Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ބަޔާން 2021 ތިމާވެށި

ރިޔާސީ ބަޔާން 2021: ތަރައްޤީ ގެނައުމުގައި ތިމާވެއްޓަށް ޚާއްޞަ އިސްކަމެއް

4 ފެބުރުއަރީ 2021 | ބުރާސްފަތި 10:21

އެންމެ ގިނައިން ކުނި ޖަމާވެފައި ހުރި 20 ރަށުގެ ކުނިތައް، 7 މަސް ތެރޭގައި ނަގައި ސާފުކުރުމަށް، ވެމްކޯއާ މިހާރު ވާނީ ޙަވާލުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ފެބުރުއަރީ 2021 | ބުރާސްފަތި 10:21
ސޯލާ ޕެނަލް ހަރުކުރަނީ

ސޯލާ ޕެނަލް ހަރުކުރަނީ

ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ވެސް އަދި އިޤްތިޞާދީ ޙަރަކާތްތައް ފުޅާކުރުމުގައި ވެސް، ދެމެހެއްޓެނިވި ތަރައްޤީ އާއި ތިމާވެށީގެ ރައްކާތެރިކަން އެއްކީލި ކުރުމަށް، ޚާއްޞަ ސަމާލުކަމެއް ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ކަރަންޓު އުފެއްދުމުގައި ވެސް، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް، 26 ރަށެއްގައި، އަވިން ކަރަންޓު އުފައްދާ 68.2 މެގަވޮޓުގެ ސޯލާ ޕެނަލްތައް މިދިޔަ އަހަރު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި އިތުރު 61 ރަށެއްގައި މި ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. މިނިޒާމުތަކުން ޖުމްލަ 36 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން ހުއްޓުވުމަކީ ވެސް، ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެއްކަމަށެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް އެތެރެކުރުމާއި އުފެއްދުމާއި ވިއްކުން މަނާކުރުމަށް އެކުލަވައިލާފައިވާ ޕްލޭނާ އެއްގޮތަށް، ރާއްޖެއަށް އެތެރެކުރުން މަނާ ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓެއް، މިދިޔަ ޑިސެމްބަރު 30 ވަނަ ދުވަހު ވަނީ ކަނޑައަޅައި ޢާންމުކޮށްފައެވެ.

އެ ލިސްޓުގައި ހިމެނޭ 9 ބާވަތެއްގެ ޕްލާސްޓިކް އުފެއްދުންތައް، މިއަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގިނަ ރަށްރަށަށް ދިމާވެފައި އޮތް ތިމާވެށީ ގެ އެންމެ ބޮޑު މައްސަލައަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ އިންތިޒާމެއް ނެތުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިހާރުވެސް ވަރަށް ގިނަ ރަށްރަށުގައި، ވަރަށް ގިނަ ދުވަސްވީ ކުނިތަކެއް ނައްތާނުލެވި އެބަހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މީގެ ތެރެއިން އެންމެ ގިނައިން ކުނި ޖަމާވެފައި ހުރި 20 ރަށުގެ ކުނިތައް، 7 މަސް ތެރޭގައި ނަގައި ސާފުކުރުމަށް، ވެމްކޯއާ މިހާރު ވާނީ ޙަވާލުކޮށްފައި ކަމަށެވެ.

ތިމާވެށި ޙިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތުގައި ވެސް، ރާއްޖޭން އަންނަނީ ވަރަށް ޙަރަކާތްތެރި ގޮތެއްގައި ބައިވެރިވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެކުލަވައިލާފައިވާ ޕެރިސް އެގްރީމަންޓުގެ ދަށުން، ރާއްޖޭން އެކުލަވައިލި، އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ އެހީ ކަށަވަރުވެއްޖެނަމަ، އަމާޒަކީ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖޭގެ، ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް