Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ ބަޔާން 2021: އިންސާނީ ވަގުފާރި

ރިޔާސީ ބަޔާން 2021: އިންސާނުންގެ ވަގުފާރި ހުއްޓުވުމަށް މުހިންމު މަސައްކަތްތަކެއް މިއަހަރު ކުރާނެ

މިހާތަނަށް 41000 ބިދޭސީއަކު އަމިއްލައަށް އެދިގެން ރަޖިސްޓްރީވެއްޖެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ފެބުރުއަރީ 2021 | ބުރާސްފަތި 08:41
ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން

ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން

އިންސާނުންގެ ވަގުފާރި ހުއްޓުވުމުގެ ގޮތުން ، މިހާރު ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، ނޭޝަނަލް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން އިންސާނީ ވަގުފަރީގެ މައްސަލަ އާއި ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލައިގެ މައްޗަށް އަލިއަޅުވާލައްވާ ވަނީ ވާހަކަދައްކަވާފައެވެ.

Advertisement - newsAdvertisement

މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭގޮތުން ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިން ސްޓިއަރިން ކޮމިޓީން އެކުލަވާލި ނެޝަނަލް އެކްޝަން ޕްލޭން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކެބިނެޓުން ފާސްކޮށްފައެވެ.

އެ އެކްޝަން ޕްލޭން ހިނގާނެ މުއްދަތުކަމަށްވާ 30 މާރޗް 2020 އިން ފެށިގެން 31 ޑިސެމްބަރ 2022 އާ ދޭތެރޭގައި، މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ގައުމީ ފެންވަރެއްގައި ރާއްޖެއިން އެޅުމަށް ކަނޑައަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، މީހުން ޓްރެފިކްކުރުމުގެ މައްސަލަ ރާއްޖޭގައި އޮތް މިންވަރު ބެލުމަށްޓަކައި ބޭސްލައިން ސްޓަޑީއެއް ހެދުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ގާނޫނުގައި މީހުން ޓްރެފިކްކުރުން މާނަ ކުރާ ގޮތް އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްގެ ޑެފިނިޝަނާ އެއްގޮތްކޮށް، ސްޓިއަރިން ކޮމިޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެގާނޫނަށް އިޞްލާޙު ގެނައުމާއި، ސްޓިއަރިން ކޮމިޓީ ހިންގުމަށްޓަކައި ޓިޕް އޮފީހެއް ގާއިމުކުރުމާއި، މީހުން ޓްރެފިކްކުރުމުގެ ކުށަށް ތުހުމަތުކުރެވޭ ފަރާތްތަކާއި އެކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިލޭ ގުޅޭނެ ޚާއްޞަ ހޮޓްލައިނެއް އަލުން ގާއިމްކުރުން ހިމެނެއެވެ.

ރިޔާސީ ބަޔާނުގައި މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިމަސައްކަތުގެ ތެރެއިން އެންޓި- ޓްރެފިކިން އިން ޕާސަންސް އޮފީހެއް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ގެ ތެރޭގައި ކުރިއަށް ދާނެ ކަމަށެވެ.

އިޖްތިމާޢީ ދާއިރާގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ވެސް، މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން ކުރެވުނު އެއް ކަމަކީ، އިންސާނީ ވަގުފާރިއަކަށް ވާގޮތަށް، ޞައްޙަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި ގެންގުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިޕްރޮގްރާމް މިއަހަރު ވެސް ކުރިޔަށް ގެންދަވާނެކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މިސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރައްވަމުން އަންނަ މަސައްކަތެކެވެ.

2019 ވަނަ އަހަރުގެ ޖަނަވަރީ މަހު އިމިގްރޭޝަންއިން އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު ގަވާއިދާއި ޚިލާފަށް 60،000 ބިދޭސީ މަސައްކަތްތެރީން ރާއްޖޭގައި މަސައްކަތްކުރަމުން ދާއިރު އެ އަދަދު 60،000 އާއި 80،000 އާއި ދެމެދަށް މިހާރު އިތުރުވެފައިވާކަމަށް ލަފާކުރެވޭކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ޕްރޮގްރާމާ ގުޅޭގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު "ރާއްޖެއެމްވީ"އަށް މަޢުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވީ އަމާޒަކީ 2020 ވަނަ އަހަރު ނިމޭއިރު 15،000 އާއި 20،000 ދެމެދުގެ އަދަދަކަށް ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުންކަމަށެވެ. މި މަސައްކަތުގައި ބަންގްލަދޭޝްގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު