Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަލުތައް ތަރައްޤީކުތުން

ޖަލުގައި ތަފާތު ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުން ވަކިން ގެންގުޅެން އިސްކަންދީ މަސައްކަތްކުރާނަން- މިނިސްޓަރ ޢިމްރާން

3 ފެބުރުއަރީ 2021 | ބުދަ 13:55

"ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް" ވަނީ ހުޅުވާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 3 ފެބުރުއަރީ 2021 | ބުދަ 13:55
މިނިސްޓަރ އޮފް ހޯމް އެފެއާޒްސް އިމްރާން އަބްދުﷲ

މިނިސްޓަރ އޮފް ހޯމް އެފެއާޒްސް އިމްރާން އަބްދުﷲ

ޖަލުގައި ތަފާތު ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުން ވަކިން ގެންގުޅެން އިސްކަންދީ އެމަގަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ މާފުށި ޖަލުގައި "ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް" ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ. މި ޔުނިޓަކީ ޖަލުތަކުގައި ތިބި ހަރުކަށި ފިކުރުގެ މީހުން ދެނެގަނެ އެމީހުން ރިހިބިލިޓޭޓްކޮށް، ފަރުވާ ދިނުމަށް ޚާއްޞަ ޔުނިޓެކެވެ.

Advertisement - newsAdvertisement

50 ގޮޅި ހިމެނޭ ޔުނިޓް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކައިގައި މިނިސްޓަރ ވިދާޅުވީ މިމަސައްކަތުގެ ސަބަބުން ޖަލުތަކުގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ވަރަށްބޮޑު ހައްލެއް އަންނާނެކަމަށެވެ. އަދި ޖަލުގައި ތަފާތު ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުން ވަކިން ގެންގުޅެން އިސްކަންދީ މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ. އެއީ ކުށްވެރިން ރިހިބިލިޓޭޓްކުރަންވެސް އެޅޭ މުހިއްމު ފިޔަވަޅެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ތަފާތު ކުށްވެރިންނަށް ތަފާތު ގޮތުގައި ރިހިބިލިޓޭޓް ޕްރޮގްރާމް ހިންގި، ދޭންޖެހޭ ފަރުވާދެވި، ކަންކަން ތަރުތީބުކުރުން އެއީ އެންމެ މުހިންމު އެއްކަންތައްކަމަށެވެ.

ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް ހުޅުވުމުން އެފަދަ ކުށްވެރިން އެތަނަށް ބަދަލުކުރެވި އެމީހުންނަށް ޚާއްސަ ޕްރޮގްރާމްތައް ހިންގި އެމަސައްކަތް ފެށިގެން ދިއުމުން ޖުމްލަ ގޮތެއްގައި ޖަލުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އޭގެއިތުރުން މިނިސްޓަރ ވިދާޅުވީ އިންފްރާސްޓްރަކްޗަރ ބިނާކުރުމަކީ މަސައްކަތުގެ ކުޑަ މިންވަރެއްކަމަށާއި، ޖަލުތަކުގެ ހާލަތު ރަނގަޅުކުރެވޭނީ ޖަލު ބަލަހައްޓާ އޮފިސަރުންގެ ވިސްނުމާއި، ފިކުރު އެކަމަށް ތަމްރީނުކޮށް އެބޭނުންވާ ހުނަރުތައްދީ އެއަށް ހާނުވައިގެންކަމަށެވެ. ޤައިދީންނަކީ ސުލްހަވެރި ހެޔޮލަފާ މުއާޠިނުންކަމަށް ހެދުމަށް އޮފިސަރުންގެ ވިސްނުމާއި، ފިކުރު ބައްޓަންކޮށް އެކަމަށް ބޭނުންވާ ހުނަރުތައް ދީގެންކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަން އެހެންވާނީ އެއީ އޮފިސަރުންގެ ދީނީ، ޤައުމީ ޒިންމާއެއްކަން އަމިއްލައަށް ޤަބޫލުކުރެވިގެންކަމަށް ވިދާޅުވެ، އެމަގަށް މަސައްކަތްކޮށްދެއްވުމަށް މިނިސްޓަރ ވަނީ ހުރިހާ އޮފިސަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

"މިތަނަށް ގެނެވޭ އެފަދަ ފިކުރެއްގައިހުރި މީހަކު ހެޔޮލަފާ ރަނގަޅު މީހެއްގެ ގޮތުގައި ނިކުމެ އުފެއްދުންތެރި ފަރާތަކަށް ހެދޭ ދުވަސް އެއީ އަޅުގަނޑުމެން މިކުރާ މަސައްކަތުން ނެރެން ބޭނުންވާ ނަތީޖާއަކީ" މިނިސްޓަރ ވިދާޅުވިއެވެ.

މިމަސައްކަތް ކުރިއަށްގެންދިއުމުގައި ދުނިޔޭގެ މިންގަނޑުތަކުން ބަލައިގަންނަ ގޮތަށް ކަންކަން ބައްޓަންކުރެވެމުން ދިއުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޖަލުތަކުގައި ކަންކުރާގޮތް ދުނިޔޭގެ މިންގަނޑުތަކުން ބަލައިގަންނަ ހިސާބަށް ގެންދިއުމަކީ ރައްޔިތުން އެދޭ އަދި އުއްމީދުކުރައްވާ ގޮތްކަމަށެވެ. އޭގެނަތީޖާއަކަށް ވެގެންދާނީ އަޅުގަނޑުމެންގެ ކުށުގެ ވެށި ބަދަލުވެ، އިޞްލާހުވެ، ހެޔޮލަފާ މުޖުތަމައުއެއް ބިނާކުރަން މަގުފަހިވެގެން ދިއުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރު ހަވާލުވެ ފުރަތަމަ އިސްކަންދިން އެއްކަމަކީ ޖަލުތަކުގެ ހާލަތު ދެނެގަތުންކަމަށާއި، އެމަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު މުހިއްމު އެއްކަމަކީ ތަފާތު ކުށްތަކުގައި ބަންދުކޮށްފައިވާ މީހުން އެއްކޮށް ގެންގުޅުމުން ދިމާވާ މައްސަލަތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ތަފާތު ވައްތަރުގެ ކުށްވެރިން އެއްކޮށްޓަކަށް ޖަމާކޮށް ގެންގުޅުމުގެ ސަބަބުން ތަފާތު ކުށްތައް ވައިރަހެއް ފަދައިން ފެތުރި އެންމެންނަށް އަރަމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސްޕެޝަލް މެނޭޖްމަންޓް ޔުނިޓްގެ މަސައްކަތަކީ ކޮވިޑްގެ ދަތިކަމާއެކުވެސް އެންމެން ގުޅިގެން ހިންގުނު ކާމިޔާބު ޕްރޮޖެކްޓެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޔުނިޓް ހުޅުވުމާ ހިސާބަށް އައިއިރު ހަރުކަށި ފިކުރުގެ މީހުން ދެނެގަނެ، އެމީހުންނާމެދު މުއާމަލާތްކުރާނެ ޚާއްސަ ހުނަރުތައް އޮފިސަރުންނަށް ދިނުމަކީ މިއަދު ކުރެވިފައި އޮތް މުހިއްމު ކަމެއްކަން ފާހަގަކުރައްވާ، އެކަމުގައި ޔޫއެންއޯޑީސީން ދިން އެހީތެރިކަމަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. އަދި ފަންޑު ކޮށްދެއްވި ޔޫރަޕިއަން ޔޫނިއަންއަށްވެސް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް