Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޯޓުލުމުގައި ޕޮޒިޓިވް މީހުން އަމަލުކުރާނެ ގޮތް

ޕޮޒިޓިވްވެފައިވާ މީހުން ވޯޓުލާން ދެވޭނީ އެޗްޕީއޭގެ ހުއްދައާއެކު، ކަމާގުޅޭ އިދާރާތައް ގުޅިގެން ވަކި އިންތިޒާމެއްގެ ތެރެއިން – އުސޫލު

ޕޮޒިޓިވް މީހުންގެ ކޮންޓެކްޓުންނާއި އަލާމާތް ހުންނަ މީހުން ވޯޓުލުމުގެ ކަންތައްތައް ހަމަޖެއްސުމުގައި އިލެކްޝަންސް ކޮމިޝަނުން ވަކި ކަންކަމަކަށް އަމަލުކުރަންވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ފެބުރުއަރީ 2021 | ހުކުރު 03:17
ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ މީހަކު ގެންދިއުމުގައި އާރުއާރުޓީން މަސައްކަތް ކުރަނީ

ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ މީހަކު ގެންދިއުމުގައި އާރުއާރުޓީން މަސައްކަތް ކުރަނީ

ކޮވިޑް-19ށް ޕޮޒިޓިވްވެ އެކަހެރިކޮށްފައިވާ މީހުންނާއި، ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްޓުންނާއި، ކޮވިޑް-19ގެ އަލާމާތް ހުންނަ މީހުން ވޯޓުލުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު ބަޔާންކޮށް ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު އާންމުކޮށްފިއެވެ.

ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުގެ 10 ވަނަ މާއްދާގައި ބުނެފައިވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެ އެކަހެރިކޮށްފައިވާ މީހުންނާއި، ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްޓުންނާއި، ކޮވިޑް-19ގެ އަލާމާތް ހުންނަ މީހުން ވޯޓުލުމުގެ ކަންތައްތައް ހަމަޖެއްސުމުގައި އިލެކްޝަންސް ކޮމިޝަނުން ނުވަތަ ވޯޓުލުމުގެ ކަންތައްތައް ބަލަހައްޓާ ފަރާތުން، ވަކި ކަންކަމަކަށް އަމަލުކުރަންވާނެ ކަމަށެވެ.

10 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ވޯޓުލުމުގެ ފުރުޞަތު ދިނުމުގައި، އެކަހެރިކޮށްފައި ތިބޭ މީހުން، ވޯޓުލާ މުއްދަތުގައި ހުރި ރަށުގައި ވޯޓުލާގޮތަށް ހަމަޖެއްސިދާނެ ކަމަށެވެ. އަދި (ށ) ގައި ބުނެފައިވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓުލުމަށް އެހެން މީހުންނާ އެކުނުވާގޮތަށް ވަކި އުޅަދެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވޯޓުލާ މަރުކަޒަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަޔާއެކު އައުމަށް އެންގުން، ނުވަތަ ކަމާގުޅޭ އިދާރާތައް ގުޅިގެން އެކަމުގެ އިންތިޒާމް ހަމަޖެއްސިދާނެ ކަމަށެވެ. މީގެ އިތުރުން އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ އެފަދަ މީހުން ވޯޓުލުމަށް ވަކި ތަނެއް ނުވަތަ ވޯޓުލާން އައުމަށް ވަކި ގަޑިއެއް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

މި އުސޫކުގެ 11 ވަނަ މާއްދާ (އެކަހެރިކޮށްފައިވާ މީހުން ވޯޓުލުމުގައި ޢަމަލުކުރަންވީ ގޮތް) ގެ (ހ) ގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތިން ވޯޓުލާ މަރުކަޒަށް ދިއުމަށެވެ. އަދި މި މާއްދާގެ (ށ) ގައި ބުނެފައިވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ މީހާ ހުރިހާ ވަގުތެއްގައި ވެސް މާސްކު އެޅުމާއި، އެހެން މީހުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ބެހެއްޓުމާއި، ސެނިޓައިޒަރ ބޭނުންކޮށްގެން ދޭތެރެދޭތެރެއިން އަތް ސާފުކުރުމަށެވެ.

އަދި މި މާއްދާގެ (ނ) ގައި ބުނެފައިވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ މީހެއްގެ ކޮންޓެކްޓުން، ހުރިހާ ވަގުތެއްގައި ވެސް މާސްކު އެޅުމާއި، އަބަދުވެސް އެހެން މީހުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ބެހެއްޓުމާއި، ސެނިޓައިޒަރ ބޭނުންކޮށްގެން ދޭތެރެދޭތެރެއިން އަތް ސާފުކުރުމާއި، ޕަބްލިކް ޓްރާންސްޕޯޓް (ބަސް، ފެރީ، ޓެކްސީ) ފަދަ އުޅަނދު ބޭނުން ނުކުރުމަށެވެ. އަދި މި މާއްދާގެ (ރ) ގައި ބުނެފައިވަނީ ކޮވިޑް-19ގެ އަލާމާތެއް (ކަރުގައި ރިއްސުން، ކެއްސުން، ހުންއައުން، ނޭވާލާން އުނދަގޫވުން، ގައިގައި ރިއްސުން، ވަސް ނުދުވުން/ރަހަނުލުން) ފަދަ އަލާމާތެއް ހުރި މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވޯޓުލާން ދިއުމަށެވެ. މިގޮތުން މާސްކު އެޅުން، އަބަދުވެސް އެހެން މީހުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ބެހެއްޓުން، ސެނިޓައިޒަރ ބޭނުންކޮށްގެން ދޭތެރެދޭތެރެއިން އަތް ސާފުކުރުން އަދި ޕަބްލިކް ޓްރާންސްޕޯޓް ބޭނުންނުކުރުމަށް ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2017

ހުކުމް ތަންފީޒުކުރާ މީހުންނަށް އެއްމައްސަލައެއްގައި މައާފް ދެވޭނީ ރިޔާސީ ދައުރެއްގައި އެއްފަހަރުކަމަށް ކަނޑަައަޅައިފި

28 ސެޕްޓެމްބަރު 2017
ހުކުމް ތަންފީޒުކުރާ މީހުންނަށް  އެއްމައްސަލައެއްގައި މައާފް ދެވޭނީ ރިޔާސީ ދައުރެއްގައި އެއްފަހަރުކަމަށް ކަނޑަައަޅައިފި
24 އޯގަސްޓު 2017

އަނިލްގެ އިތުބާރުގެ މައްސަލަ ކުރިއަށް ގެންދެވޭނީ ގަވާއިދު އިސްލާހުކޮށްގެން: މަސީހު

24 އޯގަސްޓު 2017
އަނިލްގެ އިތުބާރުގެ މައްސަލަ ކުރިއަށް ގެންދެވޭނީ ގަވާއިދު އިސްލާހުކޮށްގެން: މަސީހު
11 ޖުލައި 2017

އަދީބަށް ބޭސްފަރުވާއަށް ދެވޭނީ، ދައުލަތުން ނެގި ފައިސާ އަނބުރާ ދެއްކުމުން: ރައީސް ޔާމީން

11 ޖުލައި 2017
އަދީބަށް ބޭސްފަރުވާއަށް ދެވޭނީ، ދައުލަތުން ނެގި ފައިސާ އަނބުރާ ދެއްކުމުން: ރައީސް ޔާމީން
26 މެއި 2017

ސްކޮލާޝިޕްގައި ފުރުސަތު ދެވޭނީ ރާއްޖޭގެ ކުރިމަގުގެ ތަރައްގީއަށް ރިއާޔަތްކޮށް

26 މެއި 2017
ސްކޮލާޝިޕްގައި ފުރުސަތު ދެވޭނީ ރާއްޖޭގެ ކުރިމަގުގެ ތަރައްގީއަށް ރިއާޔަތްކޮށް
06 މެއި 2017

މުޅި ރާއްޖޭގައި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލާން ފަށައިފި

06 މެއި 2017
މުޅި ރާއްޖޭގައި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލާން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު