Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން ހަނގުރާމަ

ސައުދީގެ މަދަދާއެކު ޔަމަންގައި ހިންގާ ހަމަނުޖެހުންތަކަކަށް މަދަދުވެރިއެއް ނުވާނަން: ބައިޑަން

7 ފެބުރުއަރީ 2021 | އާދީއްތަ 04:00

ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ސައުދީގެ ގުޅިފައިވާ ލަޝްކަރުން ވަނީ 2015ގައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 7 ފެބުރުއަރީ 2021 | އާދީއްތަ 04:00
ޔަމަން

ޔަމަން

ސައުދީގެ މަދަދާއެކު ޔަމަންގެ ސަރުކާރުން އިދިކޮޅު ހޫޘީންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތަކަކަށް އެމެރިކާއިން ދެން މަދަދުވެރިއެއް ނުވާނަނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑަން މިހެން ވިދާޅުވެފައިވާއިރު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ސައުދީ އާއި އެމެރިކާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އަދި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި އެމެރިކާގެ އޭރުގެ ރައީސް ޓްރަމްޕަކީ ގާތް ދެ އެކުވެރިންކަމަށް ގިނަ ފަރާތްތަކުން ސިފަކުރެއެވެ. އެމެރިކާގެ ވެރިކަން ބަދަލުވެ އިދިކޮޅު ޑިމޮކްރެޓުން ވެރިކަމަށް އައިސް މި ގުޅުން ބަދަލުވެގެންދާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރިއެވެ. ކަންތައް ވެގެން ގޮސްފައި ވެސް ވަނީ މިފަދައިންނެވެ. އެގޮތުން މިދިޔަ ޖަނަވަރީމަހު ހުވާކުރެއްވި އެމެރިކާގެ އައު ރައީސް ޖޯ ބައިޑަން މިވަނީ ސައުދީގެ މަދަދާއެކު ޔަމަންގެ ސަރުކާރުން އިދިކޮޅު ހޫޘީންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތަކަކަށް އެމެރިކާއިން ދެން މަދަދުވެރިއެއް ނުވާނެކަމަށް ވިދާޅުވެފައެވެ.

ބައިނަލްއަޤުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ އޭރުގެ ރައީސް އަބްދުއް ރައްބު މަންސޫރު ހާދީގެ ސަރުކާރަށް ވާގިވެރިވުމުގެ ގޮތުން ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ސައުދީގެ ގުޅިފައިވާ ލަޝްކަރުން ވަނީ 2015 ވަނަ އަހަރުގެތެރޭގައެވެ. އެ ލަޝްކަރުން މަސައްކަތްކުރީ ޔަމަނު ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދިޔަ ހޫޘީން މަތަކުރުމަށެވެ. އެގޮތުން ދިން އަސްކަރީ ވައިގެ ޙަމަލާތަކުގައި އާންމުންގެ އެތައް ހާސް މީހުން މަރުވިއެވެ. މީގެތެރޭގައި ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ބާޒާރު ޞަރަޙައްދުތަކަށްދޭ ޙަމަލާތަކުގައި މަރުވާ މީހުންގެ އަދަދު ގިނަކަމުން ސައުދީގެ ގުޅިފައިވާ ލަޝްކަރަށް ބައިނަލްއަޤުވާމީ ޤައުމުތަކުގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

ޔަމަންގެ މައްސަލައަށް ހައްލު ހޯދުމަށް އދ.އިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ޔަމަންގެ ސުލްޙައިގެ ވާހަކަތަކުގައި ވާދަވެރި އެއްވެސް ފަރާތެއްގެ ކޮޅަށް އދ. ބުރަނުވާ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތޭރޭޝް ވަނީ ވިދާޅުވެފައެވެ.

ޔަމަންގެ ރައީސް އަބްދުއް ރައްބު މަންސޫރު ހާދީއަށް ފޮނުއްވި ސިޓީއެއްގައި ގުތޭރޭޝް ވަނީ ޔަމަންގެ ސުލްޙައިގެ ވާހަކަތަކުގައި އދ.ގެ މަންދޫބު މާޓިން ގްރިފިތްސް ހޫޘީންގެ ކޮޅަށް ބުރަވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ހާދީ ކުރެއްވި ތުހުމަތުތަކަށް އިންކާރު ކުރައްވާފައެެވެ. ގުތޭރޭޝް ވިދާޅުވީ އދ. އަކީ ނަޒާހަތްތެރި މެދުވެރިއެއް ކަމަށާއި، މިކަމުގައި އެއްވެސް ފަރާތަކުން އދ.އަށް ގޯސް ތުހުމަތުތަކެއް ކުރުމަކީ ހިތާމަ ހުރިކަމެއް ކަމަށެވެ. މި މޭމަހުގެ ސާދަވަނަ ދުވަހު އދ.ން ވަނީ ޔަމަންގެ ބަނދަރުމަތީ ރަށްތައް ކަމަށްވާ ހުދައިދާ، ސަލީފް އަދި ރައްސުއީސާއިން ހޫޘީންގެ ބާރުތައް ފޭބިކަން އިޢުލާންކޮށްފައެވެ.

އެހެންނަމަވެސް ހާދީގެ ސަރުކާރުންވަނީ އދ.ން ބުނިގޮތަށް އެކަން ނުހިނގާކަމަށް ބުނެ، ހޫޘީންގެ ކޮޅަށް ބުރަވާކަމުގެ ތުހުމަތު އދ.ގެ މަންދޫބު މާޓިން ގްރިފިތްސްގެ މައްޗަށް ކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2017

ރޮހިންޖާއާ ދެކޮޅަށް ހިންގާ ގަތުލުއާއްމު ހައްދުފަހަނަ އަޅާފަ، އެންމެ ފަހުން ސޫކީ އަނގައިން ބުނެފި!

06 ސެޕްޓެމްބަރު 2017
ރޮހިންޖާއާ ދެކޮޅަށް ހިންގާ ގަތުލުއާއްމު ހައްދުފަހަނަ އަޅާފަ، އެންމެ ފަހުން ސޫކީ އަނގައިން ބުނެފި!
02 ސެޕްޓެމްބަރު 2017

މިޔަންމާގެ ރެފިއުޖީންނަށް އދން ހިންގާ ކާނާގެ ޕްރޮގްރާމް ހުއްޓާލައިފި

02 ސެޕްޓެމްބަރު 2017
މިޔަންމާގެ ރެފިއުޖީންނަށް އދން ހިންގާ ކާނާގެ ޕްރޮގްރާމް ހުއްޓާލައިފި
11 ޖުލައި 2017

ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި

11 ޖުލައި 2017
ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި
29 ޖޫން 2017

ސައުދީގެ ކުރީގެ ވަލީއަހުދު ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް ގަނޑުވަރުގައި ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި

29 ޖޫން 2017
ސައުދީގެ ކުރީގެ ވަލީއަހުދު ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް ގަނޑުވަރުގައި ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި
22 ޖޫން 2017

ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި

22 ޖޫން 2017
ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި
21 ޖޫން 2017

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި
20 މެއި 2017

ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި

20 މެއި 2017
ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި
04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް