Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ރެއާލުން ފަހަތުން އަރައި ހުއެސްކާ ބަލިކޮށްފި

6 ފެބުރުއަރީ 2021 | ހޮނިހިރު 19:15

ހުއެސްކާ އަތުން ރެއާލް މޮޅުވީ 2-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 ފެބުރުއަރީ 2021 | ހޮނިހިރު 19:15
ހުއެސްކާ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-1 ން

ހުއެސްކާ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-1 ން

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ފަހަތުން އަރައި ތާވަލުގެ ފުލުގައި އޮތް ހުއެސްކާ ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ހުއެސްކާއިންނެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ޝިންޖީ އޮކަޒާކީ ނަގައިދިން ހުރަހަކުން މި ލަނޑު ހުއެސްކާއަށް ކާމިޔާބުކޮށްދިނީ ހަވީ ގަލަންއެވެ.

އެކަމަކު އޭގެ ހަތް މިނެޓު ފަހުން ޑިފެންޑަރު ރަފައެލް ވަރާން ވަނީ ލަނޑެއް ޖަހައި، ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ކަރިމް ބެންޒެމާ ފޮނުވާލި ހިލޭ ޖެހުން، ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު، އެ ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އަދި މި މެޗުން ރެއާލް މޮޅުކޮށްދިން ލަނޑު މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީވެސް ވަރާނެވެ.

މި މޮޅާއެކު ޕްރެޝަރު ކުރިމަތިވެފައިވާ ރެއާލުގެ ކޯޗު ޒިނެދިން ޒިދާނަށް ވަނީ ހިތްހަމަޖެހުމެއް ލިބިފައެވެ. އެގޮތުން މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ވަނީ އޭނާގެ މުސްތަގުބަލާ ބެހޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރާތީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ޒިދާން ވަނީ ނޫސްވެރިން އޭނާއަށް ކޮންމެވެސް ވަރަކަށް އިޙުތިރާމުކުރަން ޖެހޭ ކަމަށްވެސް ބުނެފައެވެ.

ހޮނިހިރު ދުވަހުގެރޭގެ މޮޅާއެކު ތާވަލުގެ ދެވަނައަށް ރެއާލް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު 21 މެޗުން 43 ޕޮއިންޓް ލިބިފައެވެ. އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 19 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބާސެލޯނާއަށް 20 މެޗުން ވަނީ 40 ޕޮއިންޓް ލިބިފައެވެ. އަދި ރެއާލް އަތުން ބަލިވި ހުއެސްކާ އޮތީ ތާވަލުގެ ފުލުގައި 22 މެޗުން 16 ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
01 އެޕްރީލު 2017

ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި

01 އެޕްރީލު 2017
ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި
23 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

23 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި
20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
12 މާރިޗު 2017

ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ

12 މާރިޗު 2017
ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ
08 މާރިޗު 2017

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
13 ފެބުރުއަރީ 2017

ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި

13 ފެބުރުއަރީ 2017
ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް