Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ސައުތް އެފްރިކާއިން 3 ހަފްތާގެ ލޮކްޑައުންއަކަށް ގޮސްފި

27 މާރިޗު 2020 | ހުކުރު 06:24

ގޭގެއަށް ބޭނުންވާ މުދަލާއި ކާބޯތަކެތި ގިނަ އަދަދަކަށް ގަނެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 މާރިޗު 2020 | ހުކުރު 06:24
މި އެންގުންތަކާ ޚިލާފުވާ ފަރާތްތަކަށް މަދުވެގެން 6 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ

މި އެންގުންތަކާ ޚިލާފުވާ ފަރާތްތަކަށް މަދުވެގެން 6 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ސައުތު އެފްރިކާއިން 3 ހަފްތާގެ ލޮކްޑައުންއަކަށް ގޮސްފިއެވެ.

ސައުތު އެފްރިކާގެ ނޫސްތަކާއި ޙަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުން ސައުތު އެފްރިކާގައި ލޮކްޑައުން އިއުލާނުކޮށް، ސަލާމަތީ ބާރުތަކުން ދަނީ އެކަން ތަންފީޒު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ކޮންމެހެން ޒަރޫރީ ބޭނުމަކަށް ނޫނީ ބޭރަށް ނުކުތުން މަނާކޮށްފައިވާއިރު، ހުކުރު ދުވަހުން ފެށިގެން ލޮކްޑައުން ކުރުމަށް ނިންމުމާއެކު އޭގެ ކުރިން ދުވަހު ގިނަ ބަޔަކު ވަނީ ސުޕަމާރކެޓު ތަކުގައި ކިއޫ ހަދާލައި ގޭގެއަށް ބޭނުންވާ މުދަލާއި ކާބޯތަކެތި ގިނަ އަދަދަކަށް ގަނެފައެވެ.

ސައުތް އެފްރިކާގައި 21 ދުވަހަށް ލޮކްޑައުން އިއުލާނު ކުރުމާއެކު އެ ޤައުމުގެ ރައީސް ސިރިލް ރަމަފޯސާ ވަނީ ސަލާމަތީ ބާރުތަކާ ބައްދަލު ކުރައްވައި، މިއީ އެ ޤައުމުގެ ޑިމޮކްރަސީ ހަޔާތުގައިވެސް އިއުލާނު ކުރި ފުރަތަމަ ލޮކްޑައުންކަމަށް ވިދާޅުވެފައެވެ.

ލޮކްޑައުންގެ މި މުއްދަތުގައިވެސް ކާބޯތަކެތި ވިއްކާ ތަންތަން ހުޅުވިފައި ހުންނާނެއެވެ. ނަމަވެސް މަޤުބޫލު ސަބަބެއް ނެތި ބޭރުގައި އުޅުން މަނާކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި އެންގުންތަކާ ޚިލާފުވާ ފަރާތްތަކަށް މަދުވެގެން 6 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

ދެކުނު އެފްރިކާއިން މިހާތަނަށް 900 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާއިރު، އެއީ މުޅި އެފްރިކާ ބައްރުންވެސް މިހާތަނަށް އެންމެ ގިނައިން ވައިރަސްއަށް ޕޮޒިޓިވްވި ޤައުމެވެ. ނަމަވެސް މިހާތަނަށް އެ ޤައުމުން ވައިރަސްގައި މީހަކު މަރުވެފައެއް ނުވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 ޖުލައި 2018

ސިހުރު ހެދުމަށް ސައުތް އެފްރިކާގެ ޕާކެއްގެ ހަތަރު ސިންގާއެއް މަރާލައިފި

03 ޖުލައި 2018
ސިހުރު ހެދުމަށް ސައުތް އެފްރިކާގެ ޕާކެއްގެ ހަތަރު ސިންގާއެއް މަރާލައިފި
15 މެއި 2018

އިސްރާއީލުގެ ލާއިންސާނީ އަމަލުތަކާ ގުޅިގެން ދެކުނު އެފްރިކާ އިން އިސްރާއީލަށް ކަނޑުއަޅުއްވާފައިވާ އެމްބެސެޑަރު އަނބުރާ ގައުމަށް ގެންގޮސްފި

15 މެއި 2018
އިސްރާއީލުގެ ލާއިންސާނީ އަމަލުތަކާ ގުޅިގެން ދެކުނު އެފްރިކާ އިން އިސްރާއީލަށް ކަނޑުއަޅުއްވާފައިވާ އެމްބެސެޑަރު އަނބުރާ ގައުމަށް ގެންގޮސްފި
28 އެޕްރީލު 2018

ގްރޭޓް މާޗް އޮފް ރިޓަރން: މި ހަފްތާގެ މުޒާހަރާގައި ފަލަސްތީނުގެ ތިން މީހުން މަރާލައިފި

28 އެޕްރީލު 2018
ގްރޭޓް މާޗް އޮފް ރިޓަރން: މި ހަފްތާގެ މުޒާހަރާގައި ފަލަސްތީނުގެ ތިން މީހުން މަރާލައިފި
15 އެޕްރީލު 2018

ރޮހިންޔާ އާއިލާއެއް އެނބުރި މިޔަންމާއަށް ގޮސްފި

15 އެޕްރީލު 2018
ރޮހިންޔާ އާއިލާއެއް އެނބުރި މިޔަންމާއަށް ގޮސްފި
29 މާރިޗު 2018

މަލާލާ ފުރަތަމަފަހަރަށް އެނބުރި ޕާކިސްތާނަށް ގޮސްފި

29 މާރިޗު 2018
މަލާލާ ފުރަތަމަފަހަރަށް އެނބުރި ޕާކިސްތާނަށް ގޮސްފި
04 މާރިޗު 2018

އިރުމަތީ ޣޫތާގެ ބައެއް ބައްޝާރުގެ ފައުޖުތަކުގެ ބާރުގެ ދަށަށް ގެންގޮސްފި

04 މާރިޗު 2018
އިރުމަތީ ޣޫތާގެ ބައެއް ބައްޝާރުގެ ފައުޖުތަކުގެ ބާރުގެ ދަށަށް ގެންގޮސްފި
18 ޑިސެމްބަރު 2017

ގުދުސްގެ މައްސަލަ: މިހަފްތާގެ ބަންދުގައި ވެސް އެމެރިކާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް

18 ޑިސެމްބަރު 2017
ގުދުސްގެ މައްސަލަ: މިހަފްތާގެ ބަންދުގައި ވެސް އެމެރިކާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް
13 ނޮވެމްބަރު 2017

އެމެރިކާގެ މަަނަވަރުތައް ދެކޮރެއާ ސަރަހައްދަށް އަސްކަރީ ތަމްރީންތަކެއްގައި ގޮސްފި

13 ނޮވެމްބަރު 2017
އެމެރިކާގެ މަަނަވަރުތައް ދެކޮރެއާ ސަރަހައްދަށް އަސްކަރީ ތަމްރީންތަކެއްގައި ގޮސްފި
11 މާރިޗު 2017

މެލޭޝިއާއަށް ނިސްބަތްވާ އދ. ގެ ދެ މުވައްޒަފަކު އުތުރު ކޮރެއާ ދޫކޮށް ގޮސްފި

11 މާރިޗު 2017
މެލޭޝިއާއަށް ނިސްބަތްވާ އދ. ގެ ދެ މުވައްޒަފަކު އުތުރު ކޮރެއާ ދޫކޮށް ގޮސްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް