެއް ވެރިންނާއެކު: މަރުހޫމް ފަތުހު ﷲ އަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެއްމޭސްތިރި.

ދިވެހިރާއްޖޭގެ ޚާރިޖިއްޔާ ނުވަތަ ބޭރުގެ ގުޅުންތަކާބެހޭ ވުޒާރާ ހިންގަމުންއައި އިމާރާތުގެ ނަން އިއްޔެ ވަނީ "ފަތުހު ﷲ ޖަމީލު ބިލްޑިންގ" މިނަމަށް ބަދަލުކޮށްފައެވެ. މާލޭގެ އުތުރުފަރާތު މަލަމަތިން ފެންނަ އެންމެ ރީތި އެންމެ އަޅައިގަންނަ އެއް އިމާރާތަކީ ޚާރިޖިއްޔާގެ އިމާރާތެވެ. އެ އިމާރާތުގެ ނަން އެބޭފުޅެއްގެ ޝަރަފަށްޓަކައި އެބޭފުޅެއްގެ ނަންފުޅަށް ބަދަލުކުރެވުނު ފަތުހު ﷲ ޖަމީލަކީ ކޮންބޭފުޅެއް ބާވައެވެ. އޭނާގެ ޚިދުމަތުގެ ވަނަވަރަކީ ކޮބައިބާވައެވެ.

ފަތުހު ﷲ ޖަމީލަކީ މިރާއްޖޭގެ ފަހުގެ ތާރީޚު ދުށް އެންމެ ޚިދުމަތްތެރި އެންމެ މަޤުބޫލު އުސްތާޒުކަމަށްވާ މުހައްމަދު ޖަމީލުދީދީގެ ދަރިކަލުންނެވެ. ޖީލުލް އުސްތާޒު މުހައްމަދު ޖަމީލުގެ ދަރިކަލުންނެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ 5 ސެޕްޓެމްބަރު 1942 ގައި މާލޭގައެވެ. 1 މާޗް 2012 ގައި އުމުރުފުޅުން 70 އަހަރުގައި އަވަހާރަވީ ސިންގަޕޫރުގައެވެ. ތަޢުލީމް ހާސިލްކުރެއްވީ މާލެ އާއި މިސްރުންނެވެ. މިސްރުގެ މަޝްހޫރު އަޒްހަރު ޔުނިވަރސިޓީގައެވެ.

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދައުރުގައި ޚާރިޖީ ވަޒީރުކަމަށް ފަތުހު ﷲ ޖަމީލު އެންމެ ފުރަތަމަ އިސްކުރެވުނީ 14 މާރޗް 1978 ގައެވެ. އެމަގާމުގައި 27 އަހަރު ހޭދަކުރެއްވުމަށްފަހު އެމަނިކުފާނު އިސްތިޢުފާ ދެއްވީ 14 ޖުލައި 2005 ގައެވެ. ދެ ރައީސެއްގެ ދައުރުގައި މެދުނުކެނޑި ޚާރިޖީ ވަޒީރުކަން ކުރެއްވިއެވެ. އޭގެތެރެއިން 26 އަހަރު ހޭދަކުރެއްވީ ރައީސް މައުމޫނުގެ ދައުރުގައެވެ. ރައީސް މައުމޫނަކީ އަޒްހަރު ޔުނިވަރސިޓީގައި ފަތުހު ﷲ އާއެކު ތަޢުލީމް ހާސިލްކުރެއްވި ބޭފުޅެކެވެ. ގާތް އެކުވެރިއެކެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެބޮޑު ތަޖުރިބާކާރަކީ އަދި މޭސްތިރިޔަކީ ކޮބައިހޭ ކުރެވޭ ސުވާލުގެ ޖަވާބަކަށްވާނީ އެއީ ފަތުހު ﷲ ޖަމީލްކަމުގައެވެ. އެހެންވީމާ އެމަނިކުފާނުގެ ނަންފުޅަށް ނިސްބަތްކުރެވޭ އިމާރާތެއްގައި ދިވެހި ޚާރިޖިއްޔާ ހުރުމަކީ އެމަނިކުފާނުގެ ޚިދުމަތުގެ އަގުވަޒަންކުރުމަށާއި އެމަނިކުފާނުގެ ޝަރަފަށްޓަކައި ކޮންމެހެންވެސް މުހިއްމުކަމެކެވެ. ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތްތެރީންގެ ޚިދުމަތުގެ އަގު ދިވެހިން ބަލައިގަންނަކަމާއި ދިވެހީންގެ ހިތްތަކުން އެބޭފުޅުންގެ ހަނދާންތައް ކެހިގެން ނުދާނެކަން އެންގުމަށްޓަކައި ވެސް މުހިއްމު ކަމެކެވެ.

ބައެއް ނޫސްތަކުގައި ލިޔެފައިވަނިކޮށް ފެނުނެވެ. މަރުހޫމް ފަތުހު ﷲ ޖަމީލަކީ ދުނިޔޭގެ ގައުމެއްގައި ވެސް އެންމެ ގިނަދުވަހު ޚާރިޖީ ވަޒީރުކަން ކުރެއްވި ބޭފުޅާއެވެ. މިއީ ޞައްޙަ މަޢުލޫމާތެއް ނޫނެވެ. އެހެނީ ސައޫދީ އަރަބިޔާގެ ޚާރިޖީވަޒީރުކަން ޕްރިންސް ސައުދު އަލް ފައިސަލް ގާތްގަޑަކަށް ސާޅީސް އަހަރު ކުރެއްވިއެވެ. ސޯވިއެޓް ޔޫނިއަންގެ ޚާރިޖީ ވަޒީރުކަން އަންދްރޭ ގްރޮމީކޯ ގާތްގަޑަކަށް އަށާވީސް އަހަރު ކުރެއްވިއެވެ. އެހެންވީމާ މިދެންނެވި ދެބޭފުޅުން ވެސް ހިމެނެނީ މިލިސްޓުގައި މަރުހޫމް ފަތުހު ﷲ ޖަމީލަށްވުރެ ކުރީގައެވެ. ފަތުހު ﷲ ޖަމީލަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަދުވަހު ވަޒީރުކަން ކުރެއްވި ވަޒީރެވެ. ދެކުނު އޭޝިއާގެ ގައުމެއްގައި އެންމެ ގިނަ ދުވަހު ޚާރިޖީ ވަޒީރުކަން ކުރެއްވީ ވެސް އެމަނިކުފާނެވެ. މިގޮތުން އެމަނިކުފާނަށް ހައްގު ރިކޯޑުތަކެއް އެބަހުއްޓެވެ.

މަރުހޫމް ފަތުހު ﷲ ޖަމީލުގެ ގައުމީ ޚިދުމަތުގެ ބޮޑުބައެއް ގުޅިފައިވަނީ ޚާރިޖީ ދާއިރާއާއެވެ. އެމަނިކުފާނު ޚާރިޖީ ވަޒީރުކަން ކުރެއްވީ ދުނިޔޭގެ ކަންކަން ވަރަށް ބަނަ ދުވަސްވަރެއްގައެވެ. އޭގެތެރޭގައި ފިނިހަގުރާމައިގެ ބޮޑުބައެއް ވެސް ހިމެނެއެވެ. އެކަހަލަ ދުވަސްވަރެއްގައި ވަކިފަރާތަކަށް ނުޖެހުމުގެ ހަރުދަނާ ސިޔާސަތެއް ބައްޓަންކުރައްވައި އެސިޔާސަތުގެ ތެރެއިން ދުނިޔޭގެ ގައުމުތަކާ ގުޅުން ބަދަހިކުރައްވައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރައްވައި ދުނިޔޭގެ ކުދިބޮޑު އެންމެހައި ގައުމުތަކުން އިޙުތިރާމުކުރާ އަދި ގަދަރުކުރާ ގައުމެއްގެ ގޮތުގައި ރާއްޖެއަށް ދެމިއޮވެވުނުކަމީ ކުޑަ ކާމިޔާބީއެއް ނޫނެވެ. އެއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެއީ ހަނދާން އާކުރަންޖެހޭ ކާމިޔާބީއެކެވެ.

ރައީސް ނާސިރުގެ ދައުރުގައި ޚާރިޖީ ވަޒީރުކަމަށް ފަތުހު ﷲ ޖަމީލް ޢައްޔަން ކުރެއްވުމުގެ ކުރީގައި ވެސް ޚާރިޖިއްޔާގެ އެކިއެކި މަގާމުތައް އެމަނިކުފާނު ފުރުއްވިއެވެ. އޭގެތެރޭގައި އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުކަން ވެސް ހިމެނެއެވެ. ޚާރިޖީ ވަޒީރުކަމުން އިސްތިޢުފާ ދެއްވުމަށްފަހު ވެސް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމާއި ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރުގެ މަގާމު ވެސް އަދާކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 1980 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ މުވާސަލާތީ ކުންފުނި ދިރާގު އެންމެ ފުރަތަމަ އުފެދިގެން އެކުންފުނީގެ ފުރަތަމަ ޗެއަރމަނަކީ ވެސް ފަތުހު ﷲ އެވެ. ދިރާގުގެ ޅަފަތުގައި އެކުންފުނި ހެދިބޮޑުވެ ފައްކާވެގެން ދިޔައީ ފަތުހު ﷲ ގެ އިރުޝާދުގެ ދަށުގައި އެމަނިކުފާނުގެ ޗެއަރމަންޝިޕްގެ ދަށުންނެވެ. މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑްގެ ޗެއަރމަންކަން ވެސް ކުރެއްވިއެވެ. ވޯލްޑް ބޭންކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރުކަން ވެސް ވަރަށް ދިގު މުއްދަތެއްގައި ކުރެއްވިއެވެ. އެހެންވީމާ ދެންނެވެން އޮތީ ދިވެހިރާއްޖެ، ދިވެހިރާއްޖެއަކަށް ހެދުމުގައި އަދި އެރާއްޖެ އާރާސްތުކޮށް ބިނާކުރުމުގައި އުސްތާޛު ފަތުހު ﷲ ޖަމީލުގެ ޚިދުމަތް ލިބިފައިވަނީ އެއްދާއިރާއެއް ދެދާއިރާއަކުން ނޫންކަމުގައެވެ. އެއީ ވަރަށް ގިނަ ދާއިރާތަކުން ގައުމަށް ޚިދުމަތްކުރައްވައި ނަތީޖާ ނެރެދެއްވި ޚިދުމަތްތެރިއެއް ކަމުގައެވެ.

މިދެންނެވިހެން މިކަންކަން އޮތީމާ ފަތުހު ﷲ ޖަމީލުގެ ހަނދާނަށް ނިސްބަތްވާ އިމާރާތެއް ހުރުމަކީ ވަރަށް މުނާސަބު ވަރަށް ހައްގު ކަމެކެވެ. އަދި އެއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި އަމަލުކުރެވެމުންދާ އުސޫލެއް ވެސް މެއެވެ. އިންޑިޔާގެ ވަރަށް ގިނަ މުހިއްމު ވުޒާރާތައް ހިންގާ އިމާރާތްތަކަށް ވެސް އެގައުމުގެ ގައުމީ ބަތޮލުންގެ ނަންދީފައިވެއެވެ. މިސާލަކަށް ނެހުރޫ ބަވަން އާއި ޝާސްތުރީ ބަވަން އެވެ. އެމެރިކާގެ ކުރީގެ މަޝްހޫރު ޚާރިޖީ ވަޒީރު ހެންރީ ކިސިންޖަރގެ ޝަރަފުގައި އޭނާގެ ހަނދާނުގައި ވެސް ޚާރިޖީ ކަންތައްތައް ދިރާސާކޮށް ތަހުލީލުކުރާ ބޮޑެތި ބޮޑެތި މަރުކަޒުތަކުގެ ނަން އޭނާގެ ނަންފުޅަށް ނިސްބަތް ކުރެވިފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަސަދަވެރިކަމަކީ ބައްޔެއްކަން ރައީސް ޔާމިން ދަންނަންޖެހޭ!

ހަސަދަވެރިކަމަކީ ބައްޔެއްކަން ރައީސް ޔާމިން ދަންނަންޖެހޭ!

31 މާރިޗު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު