Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފައިޒަރ ވެކްސިނާއި އައު ވޭރިއަންޓްތައް

ސައުތު އެފްރިކާއިން ފެނިފައިވާ ވޭރިއެންޓަށް ފައިޒަރ ވެކްސިންގެ އަސަރުކުރާވަރު ދަށް

3 ފެބުރުއަރީ 2021 | ބުދަ 07:15

އުމުރުން 80 އަހަރުން މަތީގެ މީހުންނަށް އައު ވޭރިއަންޓުން ރަނގަޅަށް ރައްކާތެރިކަން ލިބޭނީ ވެކްސިންގެ ދެ ޑޯޒް ޖެހުމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 3 ފެބުރުއަރީ 2021 | ބުދަ 07:15
ފައިޒަރ އަދި ބޯއެންޓެކުން އުފައްދާފައިވާ ވެކްސިން

ފައިޒަރ އަދި ބޯއެންޓެކުން އުފައްދާފައިވާ ވެކްސިން

ސައުތު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19ގެ އައު ވޭރިއަންޓަށް ފައިޒަރ އަދި ބައޯއެންޓެކުން އުފައްދާފައިވާ ވެކްސިންގެ އަސަރު ކުރާވަރު ދަށް ކަމަށް އިނގިރޭސިވިލާތުން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާގެ ޕްރިލިމިނަރީ ޑޭޓާ ދައްކާގޮތުން އުމުރުން 80 އަހަރުން މަތީގެ މީހުންނަށް އައު ވޭރިއަންޓުން ރަނގަޅަށް ރައްކާތެރިކަން ލިބޭނީ ވެކްސިންގެ ދެ ޑޯޒް ޖެހުމުންނެވެ.

ދިރާސާ ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވި ކެމްބްރިޖް ޔުނިވާސިޓީގެ އިންސްޓިޓިއުޓް ތެރަޕަޓިކް އިމިއުނޮލޮޖީ އެންޑް އިންފެކްޝަސް ޑިޒީސް ގެ ޕްރޮފެސަރއެއް ކަމަށްވާ ރަވި ގުޕްތާ ވަނީ ސައުތު އެފްރިކާގައި އަލަށް ފެނިގެން އުޅޭ ކޮވިޑް-19ގެ އައު ވޭރިއަންޓް އިނގިރޭސިވިލާތުން ފެނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައެވެ. މި ވޭރިއަންޓް އަދި ފެނިފައި ވަނީ މަދު ބައެއްގެ ފަރާތުންނެވެ. އޭނާ ވަނީ މި ވޭރިއަންޓާ ދެކޮޅަށް ފައިޒަރގެ ވެކްސިން އަސަރުކުރާ ވަރު ދަށްވާނެ ކަމަށް ބުނެފައެވެ.

އަންގާރަ ދުވަހު އާންމުކޮށްފައިވާ މި ދިރާސާގައި ފައިޒަރގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ 26 މީހުންގެ ލޭގެ ސާމްޕަލް ވަނީ ނަގާފައެވެ. ތިން ހަފުތާ ކުރިން މި ސާމްޕަލްތައް ނަގައި، އިނގިރޭސިވިލާތުގެ ކޮވިޑް-19ގެ އައު ވޭރިއަންޓާއި ސައުތު އެފްރިކާގެ އައު ވޭރިއަންޓަށް ފައިޒަރ ވެކްސިނުން އަސަރުކުރާ ވަރު ވަނީ ބަލާފައެވެ.

އެގޮތުން ޓެސްޓު ކުރެވުނު ސާމްޕަލްތަކުގެ ތެރެއިން 7 މީހުންގެ ސާމްޕަލް ފިޔަވައި އެހެން ސާމްޕަލްތަކުން ވައިރަހާ ދެކޮޅަށް ހަނގުރާމަކުރެވޭނެ ވަރަށް އެންޓިބޮޑީސް ހުރި ކަމަށް ވަނީ ދައްކާފައެވެ. އެހެންނަމަވެސް އިނގިރޭސިިވިލާތުން ފެނިފައިވާ ވޭރިއަންޓްގެ ސާމްޕަލް، ލެއާ އެއްކުރުމުން ވެކްސިނުން ވައިރަަހަށް އަސަރުކުރާވަރު ދަށްވެ ވައިރަހުން ރައްކާތެރިވުމަށް ދެގުނައަށް އެންޓިބޮޑީސް ނިއުޓްރަލައިޒްކުރަން ޖެހޭކަމަށް ދިރާސާއިން ދައްކައެވެ. އަދި ސައުތު އެފްރިކާއިން ފެނިފައިވާ ވޭރިއަންޓްގެ ސާމްޕަލް، ލެއާ އެއްކުރުމުން ވެކްސިނުން ވައިރަަހަށް އަސަރުކުރާވަރު ދަށްވެ ވައިރަހުން ރައްކާތެރިވުމަށް ދިހަގުނައަށް އެންޓިބޮޑީސް ނިއުޓްރަލައިޒްކުރަން ޖެހެއެވެ.

ދިރާސާކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޑެމީ ކޮލިއަރ ވަނީ 80 އަހަރުން މަތީގެ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމުން ތިން ހަފްތާފަހުން ވައިރަހާ ދެކޮޅަށް އެންޓިބޮޑީޒް ނުއުފެއްދޭ ކަމަށް ބުނެފައެވެ.

މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ނޮވަވެކްސް އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިންތަކުގެ ޓްރަޔަލް ޑޭޓާތައް އާންމުކޮށްފައިވާ އިރު، ސައުތު އެފްރިކާގެ ވޭރިއަންޓަށް މި ވެކްސިންތަކުން އަސަރުކުރާވަރު ދަށް ކަމަށް ވަނީ ދައްކާފައެވެ.

އިނގިރޭސިވިލާތުގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކަކުން ދަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ފައިޒަރ އާއި ބައޯއެންޓެކްގެ ވެކްސިން ޖެހުމުގެ މަސައްކަތްކުރަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2020

ފައިޒަރ ވެކްސިން އިމަރޖެންސީ ހާލަތްތަކުގައި ބޭނުންކުރުމުގެ ހުއްދައަށް އެދެނީ!

20 ނޮވެމްބަރު 2020
ފައިޒަރ ވެކްސިން އިމަރޖެންސީ ހާލަތްތަކުގައި ބޭނުންކުރުމުގެ ހުއްދައަށް އެދެނީ!
17 ނޮވެމްބަރު 2020

ފައިޒަރ އިން އެމެރިކާގެ 4 ސްޓޭޓެއްގައި ވެކްސިން ޑިސްޓްރިބިއުޝަން ޓްރަޔަލްތަކެއް ފަށައިފި

17 ނޮވެމްބަރު 2020
ފައިޒަރ އިން އެމެރިކާގެ 4 ސްޓޭޓެއްގައި ވެކްސިން ޑިސްޓްރިބިއުޝަން ޓްރަޔަލްތަކެއް ފަށައިފި
25 އޮކްޓޯބަރު 2020

ސައުތު ކޮރެއާގެ ސަމްސެންގ ޕަވަރހައުސްގެ އުފެއްދި ލީ ކިއުންގ ހެންގ 78 އަހަރުގައި މަރުވެއްޖެ

25 އޮކްޓޯބަރު 2020
ސައުތު ކޮރެއާގެ ސަމްސެންގ ޕަވަރހައުސްގެ އުފެއްދި ލީ ކިއުންގ ހެންގ 78 އަހަރުގައި މަރުވެއްޖެ
21 އޮކްޓޯބަރު 2020

ސައުތު ކޮރެއާގައި ފްލޫ ވެކްސިން ޖެހި ބައެއް މީހުން މަރުވަނީ

21 އޮކްޓޯބަރު 2020
ސައުތު ކޮރެއާގައި ފްލޫ ވެކްސިން ޖެހި ބައެއް މީހުން މަރުވަނީ
09 މެއި 2020

ސައުތު ކޮރެއާގެ ނައިޓް ކްލަބްތަކަށް ދިޔަ މީހެއް ފަރާތުން ކޮވިޑް-19 ފެތުރެނީ!

09 މެއި 2020
ސައުތު ކޮރެއާގެ ނައިޓް ކްލަބްތަކަށް ދިޔަ މީހެއް ފަރާތުން ކޮވިޑް-19 ފެތުރެނީ!
27 މާރިޗު 2020

ސައުތް އެފްރިކާއިން 3 ހަފްތާގެ ލޮކްޑައުންއަކަށް ގޮސްފި

27 މާރިޗު 2020
ސައުތް އެފްރިކާއިން 3 ހަފްތާގެ ލޮކްޑައުންއަކަށް ގޮސްފި
08 ފެބުރުއަރީ 2020

ކޮރޯނާވައިރަސް ފެނިފައިވާ ގައުމުތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެނީ

08 ފެބުރުއަރީ 2020
ކޮރޯނާވައިރަސް ފެނިފައިވާ ގައުމުތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެނީ
28 ޖެނުއަރީ 2020

ނޮވެލް ކޮރޯނާވައިރަސް: ޗައިނާ މީހުން ސައުތު ކޮރެއާ އަށް އައުން މަނާކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަނީ

28 ޖެނުއަރީ 2020
ނޮވެލް ކޮރޯނާވައިރަސް: ޗައިނާ މީހުން ސައުތު ކޮރެއާ އަށް އައުން މަނާކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަނީ
26 ނޮވެމްބަރު 2018

ސައުތު އެފްރިކާގެ އާ މިނިމަމް ވޭޖް: ގަޑިއިރަކަށް މަދުވެގެން 1.45 ޑޮލަރު ދޭންޖެހޭ

26 ނޮވެމްބަރު 2018
ސައުތު އެފްރިކާގެ އާ މިނިމަމް ވޭޖް: ގަޑިއިރަކަށް މަދުވެގެން 1.45 ޑޮލަރު ދޭންޖެހޭ
13 މެއި 2017

ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

13 މެއި 2017
ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް