Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މިޔަންމާގެ އަސްކަރިއްޔާގެ ބަޢާވަތް

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

މީގެ ތެރޭގައި ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި، ނަރުހުން ހިމެނޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2021 | ބުރާސްފަތި 01:52
ސިއްހީ ޚިދުމަތްތެރިން މުޒާހަރާގައި،

ސިއްހީ ޚިދުމަތްތެރިން މުޒާހަރާގައި،

މިޔަންމާގެ ލީޑަރު އަން ސަން ސޫކީ ހައްޔަރުކޮށް، އެގައުމުގެ އަސްކަރިއްޔާއިން ބަޢާވަތް ކޮށްފައިވާތީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން މަސައްކަތް ހުއްޓާލުމަށްފަހު މުޒާހަރާ ކުރަން ފަށައިފިއެވެ.

މިޔަމަންމާގެ އަސްކަރިއްޔާއިން ބަޢާވަތްކޮށް ސޫކީއާއި ސަރުކާރުގެ އިސްވެރިން ބަންދުކުރީ މިޔަންމާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ސޫކީ ނިސްބަތްވާ މިޔަންމާގެ ވެރިކަން ކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ޕާޓީން ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކޮށްފައިވާކަން އިއުލާން ކޮށްފައިވަނިކޮށެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ބަޢާވާތާއި ގުޅިގެން މިޔަންމާގެ 30 އަވަށެއްގެ 70ށް ވުރެ ގިނަ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެހެނިހެން ވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން މަސައްކަތް ހުއްޓާލުމަށްފަހު، ބަޢާވަތާއި ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައިވާ ކަމަށެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި، ނަރުހުން ހިމެނެއެވެ.

މުޒަހާރާގައި ނުރުހުންފާޅު ކުރަމުންދާ ފަރާތްތަކުން ދަނީ ވަރުގަދަ އިންޒާރުތަކެއް އަސްކަރިއްޔާއަށް ދެމުންނެވެ. އެގޮތުން ގާނޫނާއި ޚިލާފަށް ގައުމުގެ ވެރިކަމާ ހަވާލުވެފައިވާ އަސްކަރިއްޔާގެ އެއްވެސް އަމުރަކަށް ކިޔަމަން ނުވާނެ ކަމަށް އެމީހުން ބުނެއެވެ. އަދި ހައްޔަރު ކުރި ކަމުގައި ވީ ނަމަވެސް ގައުމުގައި ބަޢާވަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިހާރުން މިހާރަށް އަސްކަރިއްޔާއިން ކުރަމުންދާ ކަންކަން ހުއްޓައިލުމަށް ދަނީ ގޮވާލަމުންނެވެ.

މީގެ އިތުރުން ޑޮކްޓަރުންނާއި، ނަރުހުން އަދިވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އަނބުރާ މަސައްކަތަށް ނުކުންނާނީ އަސްކަރިއްޔާއިން ބަޢާވަތް ހުއްޓާލާ ގާނޫނުގެ ދެމެހެއްޓުމުން ކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ. އަދި ކޮވިޑް-19އާ ގުޅިގެން ހާލަތު ގޯސްވިކަމުގައިވީ ނަމަވެސް މަސައްކަތަށް އަނބުރާ ދިއުން ބަރޯސާވަނީ އަސްކަރިއްޔާގެ މައްޗަށް ކަމަށް އެމީހުން ބުނެއެވެ.

ބަޢާވަތާއި ދެކޮޅަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކުން ނުކުމެފައިވާއިރު، މިޔަންމާގެ ސްކޫލު، ކޮލެޖް އަދި ޔުނިވަރސިޓީ ދަރިވަރުންނާއި، ޖަމިއްޔާތަކާއި، އެހެނިހެން ދާއިރާގައި މަސައްކަތް ކުރާ މީހުން ދަނީ މުޒަހަރާތަކުގައި ބައިވެރިވަމުންނެވެ.

ސިއްހީ ދާއިރާގެ މަސައްކަތްތެރިން މަސައްކަތް ހުއްޓާލުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގައުމުގެ ހާލަތު ދަށަށްދާ ދަނޑިވަޅެއްގައި ކޮވިޑް-19އާ ގުޅިގެން މިވަގުތު އެންމެ ބޮޑަށް ބޭނުން ޖެހިފައިވަނީ ސިއްހީ ޚިދުމަތްތެރިންނަށެވެ. އަދި މަސައްކަތް ހުއްޓާލުމާއި ގުޅިގެން އިތުރަށް ހާލަތު ގޯސްވާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

އެގޮތުން މިޔަންމާގައި މިހާތަނަށް އެއްލައްކަ ސާޅިސްހާހަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 3160 މީހުން ބަލީގައި ވަނީ މަރުވެފައެވެ. އަދި އެއްލައްކަ ސައްބިސްހާހަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި

ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި

01 ޖޫން 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

13 މެއި 2017
އަޑިއަށްދިއަ ދެކުނު ކޮރެއާގެ އާގު ބޯޓުން ދިރިހުއްޓައި މީހަކު ފެނޭތޯ މަސައްކަތް ކުރަނީ

އަޑިއަށްދިއަ ދެކުނު ކޮރެއާގެ އާގު ބޯޓުން ދިރިހުއްޓައި މީހަކު ފެނޭތޯ މަސައްކަތް ކުރަނީ

03 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު