Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު 2021

އިންތިޚާބު ބޭއްވުމަށް ގޮންޖެހުންތަކެއް ހުރުމުން އެކަން އީސީން މަޖިލީހާއި ހިއްސާ ކުރަނީ

5 ފެބުރުއަރީ 2021 | ހުކުރު 12:51

އެޗްޕީއޭގެ އުސޫލާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް މިވަގުތު ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ފެބުރުއަރީ 2021 | ހުކުރު 12:51
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަޙުމަދު ޝަރީފް- ޝަރީފް ވިދާޅުވީ، އިންތިޚާބު ބޭއްވުމުގައި ހުރި ގޮންޖެހުންތައް މަޖިލީހާއި ހިއްސާ ކުރައްވާނެކަމަށް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަޙުމަދު ޝަރީފް- ޝަރީފް ވިދާޅުވީ، އިންތިޚާބު ބޭއްވުމުގައި ހުރި ގޮންޖެހުންތައް މަޖިލީހާއި ހިއްސާ ކުރައްވާނެކަމަށް

ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރިފައިވާ އުސޫލާ އެއްގޮތަށް އިންތިޚާބު ބޭއްވުމުގައި ހުރި ގޮންޖެހުންތައް އިލެކްޝަންސް ކޮމިޝަން (އީސީ)ން މަޖިލީހާ ހިއްސާ ކުރުމަށް ނިންމައިފިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ހުކުރު ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ، އެޗްޕީއޭގެ އުސޫލާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް މިވަގުތު ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި އެ ގޮންޖެހުންތައް މަޖިލީހާ ހިއްސާ ކުރުމަށް އީސީން ނިންމާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަރީފް ވިދާޅުވީ، އެކަމާ ގުޅޭ މަޝްވަރާތައް ކޮމިޝަނުން ހޮނިހިރު ދުވަހު ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެއަށްފަހު މަޖިލީހަށް ހުށައެޅުމުގެ ކަންކަން ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ގައިޑްލައިންގައި ކޮވިޑް-19ށް ޕޮޒިޓިވްވެ އެކަހެރިކޮށްފައިވާ މީހުންނާއި، ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްޓުންނާއި، ކޮވިޑް-19ގެ އަލާމާތް ހުންނަ މީހުން ވޯޓުލުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު ބަޔާންކޮށްފައިވާއިރު، ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުތައް ވަނީ ބަޔާން ކޮށްފައެވެ.

މި އުސޫލުގެ 10 ވަނަ މާއްދާގައި ބުނެފައިވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެ އެކަހެރިކޮށްފައިވާ މީހުންނާއި، ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްޓުންނާއި، ކޮވިޑް-19ގެ އަލާމާތް ހުންނަ މީހުން ވޯޓުލުމުގެ ކަންތައްތައް ހަމަޖެއްސުމުގައި އިލެކްޝަންސް ކޮމިޝަނުން ނުވަތަ ވޯޓުލުމުގެ ކަންތައްތައް ބަލަހައްޓާ ފަރާތުން، ވަކި ކަންކަމަކަށް އަމަލުކުރަންވާނެ ކަމަށެވެ.

އޭގެ އިތުރުން، ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓުލުމަށް އެހެން މީހުންނާއި އެކުނުވާގޮތަށް ވަކި އުޅަނދެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވޯޓުލާ މަރުކަޒަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަޔާއެކު އައުމަށް އެންގުން، ނުވަތަ ކަމާގުޅޭ އިދާރާތައް ގުޅިގެން އެކަމުގެ އިންތިޒާމް ހަމަޖެއްސިދާނެކަން އުސޫލުގައި ބަޔާން ކޮށްފައިވާއިރު، އެކަމުގައި ހުރި ދަތިތައްވެސް ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.

އިންތިޚާބުގެ އަސާސަކީ މިނިވަންކަމާއެކު ކެމްޕޭން ކުރުމާއި، ދަތުރުފަތުރު ކުރުމާއި، ތާއީދު ހޯދުމަށް މަސައްކަތް ކުރުމާއި، ވޯޓުލާ މީހުންނަށްވެސް މިނިވަންކަމާއެކު ވޯޓުލެވޭނެ މަގު ތަނަވަސްވެގެން ދިއުންކަން ފާހަގަ ކުރައްވައި މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ މި ޙާލަތުގައި އިންތިޚާބު ބޭއްވުމަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ. އަދި ކޮވިޑުގެ މި ޙާލަތުން އަރައިގަތުމަށް ހިންގާ ވެކްސިނޭޝަން ޕްރޮގްރާމް ފުރިހަމަކޮށް، ޖޫން މަހަށް އިންތިޚާބު ފަސް ކުރުމަށްވެސް ގިނަ ބަޔަކު ގޮވާލާފައިވެއެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް

11 ފެބުރުއަރީ 2017
އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް
06 ފެބުރުއަރީ 2017

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

06 ފެބުރުއަރީ 2017
އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް