Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރޮހިންޖާ މުސްލިމުން

ރޮހިންޖާއާ ދެކޮޅަށް ހިންގާ ގަތުލުއާއްމު ހައްދުފަހަނަ އަޅާފަ، އެންމެ ފަހުން ސޫކީ އަނގައިން ބުނެފި!

ތުރުކީގެ ރައީސްއާއެކު ކުރި ފޯން ކޯލެއްގެ ތެރެއިން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2017 | ބުދަ 07:00
ސޫކީގެ ސަރުކާރުން ހިންގާ އުދުވާނާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން ސޫކީގެ ފޮޓޯއެއް އަންދަނީ

ސޫކީގެ ސަރުކާރުން ހިންގާ އުދުވާނާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން ސޫކީގެ ފޮޓޯއެއް އަންދަނީ

މިޔަންމާގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ހިންގަމުންގެންދާ ލާއިންސާނީ އުދުވާނުގައި އެތައް ސަތޭކަ ބަޔަކު މަރާލައިފި އެވެ. މިޔަންމާ ސަރުކާރުގެ ކުރިމަތީގައި ރޮހިންޖާ ދަރިކޮޅުގެ މީހުންނަކީ ޓެރަރިސްޓުންނެވެ. އެ ދަރިކޮޅުގެ މީހުންގެ ނަސްލު އެއްކޮށް ނައްތާލުމަށް ބުދިސްޓުންގެ ބޮޑު އާބާދީއެއް އޮންނަ މިޔަންމާ އިން ދަނީ މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން މި އުދުވާން ސިފަކުރަމުން ދަނީ ޔަހޫދީންނާ ދެކޮޅަށް އެޑޮލްފް ހިޓްލަރު ހިންގި ފަދަ ގަތުލު އާއްމެއްގެ ގޮތުގަ އެވެ. ހުރިހާ ފާޑުކިޔުމަކާއި ރުޅިވެރިކަމެއް އަމާޒުވެފައިވަނީ މިޔަންމާގެ ސްޓޭޓް ކައުންސެލަރ އަންގ ސަން ސޫކީ އަށެވެ. ނޯބަލް ސުލްހައިގެ އިނާމު ލިބިފައިވާ ސޫކީ އަކީ އެގައުމުގެ ޑި ފެކްޓޯ ލީޑަރެވެ.

ރޯހިންޖާ މުސްލިމުންގެ ގެތައް އަންދައި އަޅައި ހަދައި، އަންހެނުން ރޭޕްކޮށް، ކުޑައެއް ބޮޑެއް ބެލުމެއް ނެތި ގަތުލުކުރަމުންދާއިރު، ސުލްހައިގެ އިނާމު ލިބިފައިވާ ސޫކީ ހަނު ހުންނެވުމަކީ، އެ އިނާމު އަތުލަންޖެހޭ ސަބަބެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ސޫކީއާ ދެކޮޅަށް ދަނީ މުޒާހަރާ ކުރަމުންނެވެ. "ޗެމްޕިއަން އޮފް ހިއުމަން ރައިޓްސް" ލަގަބު ހައްގު ނޫން ކަމަށް ބުނެ އެތައް މިލިއަން މީހުންނެއް އިހުތިޖާޖު ކުރަނީ އެވެ. ރޮހިންޖާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މީގެ ދެ ހަފްތާ ކުރިން ފެށި އުދާވާނާ ގުޅޭ ގޮތުން ހަނު ހުންނެވުމަށް ފަހު ސޫކީ މިވަނީ "އަނގައިން ބުނެފަ" އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރްދޮޣާންއާއެކު ކުރެއްވި ފޯން ކޯލެއްގައި ސޫކީ ވިދާޅުވީ ރޮހިންޖާ ދަރިކޮޅުގެ ހައްގުތައް ރައްކާތެރިކުރުމަށް މިޔަންމާގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. "އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގޭ، އެހެން މީހުންނަށް ވުރެ ބޮޑަށް، އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ރައްކާތެރިކަން ނިގުޅައިގަތުމުން ކަންތައްވާ ގޮތް،" ތުރުކީ ސަރުކާރުން އާންމު ކޮށްފައިވާ ފޯން ކޯލުގެ ރީޑްއައުޓްގައި ސޫކީ ވިދާޅުވި ކަމަށް ބަޔާން ކޮށްފައިވެއެވެ.

ސޫކީ ވިދާޅުވެފައިވަނީ މިޔަންމާގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ސިޔާސީ ހައްގުތަކާއި އިންސާނީ އަދި އިޖުތިމާއީ ހައްގުތައް ވެސް ކަށަވަރުކޮށް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. ސޫކީ ވިދާޅުވެފައިވަނީ "ޓެރަރިސްޓުންގެ" މަސްލަހަތު ހިމާޔަތް ކުރުމަށް ދޮގު މައުލޫމާތުތަކެއް ފަތުރަމުންދާ ކަމަށެވެ. ރޮހިންޖާ ދަރިކޮޅުގެ މީހުން ދިރިއުޅޭ ރަކީން ސްޓޭޓާ ގުޅޭ ގޮތުން ސޫކީ ވިދާޅުވީ އެ ސަރަހައްދުގައި ޓެރަރިޒަމް ފެތުރިގެން ނުދިއުން ކަށަވަރުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

ރޮހިންޖާ ދަރިކޮޅާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުން ގެންދާ ލާއިންސާނީ އުދުވާނުން ސަލާމަތްވުމަށް ގާތްގަނޑަކަށް 123،000 މީހުން އެގައުމާ ބަންގްލަދޭޝް ގުޅޭ ބޯޑަރަށް ޖަމާވެފައިވާ ކަމަށް 'ސީއެންއެން' ރިޕޯޓް ކޮށްފައިވެއެވެ. ރެފިއުޖީންތަކަކަށް ވެފައިވާ ރޮހިންޖާ ދަރިކޮޅުގެ މީހުން ބޯޑަރަށް ގޮސްފައިވަނީ ގާތްތިމާގެ މީހުންގެ މަރާއި، ދިރިއުޅުމަށް ކުރި ހުރިހާ މަސައްކަތެއް ނެތިކޮށްލުމުގެ ހިތާމަވެރި ވާހަކަތަކާއެކު އެވެ. ހިއުމަން ރައިޓްސް ވޮޗް އިން އާއްމުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ރޮހިންޖާ ދަރިކޮޅުގެ މީހުން ދިރުއުޅުނު ހިސާބުތައް ވަނީ އެއްކޮށް އަންދާ އަޅިއަށް ހަދާލާފަ އެވެ.

އިންސާނީ އެހީ މިޔަންމާއަށް ގެންދިއުމުގެ ފުރުސަތު

ތުރުކީގެ ރައީސް އޮރްދޮޣާންއާއި ސޫކީގެ ފޯން ކޯލަށް ފަހު، ތުރުކީގެ ރައީސް އޮފީހުގެ ތަރުޖަމާނަ އިބްރާހިމް ކާލިން ވިދާޅުވީ ރޮހިންޖާ މީހުން ދިރިއުޅޭ ރާކީން ސްޓޭޓަށް އެއްހާސް ޓަނުގެ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ޓަރކިޝް ކޯޕަރޭޝަން އެންޑް ކޯޑިނޭޝަން އެޖެންސީ(ޓީކާ) އަށް މިޔަންމާ އިން ދީފައިވާ ކަމަށެވެ. އިބްރާހިމް ވިދާޅުވީ އެހީ ފޯރުކޮށްދެވޭނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ކަމަށާއި އެމީހުންނަށް އެހީ ލިބޭކަން ކަށަވަރުކުރުމުގެ ގޮތުން ސިދާ އެމީހުންގެ ގެތަކާއި އަވަށްތަކާ ހަމައަށް އެހީ ގެންގޮސްދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ބުރުގައި އެހީ ފޯރުކޮށްދޭނީ ހަމަލާތަކުން ސަލާމަތްވުމަށް ފަރުބަދަމަތީ ސަރަހައްދުތަކަށް ފިލައިގެން ދިޔަ މީހުންނަށް ކަމަށެވެ. އެގޮތުން އެ މީހުންނަށް ކާނާއާއި އަންނައުނު ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ. މިޔަންމާގެ އަސްކަރިއްޔާއިން އުދުވާން ހިންގަމުންދާތީ ތުރުކީން ނިންމާފައިވާ އަސްކަރީ ހެލިކަޕްޓަރުތަކުގައި އެހީ ފޯރުކޮށްދިނުމަށެވެ.

ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމުގެ މަސައްކަތް ކުރަމުންދަނީ ހަމައެކަނި ތުރުކީއަކުންނެއް ނޫނެވެ. މައިގްރެންޓް އޮފްޝޯ އެއިޑް ސްޓޭޝަން ފައުންޑޭޝަން(މޯސް) އިން ވެސް ދަނީ ރޮހިންޖާ މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ކުރަމުންނެވެ. މޯސް އަކީ މެޑިޓެރޭނިއަން ހުރަސްކޮށް ޔޫރަޕަށް އެތެރެވާން މަސައްކަތް ކުރާ ރެފިއުޖީންނަށް އެހީތެރިވުމުގެ މަސައްކަތް 2014 ވަނަ އަހަރުން ފެށިގެން ކުރަމުންދާ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާއިން ބުނީ ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް ދިމާވެފައިވާ ހާލަތާ ގުޅިގެން ޖަމިއްޔާގެ މަސައްކަތްތައް ކުއްލި ގޮތަކަށް ދެކުނު އިރުމަތީ އޭޝިއާއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު