Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލީ ކިއުންގް ހެންގް މަރުވުން

ސައުތު ކޮރެއާގެ ސަމްސެންގ ޕަވަރހައުސްގެ އުފެއްދި ލީ ކިއުންގ ހެންގ 78 އަހަރުގައި މަރުވެއްޖެ

ލީ މަރުވީ އާލާސްކަންފުޅާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާތާ ހަ އަހަރު ފަހުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2020 | އާދީއްތަ 17:48
ސަމްސެންގ ޕަވަރހައުސްގެ އުފެއްދި ލީ ކިއުންގ ހެންގ

ސަމްސެންގ ޕަވަރހައުސްގެ އުފެއްދި ލީ ކިއުންގ ހެންގ

ސައުތު ކޮރެއާގައި ސަމްސެންގ ޕަވަރހައުސް އުފެއްދި ލީ ކިއުންގ ހެންގް އުމުރުން 78 އަހަރުގައި މަރުވެއްޖެއެވެ.

ސަމްސެންގުން ބުނީ ލީ މަރުވީ މީގެ ހަ އަހަރު ކުރިން އޭނާއަށް ޖެހުނު ހާޓް އެޓޭކް އެއްގެ ސަބަބުން ހޮސްޕިޓަލުގައި ފާއިތުވެދިޔަ ހަ އަހަރު ފަރުވާ ހޯދުމަށް އެޑްމިޓް ކޮށްފައި ވަނިކޮށް ކަމަށާއި އޭނާ މަރުވީ އާދީއްތަ ދުވަހުގައި ކަމަށެވެ.

ލީ އަކީ ސައުތް ކޮރެއާގެ ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބެއް ގެނަސްފައިވާ ފަރާތެކެވެ. އެގޮތުން ސެމްސަންގްގެ ފޯނުތައް އަދި ޓީވީ ތަކަކީ އާންމުންގެ ތެރޭގައި މަޝްހޫރުވި އެއްޗެހިތަކެކެވެ.

78 އަހަރުގައި ލީ މަރުވިއިރު ލީ އަކީ ސައުތް ކޮރެއާގައި ހުރި އެންމެ މުއްސަނދި ފަރާތެވެ. ލީގެ މައްޗަށް މީގެ ކުރިން ކޮރަޕްޝަނުގެ މައްސަލަތަކަކާއި، ޓެކްސްއަށް މަކަރު ހެދި ކަމުގެ މައްސަލަ ވަނީ ސާބިތުވެފައެވެ. މީގެ އިތުރުން ލީގެ ސަބަބުން ކޮރެއާގެ އިގްތިސާދަށް ނުރަނގަޅު އަސަރު ކޮށްފައިވާ ކަމަށް ގިނަ ފަރާތްތަކަކުން ވަނީ ތުހުމަތު ކޮށްފައެވެ.

ޗޭބުލް.ކޮމްގެ ޗީފް އެގްޒެކެޓިވް އޮފް ކޯޕަރޭޓް ރިސާޗް ޗުންގް ސުންގް ސުޕް ވިދާޅުވީ ލީ އަކީ ސައުތް ކޮރެއާގެ ރައްޔިތުން ނަމޫނާއަކަށް ބަލާނެ ފަރާތެއް ކަމަށާއި، ހާއްސަކޮށް ކޮރެއާގެ އިގްތިސާދަށް ލީ އަކީ މުހިންމު ފަރާތެއް ކަމަށެވެ. އަދި ލީ ގެ ފަރާތުން ގިނަ ރައްޔިތުންތަކެއް މިސާލު ނަގާނެ ކަމަށް ސުންގް ސުޕް ވިދާޅުވިއެވެ.

ސަމްސެންގް ގްރޫޕު އާއި ގުޅިފައިވާ ފަރާތްތަކުން 2019 ވަނަ އަހަރު އެކަނިވެސް ވަނީ 289.6 މިލިއަންގެ ސާފް ފައިދާ ހޯދާފައެވެ. އަދި ސައުތް ކޮރެއާގެ ޖީޑީޕީގެ 17 އިންސައްތަ އަކީ ސެމްސަންގް ގްރޫޕްގެ ޕްރޮޑަކްޓް ތަކެވެ.

ސައުތު ކޮރެއާގެ ރައީސް އޮފީހުން ބުނީ އެ ގައުމުގެ ރައީސް މޫން ޖޭ އިން ވަނީ ލީގެ މަރުގެ ތައުޒިޔާ އާއިލާއަށް ފޮނުވަން ނިންމާފައި ކަމަށާއި، އަދި އޭނާގެ ޖަނާޒާގައި ޗީފް އޮފް ސްޓާފް ނޮހް ޔަންގ މިން އާއި ރައީސްގެ ސީނިއަރ ސެކެރެޓަރީ ލީ ހޯ ސެއުންގ ބައިވެރި ކުރަން ނިންމައިފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް މޫން ވިދާޅުވީ ލީގެ ލީޑަރޝިޕަކީ ނަމޫނާ ލީޑަރޝިޕެއް ކަމަށާއި އޭނާގެ ހަޔާތުގައި އެތަކެއް ހުރަސްތަކަކާއި ދިމާވެފައިވާ ކަމަށާއި އެކަމަކު އެ ހުރިހާ ހުރަސްތަކަކުން އަރައިގަނެ ކާމިޔާބު ހޯދައިފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި

ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި

02 އެޕްރީލު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

10 މާރިޗު 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު