Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެޔޮވެރިކަން

ހެޔޮވެރިކަމުގެ ނިޒާމަކީ، ވެރިން އެކަމަށް ޖާގަދިނުމުން ވާކަމެއްކަން ރައީސް ޞާލިޙު ދައްކުވައިދެއްވައިފި: ޝިފާޒް

6 ފެބުރުއަރީ 2021 | ހޮނިހިރު 05:26

ހެޔޮވެރިކަމަކީ ނިޒާމަކަށް ކިޔާ ނަމެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 ފެބުރުއަރީ 2021 | ހޮނިހިރު 05:26
ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު

ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު

ހެޔޮވެރިކަމުގެ ނިޒާމަކީ، އަދި ޤާނޫނެއްގެ ލިޔެގެން ލިބޭ އެއްޗެއް ނޫންކަމާ، އެކަމަކީ އެއިރެއްގައި ހުންނަ ވެރިޔަކު އެކަމަށް ޖާގަ ދިނުމުން ވާކަމެއްކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ދައްކުވައިދެއްވައިފިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިއަހަރުގެ ރިޔާސީ ބަޔާނާ ގުޅިގެން "ރާއްޖެޓީވީ"ން ގެނެސްދިން ޚާއްޞަ ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ، ރައީސް ޞާލިޙުގެ ވެރިކަމުގެ ދެ އަހަރު ނިމުނުއިރު، ރާއްޖޭގައި ހެޔޮވެރިކުގެ ނިޒާމުގެ ދަށުން، ދައުލަތުގެ ތިންބާރު، އެއްބާރުން އަނެއްބާރަށް ފާރަވެރިވެވޭގޮތަށް، އެއްބާރުން އަނެއްބާރަށް އަރައިނުގަނެ، މިނިވަން މުއައްސަސާތަކަށް ވެސް އެމުއައްސަސާތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބާރު އަޅުއްވާތަން ފެންނަމުންދާކަމަށެވެ.

Advertisement - newsAdvertisement

ޝިފާޒު ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުންދާ ގާނޫނުއަސާސީން ހެޔޮވެރިކަމެއް ކުރުމަށް ލާޒިމްކޮށްފައިވާއިރު، ރައްޔިތުންގެ ވެސް އެކަމަށް ވަރަށް ބޮޑު އުއްމީދެއްގައި ތިބިކަމަށެވެ. ނަމަވެސް އޭގެ ފޮނިމީރުކަން ރައްޔިތުންނަށް ނުލިބިއޮވެ، ރައީސް ޞާލިޙުގެ ސަރުކާރުގެ ދެ އަހަރު ނިމުނުއިރު، ހެޔޮވެރިކަމަކީ، އަދި ގާނޫނެއްގައި ލިޔެފައި އޮތަސް ލިބޭއެއްޗެއް ނޫންކަމާއި، އެއީ ވެރިންގެ އިޙުލާސްތެރިކަމާ ގުޅިފައިވާކަމެއްކަން ރައްޔިތުންނަށް ސާފުވާ ކަމަށެވެ. އަދި ރައީސް ޞާލިޙުގެ ވެރިކަމުގައި ހެޔޮވެރިކަމުގެ ނިޒާމުގެ ދަށުން ރާއްޖޭގެ ކަންކަން ވަރަށް ރަނގަޅަށް ހިންގަވަމުން ގެންދަވާ ކަމަށް ވެސް ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ، ރައީސް ޞާލިޙުގެ ދުރު ވިސްނުންފުޅާއެކު ހެޔޮވެރިކަމުގެ ނިޒާމުގެ ދަށުން ކޮވިޑް-19ގެ ޕެންޑަމިކް ތެރޭގައި ވެސް، ސަރުކާރުގެ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިނުކޮށް، އަދި މުސާރަތައް ވެސް ކުޑަނުކޮށް ދައުލަތް ހިންގަމުން ގެންދެވިއިރު، އަމިއްލަ ފަރުދުންގެ އާމްދަނީއަށް އައި ހީނަރުކަމަށް ވެސް ބޮޑެތި އަދަދުތަކުން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ޕެންޑަމިކާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދު އިނދަޖެހިފައިވާއިރު، އެންމެބޮޑަށް އިޤްތިޞާދަށް އަސަރުކުރި ގައުމަކަށް ވެސް ރާއްޖެވާނެ ކަމަށާއި، ނަމަވެސް، ލިބެމުންދިޔަ އާމްދަނީ ބޮޑުތަނުން ދަށަށް ދިޔަނަމަވެސް، އާންމު ރައްޔިތުންނަށް ވިޔަފާރިވެރިންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ވެސް ޝިފާޒު ވިދާޅުވިއެވެ. އަދި ސަރުކާރުން ރާއްޖޭގެ ގިނަ ރަށްތަކުގައި ގިނަ އަދަދެއް ތަރައްޤީގެ ޕްރޮޖެކްޓްތައް ވެސް ހިންމުންދިޔަކަމަށް ޝިފާޒު ވިދާޅުވިއެވެ.

މީގެއިތުރުން، ޝިފާޒު ވިދާޅުވީ، ރައީސް ޞާލިޙުގެ ދުރު ވިސްނުންފުޅާއެކު، ކޮވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި ބޯޑަރު ހުޅުވާލި ފުރަތަމަ ދެތިން ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ރައީސް ޞާލިޙުގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް ކުރިއަށް އޮތީ، ފާގަތި ދުވަސްތަކެއް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް