Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެ 2 ވަނަ ފިޔަވަހި

މާލެއާއި ހުޅުމާލެ 2 ވަނަ ފިޔަވައްސާ ދެމެދު ކުރާ ޓެކްސީ ދަތުރެއްގެ އަގަކީ 90 ރުފިޔާ

6 ފެބުރުއަރީ 2021 | ހޮނިހިރު 03:50

މާލެ، ހުޅުމާލެ ފިޔަވަހި 1 އަދި ހުޅުމާލެ ފިޔަވަހި 2 ގެ އެތެރޭ ދަތުރުތަކުގެ އަގަށް ބަދަލެއް ނާދޭ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 6 ފެބުރުއަރީ 2021 | ހޮނިހިރު 03:50
ހުޅުމާލެ 2 ވަނަ ފިޔަވައްސައްދާން ހަދާފައިވާ ކަނެކްޓިވިޓީ ބްރިޖެއް

ހުޅުމާލެ 2 ވަނަ ފިޔަވައްސައްދާން ހަދާފައިވާ ކަނެކްޓިވިޓީ ބްރިޖެއް

މާލެއާއި ހުޅުމާލެ 2 ވަނަ ފިޔަވައްސާ ދެމެދު ކުރާ ޓެކްސީ ދަތުރެއްގެ އަގަކީ 90 ރުފިޔާކަމުގައި ކަނޑއަޅައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ވަނީ ގްރޭޓަރ މާލެ ސަރަޙައްދުގެ ޓެކްސީ ދަތުރުގެ އަގުތަކަށް ބަދަލުގެނެސް އެކަން ހާމަކޮށްފައެވެ. ޓްރާންސްޕޯޓް އޮތޯރިޓީން އެންމެ ފަހުން މި އަގު ކަނޑައަޅާފައިވަނީ 31 ޖުލައި 2019ގައެވެ. މިއައު ބަދަލާއެކު 10 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހުން ފެށިގެން ގްރޭޓަރ މާލެ ސަރަޙައްދުގައި ކުރާ ޓެކްސީ ދަތުރު ތަކަށް އަގުތައް ވަނީ ޓްރާންސްޕޯޓް އޮތޯރިޓީއިން އާންމުކޮށްފައެވެ. މި އަގުގެ އިތުރަށް ޓެކްސީގެ ޑިކީއަށް ނުވަތަ ޓެކްސީ ތެރެއަށް އަރުވާ ދާގީނާއަކަށް އިތުރު އަގެއް ނެގުމަކީ މަނާކަމެއްކަމުގައި އެ އޮތޯރިޓީއިން ވަނީ އަންގާފައެވެ. އައު ބަދަލާއެކު މާލެ، ހުޅުމާލެ ފިޔަވަހި 1 އަދި ހުޅުމާލެ ފިޔަވަހި 2 ގެ އެތެރޭ ދަތުރުތަކުގެ އަގު މިހާރު ވެސް ދަތުރު ކުރާ އަގަކަށް ބަދަލުގެނެގެސްފައެއް ނުވެއެވެ. އެގޮތުން މި ދަތުރުތަކުގެ އަގަކީ 25 ރުފިޔާއެވެ. އައު އުސޫލުގެ ދަށުން ޓެކްސީ ދަތުރުގެ އަގުތައް:

Advertisement - newsAdvertisement

މާލެ - ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ

- ހުޅުލެ - މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ

- ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ

- ހުޅުމާލެ - ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ

- މާލެ - ހުޅުމާލެ ފިޔަވަހި 1 ގެ ދަތުރެއްގެ އަގު -/75 ރުފިޔާ

- ހުޅުމާލެ ފިޔަވަހި 1 - މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ

- މާލެ - ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ދަތުރެއްގެ އަގު -/90 ރުފިޔާ

- ހުޅުމާލެ 2 ވަނަ ފިޔަވަހި - މާލެ ދަތުރެއްގެ އަގު -/90 ރުފިޔާ

- ހުޅުމާލެ 2 ވަނަ ފިޔަވަހި - ހުޅުލެ ދަތުރެއްގެ އަގު -/75 ރުފިޔާ

- ހުޅުލެ - ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ދަތުރެއްގެ އަގު -/75 ރުފިޔާ

- ހުޅުމާލެ ފިޔަވަހި 1 - ހުޅމާލެ ފިޔަވަހި 2 ގެ ދަތުރެއްގެ އަގު -/40 ރުފިޔާ

- ހުޅުމާލެ ފިޔަވަހި 2 - ހުޅމާލެ ފިޔަވަހި 1 ގެ ދަތުރެއްގެ އަގު -/40 ރުފިޔާ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މާލޭ ސަރަހައްދުގެ އާބާދީ އަހަރުން އަހަރަށް އެތައް ގުނައަކަށް އިތުރުވަމުން އަންނައިރު، 2015ވަނަ އަހަރު އޭރުގެ ސަރުކާރުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނަމުގައި ހުޅުމާލެއަށް ބިން އިތުރުކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މުޅިން އާ މަޝްރޫޢުއެއްގެ ގޮތުގައި ހުޅުމާލޭ ފަޅުން 244 ހެކްޓަރުގެ ބިން ހިއްކައި "ހުުޅުމާލެ 2ވަނަ ފިޔަވަހި"ގެ ނަމުގައި ތަރައްޤީކުރަން ފެށިއެވެ. ބިންހިއްކުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ނިންމައި، އިޖްތިމާޢީ ބޯހިޔާވަހިކަމަށް 7000ފްލެޓްގެ މަސައްކަތް ފެށީ 2017ވަނަ އަހަރުއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް މީހުން ބަދަލުވާން ފަށާފައި ވަނީ އަމިއްލަ މީހުންނަށް ދޫކޮށްފައިވާ ބިންތަކުގައި އަޅާފައިވާ ގެތަކަށެވެ. އަދި މި ގެތަކަށް ބަދަލުވެފައިވަނީ އެޗް.ޑީ.ސީ.ން ދޫކުރާ ޚާއްޞަ ހުއްދައަކާ އެކުކަމަށެވެ. ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ވާއިރަށް އެތަނަށް ބޭނުންވާ އާއްމު ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަމުންދާ މިސްކިތުގެ މަސައްކަތް ވެސް ވަނީ ނިމުމަކާ ގާތްވެފައެވެ. އަދި ހުޅުމާލޭގައި އަޅާ ސްކޫލްތަކުގެ ޢަމަލީ މަސައްކަތް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕްތަކެއް ހަދައިދޭނެ ބަޔަކު ހޯދުމަށް ވެސް އެޗް.ޑީ.ސީ.ން ވަނީ އިއުލާން ކޮށްފައެވެ.

ހުޅުމާލެ ފުރަތަަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވައްސާ ދެމެދު ދަތުރުކުރަން އެކި ބްރިޖްތައް ހަދާފައިވާއިރު، އާންމުން ވަނުމަށް ހުއްދަދީފައިވަނީ ބްރިޖު އެކަކުން އެކަންޏެވެ. އެޗް.ޑީ.ސީ.އިން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަށްސަށް ފަސޭހައިން އަރައި ފޭބުމަށް ތަރައްޤީކުރާ ކަނެކްޓިންގ ބްރިޖުތަކުގެ ތެރެއިން ފުރަތަމަ ބްރިޖު ހުޅުވާލަން ނިންމީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި އާއްމު ފަރާތްތަކުން ދިރިއުޅެން ފެށުމާ ގުޅިގެން އެ ފަރާތްތަކަށް އެ ސަރަޙައްދަށް އަރައި ފޭބުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުންކަމަށެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު 1 އިން ފެށިގެން ބްރިޖް އެކެއް ހުޅުވާލާފައިވާއިރު މި ބްރިޖަކީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގާއި ގުޅިފައިވާ ބްރިޖެވެ.

މި ބްރިޖު ހުޅުވާލި ނަމަވެސް، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެހެން ސަރަޙައްދުތަކަށް އެޗް.ޑީ.ސީގެ ހުއްދަ ނެތި އާއްމު ފަރާތްތަކުން ވަދެނިކުމެ އުޅުމާއި، އަރައިފޭބުމަކީ މަނާކަމެއް ކަމަށް ވެސް އެ ކޯރޕަރޭޝަނުން ވަނީ އަންގާފައެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސަރަޙައްދު ބޭނުންކުރާ ފަރާތްތަކުން، އެ ކޯރޕަރޭޝަނުން ކަނޑައަޅާފައިވާ އުޞޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތން ޢަމަލުކުރުމަށް ވެސް އެޗް.ޑީ.ސީން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

19 މާރިޗު 2017

އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި

19 މާރިޗު 2017
އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި
04 މާރިޗު 2017

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

04 މާރިޗު 2017
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް