Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިން

ފައިޒަރ ވެކްސިން އިމަރޖެންސީ ހާލަތްތަކުގައި ބޭނުންކުރުމުގެ ހުއްދައަށް އެދެނީ!

މި ވެކްސިން އިމަރޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ޔޫއެސް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ހުއްދައަށް އެދެން ނިންމާފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 ނޮވެމްބަރު 2020 | ހުކުރު 13:02
ފައިޒަރ އިން ކޮވިޑް-19 އަށް ތައްޔާރުކުރަމުންދާ ވެކްސިންގެ 95 އިންސައްތަ ރައްކާތެރިކަމަށް ޓެސްޓްތަކުން ދައްކާ

ފައިޒަރ އިން ކޮވިޑް-19 އަށް ތައްޔާރުކުރަމުންދާ ވެކްސިންގެ 95 އިންސައްތަ ރައްކާތެރިކަމަށް ޓެސްޓްތަކުން ދައްކާ

ފައިޒަރ ވެކްސިން އިމަރޖެންސީ ހާލަތްތަކުގައި ބޭނުންކުރުމުގެ ހުއްދައަށް އެދުމަށް އެކުންފުނިން ނިންމައިފި އެވެ.

ހުކުރު ދުވަހު ކުރި ޓްވީޓެއްގައި ފައިޒަރއިން ބުނީ މި ވެކްސިން އިމަރޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ޔޫއެސް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ހުއްދައަށް އެދެން ނިންމާފައިވާކަމަށެވެ.

ފައިޒަރ އިން މައުލޫމާތުދޭ ގޮތުގައި އެކުންފުނިން ވެކްސިން ޑިސްޓްރިބިއުޓް ކުރުމުުގެ ޓްރަޔަލްތައް ފަށަން ނިންމާފައިވާއިރު މި ޓްރަޔަލްތައް ކުރިއަށް ދާނީ ގެންގޮސްފައިވަނީ ވަނީ ރޯޑް އައިލެންޑް، ޓެކްސަސް، ނިއު މެކްސިކޯ އަދި ޓެނެސީގައެވެ. އެގޮތުން، މި ހަތަރު ސްޓޭޓްގައި ވެކްސިން ޑިސްޓްރިބިއުޝަންގެ ޓްރަޔަލް ކުރިއަށް ގެންދަން ނިންމާފައިވަނީ ވަނީ ހަތަރު ސްޓޭޓްގެ ވެސް އާބާދީގައި ހުރި ތަފާތުގެ ސަބަބުން ކަމަށް ފައިޒަރ އިން ބުނެއެވެ.

ފައިޒަރ އިން ކޮވިޑް-19 އަށް ތައްޔާރު ކުރި ވެކްސިންގެ ޑިސްޓްރިބިއުޝަން ޓްރަޔަލްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ވެކްސިން ސްޓޯރ ކުރުމަށް ބޭނުންވާ އަލްޓަރ ކޯލްޑް ސްޓޯރޭޖް ގައި ހުރި ދަތިތަކުގެ ސަބަބުން ވެކްސިން ސްޓޯރ ކުރުމުގައި ދިމާވެދާނެ ގޮންޖެހުންތަށް ދެނެގަނެ އެކަންކަމަށް ހައްލު ހޯދުމުގެ ގޮތުންނެވެ.

މި ހަތަރު ސްޓޭޓްގައި ވެކްސިން ޑިސްޓްރިބިއުޓް ކުރުމުގެ ޓްރަޔަލްތައް ކުރިއަށް ގެންދިޔަ ނަމަވެސް އެހެން ސްޓޭޓްތަކަށް ވުރެ އަވަހަށް މި ސްޓޭޓްތަކަށް ވެކްސިންގެ ޑޯޒްތައް ނުލިބޭނެ ކަމަށާއި އެހެން ސްޓޭޓްތަކާއި ތަފާތުކުރުމެއްވެސް ނޯންނާނެކަމަށް ފައިޒަރ އިން ބުނެއެވެ.

ފައިޒަރ އިން ބުނީ އެކުންފުނީގެ އުއްމީދަކީ ޑިސްޓްރިބިއުޝަންގެ މި ޓްރަޔަލްތަކުގެ ސަބަބުން ވެކްސިން ހުރިހާ ސްޓޭޓަކަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދިއުން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފައިޒަރ އަދި ބައޯންޓެކްގެ ވެކްސިން 43،500 މީހުންގެ ގަޔަށް ޖަހާ ޓެސްޓު ކޮށްފައިވާއިރު މިހާތަނަށް މި ވެކްސިންގެ ރައްކާތެރިކަމާ މެދު އެއްވެސް ކަހަލަ ޝަކުވާއެއް ލިބިފައި ނުވެއެވެ. އަދި މި ވެކްސިން ޖެހި މީހުންގެ ދިފާއީ ނިޒާމުގައި ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރާކަން ފާހަގަވެފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.

އެމެރިކާގެ ނިއުޔޯކްގެ ފައިޒަރ ކޮމްޕެނީއިން އުފައްދާ ވެކްސިން އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތުކެއަރ ރެގިއުލޭޓަރީ އެޖެންސީ (އެމްއެޗްއާރުއޭ) އިން އަންނަނީ ވެކްސިން ރިވިއުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ރިވިއުގެ ތެރޭގައި އެމްއެޗްއާރުއޭއަށް ކްލިނިކަލް ޑާޓާތައް ވަގުތުން ބަލާލެވޭނެއެވެ. މިކަންކަމަށް ބެލުމަށްފަހު ވެކްސިން ބޭނުންކުރުމުގެ ހުއްދަދިނުމުގެ ކަންކަން އަވަސްކުރެވިގެންދާނެއެވެ.

މިއީ ޕަބްލިކް ހެލްތު އެމަރޖެންސީގައި ބޭނުންވާ ޑްރަގްސް އާއި ވެކްސިންގެ ކަންކަން އަވަސްކުރުމަށް ކުރާކަމެކެވެ.

ފައިޒަރ އިން ކޮވިޑް-19 އަށް ތައްޔާރުކުރަމުންދާ ވެކްސިންގެ 95 އިންސައްތަ ރައްކާތެރިަކަމަށް ވެކްސިންގެ ކްލިނިކަލް ޓްރަޔަލް އިން މިހާތަނަށް ހެދި ޓެސްޓުތަކުން ދައްކާ އިރު، މި ވެކްސިންގެ ޓްރަޔަލްތައް ކުރިއަށް ގެންގޮސްފައި ވަނީ 45،000 ވޮލެންޓިއަރުންނާއި އެކުއެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2020

ކޮވިޑް-19:ވެކްސިންއެއް އުފައްދަން އެމެރިކާއިން ކުރަމުންދާ މަސައްކަތުގައި ބޮޑު ދެކުންފުޏަކުން ބައިވެރިވެއްޖެ

31 މާރިޗު 2020
ކޮވިޑް-19:ވެކްސިންއެއް އުފައްދަން އެމެރިކާއިން ކުރަމުންދާ މަސައްކަތުގައި ބޮޑު ދެކުންފުޏަކުން ބައިވެރިވެއްޖެ
19 ފެބުރުއަރީ 2020

ކޮރޯނާއަށް ވެކްސިންއެއް އުފައްދަން އަހަރެއް ނުވަތަ ދޮޅު އަހަރު ނަގާނެ: ޑަބްލިއުއެޗްއޯ

19 ފެބުރުއަރީ 2020
ކޮރޯނާއަށް ވެކްސިންއެއް އުފައްދަން އަހަރެއް ނުވަތަ ދޮޅު އަހަރު ނަގާނެ: ޑަބްލިއުއެޗްއޯ
08 ފެބުރުއަރީ 2020

ކޯރޯނާވައިރަހަށް އެންމެ އަވަހަށް ވެކްސިންއެއް ތައްޔާރުވާނީ 2021 ގައި

08 ފެބުރުއަރީ 2020
ކޯރޯނާވައިރަހަށް އެންމެ އަވަހަށް ވެކްސިންއެއް ތައްޔާރުވާނީ 2021 ގައި
27 ޖެނުއަރީ 2020

ކޮރޯނާއަށް އެންމެ އަވަހަށް ވެކްސިންއެއް އުފެއްދޭނީ 6 މަހާއި 1 އަހަރު ދުވަހާ ދޭތެރޭގައި!

27 ޖެނުއަރީ 2020
ކޮރޯނާއަށް އެންމެ އަވަހަށް ވެކްސިންއެއް އުފެއްދޭނީ 6 މަހާއި 1 އަހަރު ދުވަހާ ދޭތެރޭގައި!
30 ޑިސެމްބަރު 2019

ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ގިނަވެ، ޕާކިސްތާނުގައި ޕޯލިއޯ ފެތުރެނީ

30 ޑިސެމްބަރު 2019
ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ގިނަވެ، ޕާކިސްތާނުގައި ޕޯލިއޯ ފެތުރެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު