Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުޅުމާލޭ ހައުސިންގް

ހުޅުމާލޭގައި 2000 ސޯޝަލް ހައުސިން ޔުނިޓު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފެބްރުއަރީ 2، 2021 ގައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2021 | ހޮނިހިރު 10:27
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަށް ނިންމާފައިވާ ފްލެޓްތަކުގެ ޑިޒައިނެއް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަށް ނިންމާފައިވާ ފްލެޓްތަކުގެ ޑިޒައިނެއް

ހުޅުމާލޭގައި 2000 ސޯޝަލް ހައުސިންގ ޔުނިޓު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ފެބްރުއަރީ 2، 2021 ގައި މި އެއްބަސްވުމުގައި ސޮއިކޮށް 2000 ސޯޝަލް ހައުސިން ޔުނިޓު އިމާރާތްކުރުމަށް އިންޑިއާގެ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެން.ބީ.ސީ.ސީ)އާއި ޙަވާލުކޮށްފައިވަނީ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުންނެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެމުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނިގޮތުގައި ޤާއިމުކުރި އެއްބަސްވުމުގެ ދަށުން 2000 ސޯޝަލް ހައުސިން ޔުނިޓް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކުރުމުގެ މަސައްކަތް އެން.ބީ.ސީ.ސީއާ ވަނީ ހަވާލުކޮށްފައިވާ ކަމަށެއެވެ. މި މަޝްރޫޢުގެ ދަށުން 3 ކޮޓަރި އަދި 3 ފާޚާނާގެ 1400 ޔުނިޓާއި، 2- ކޮޓަރި އަދި 2 ފާޚާނާގެ 600 ޔުނިޓު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ފައިނޭންސިންގެ 85 އިންސައްތައާއި 100އިންސައްތަ ހަމަޖައްސާނީ ކޮންޓްރެކްޓަރގެ ފަރާތުންކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން މަޢުލޫމާތުދެއެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ފަށާތާ 900 ދުވަހުގެ ތެރޭގައި ފުރިހަމަކުރެވޭނެ ކަމަށް ބެލެވޭކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

2018 ވަނަ އަހަރު 1 ބިލިއަން ޑޮލަރަށްވުނެ ގިނަ އަދަދެއްގެ ކޮންސޮލިޑޭޓެޑް ރެވެނިއު ޖެނެރޭޓްކޮށްފައިވާ އެން.ބީ.ސީ.ސީއަކީ އިންޑިއާ ސަރުކާރުން 1960 ވަނަ އަހަރު ގާއިމްކޮށްފައިވާ ބްލޫ-ޗިޕް ކުންފުންޏެކެވެ. އެން.ބީ.ސީ.ސީ އަކީ ޕްރޮޖެކްޓް މެނޭޖްމެންޓް ކޮންސަލްޓެންސީ، ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓް އަދި އީ.ޕީސީ ކޮންޓްރެކްޓިން ފަދަ މަސައްކަތްތަކުގައި ހުނަރު ހުރި، ވަރުގަދަ ކުންފުންޏެއްކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. އަދި ދިވެހިރާއްޖޭގައި އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ހިންގޭ އެންމެ ބޮޑު މަޝްރޫޢު ކަމަށްވާ އައްޑޫ ސިޓީ ނެޝަނަލް ކޮލެޖް ފޯ ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒް (އެން.ސީ.ޕީ.އެލް.އީ.އެސް) ގެ މަސައްކަތް ފުރިހަމަ ކުރުމުގައި ވެސް އެން.ބީ.ސީ.ސީގެ ބައިވެރިވުން ހިމެނެއެވެ.

އެން.ބީ.ސީ.ސީ އިން ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި މަތީ ފަންތީގެ މަޝްރޫޢުތަކެއް ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި މޮރިޝަސްގެ ޕޯޓް ލުއިސްގައި ހުންނަ އެގައުމުގެ ސުޕްރީމް ކޯޓު އިމާރާތުގެ މަސައްކަތާއި ނޮވެމްބަރ 2020 ގައި އޯ.އައި.ސީ މިނިސްޓަރުންގެ ބައްދަލުވުން ބޭއްވި އިމާރާތްކަމުގައިވާ ނައިޖާގެ ނިއާމޭގައި ހުންނަ މަހާތުމާ ގާންދީ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރ ބިނާކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހުޅުމާލޭގައި 2000 ސޯޝަލް ހައުސިން ޔުނިޓު އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ، މާލޭގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް ރޭވި މަޝްރޫޢުތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށްފަހު، އެމަޝްރޫޢުތަކުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށް ވިދާޅުވެފައެވެ. އެގެތެރެއިން 1000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 2000 ހައުސިންގ ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް މާލެ ސަރަޙައްދުގައި ފެށޭނެ ކަމަށާއި، އޭގެ އިތުރުން މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫޢެއް ފެށުމަށް ރާވަމުންދާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު