Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ބަޔާން 2021: ޖުޑީޝަރީ

ރިޔާސީ ބަޔާން 2021: ފަނޑިޔާރުގެ އިޞްލާޙުކުރުމަށް ކުރެއްވި މަސައްކަތުގެ ނަތީޖާ ފެންނަންފަށައިފި

4 ފެބުރުއަރީ 2021 | ބުރާސްފަތި 08:32

މީގެ ދެ އަހަރު ކުރިން ވެރިކަމާ ހަވާލުވިއިރު، ޢަދުލު އިންޞާފުގެ ނިޒާމަށް، ރައްޔިތުންގެ ހިތުގައި އެއްވެސް އިތުބާރެއް ނެތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 4 ފެބުރުއަރީ 2021 | ބުރާސްފަތި 08:32
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމާއި ރިޔާސީ ބަޔާން އިއްވުމަށް ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމާއި ރިޔާސީ ބަޔާން އިއްވުމަށް ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ފަނޑިޔާރުގެ އިޞްލާޙުރުމަށް މިސަރުކާރުން ފެށި މަސައްކަތުގެ ނަތީޖާ ފެންނަން ފަށައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހާއްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް، މިއަހަރަށް ހުޅުވުމާއި، ރިޔާސީ ބަޔާން އިއްވުމަށް ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ، މީގެ ދެ އަހަރު ކުރިން ވެރިކަމާ ޙަވާލުވިއިރު، ޢަދުލު އިންޞާފުގެ ނިޒާމަށް، ރައްޔިތުންގެ ހިތުގައި އެއްވެސް އިތުބާރެއް ނެތް ކަމަށާއި، އެގޮތުން ފަނޑިޔާރުގެ އިޞްލާޙުކުރުމަށް މިދިޔަ ދެ އަހަރު ކުރި މަސައްކަތުގެ ނަތީޖާ ފެންނަން ފަށައިފިކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޞާލިހު ވިދާޅުވީ، ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ، މައްސަލަތައް ނިންމުމުގެ މިނިވަންކަން، އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމައަށް، މިހާރު އެބައޮތް ކަމަށެވެ. ޝަރުޢީ މަރުޙަލާ އަވަސްކޮށް، އިންޞާފު ލިބޭނެ އިންތިޒާމް ކަށަވަރުކުރުމަށްޓަކައި، ސަރކިޓް ކޯޓް ތަޢާރަފް ކުރުމަށް ބޭނުންވާ ޤާނޫނުގެ ބިލު އެކުލަވާލައި، މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޤަޞްދުކުރައްވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތްކުރަން މިސަރުކާރު ނުކުމެ ތިބި އިރު، މިކަމުގައި އެމަނިކުފާނަށާއި އެމަނިކުފާނުގެ ސަރުކާރަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުންކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާކަމަށެވެ.

ރައީސް ޞާލިޙު ވިދާޅުވީ، މިދިޔަ އަހަރު މަޖިލީހުން ފާސްކޮށް ތަޞްދީޤުކުރުމަށްޓަކައި އެމަނިކުފާނާ ހަމައަށް ފޮނުވި 35 ބިލު ވާނީ ތަޞްދީޤު ކުރައްވާފައި ކަމަށެވެ. ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް، ހެޔޮ ވެރިކަމުގެ އުޞޫލުން، ރާއްޖެ ކުރިއަރުވައި ތަރައްޤީކުރުމަށް ބޭނުންވާ އިތުރު ޤާނޫނުތަކުގެ ބިލުތައް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ވެސް މަޖިލީހަށް ފޮނުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ބިލުތައް، ރައްޔިތުންގެ މަންދޫބުންގެ މަޝްވަރާއާއި ފުން ބަހުސްތަކުން މުއްސަނދިކުރައްވައި، މި މަޖިލީހުން ފާސްކޮށްދެއްވާނެކަމާ މެދު އެމަނިކުފާނުގެ ހިތުގައި އެއްވެސް ޝައްކެއްނެތް ކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވިގޮތަށް، މިސަރުކާރުން ވަނީ ވޭތުވެދިޔަ ދެ އަހަރު ޖުޑީޝަރީ އިޞްލާޙުކުރުމުގެ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވައިލުމާއެކު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ޤާނޫނަށް ބޮޑެތި އިސްލާޙުތަކެއް ގެނެސް، ޖޭ.އެސް.ސީ އަލުން އެކުލަވާލައި، ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޖޭ.އެސް.ސީ.އާއެކު ކުރެވުނު މަސައްކަތްތަކުން، ޖުޑީޝަރީއަށް ވަނީ ބޮޑެތި އިޞްލާޙީ ހެޔޮ ބަދަލުތަކެއް ގެނެވިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް