Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެސްޓްރަޒެނެކާ ކޮވިޑް ވެކްސިން

އެސްޓްރަޒެނެކާ ވެކްސިންގެ އެއް ޑޯޒުން ތިން މަސް ދުވަހަށް ވެކްސިންގެ އަސަރު ހުރޭ

3 ފެބުރުއަރީ 2021 | ބުދަ 03:54

ފުރަތަމަ ޑޯޒް ދިނުމަށްފަހު ދެ ވަނަ ޑޯޒް ދިނުމާއި ދެމެދު ގިނަ ދުވަސް ހޭދަކޮށްފި ނަމަ ވެކްސިންގެ އަސަރު އިތުރުވޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 3 ފެބުރުއަރީ 2021 | ބުދަ 03:54
އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިން

އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިން

އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންގެ އެއް ޑޯޒް ޖެހުމުން ތިން މަސް ދުވަހަށް ވެކްސިންގެ އަސަރު ހުންނަކަމަށް އޮކްސްފޯޑުން އެންމެ ފަހުން ކުރި ދިރާސާއިން ދައްކައިފިއެވެ.

މި ދިރާސާއިން ދައްކާގޮތުން އެސްޓްރަޒެނެކާ ވެކްސިންގެ އެއް ޑޯޒް ޖެހުމުން ތިން މަސް ދުވަހަށް ވެކްސިންގެ އަސަރު ހުންނަ ވަރު 76 އިންސައްތަ ކާމިޔާބުކަމަށެވެ. އަދި ފުރަތަމަ ޑޯޒް ދިނުމަށްފަހު ދެ ވަނަ ޑޯޒް ދިނުމާ ދެމެދު ގިނަ ދުވަސް ހޭދަކޮށްފި ނަމަ ވެކްސިންގެ އަސަރު އިތުރުވާކަމަށް ދިރާސާއިން ދައްކައެވެ.

އަންގާރަ ދުވަހު އޮކްސްފޯޑުން ވަނީ މި ދިރާސާގެ ހޯދުންތަކުން، ވެކްސިންގެ ފުރަތަމަ ޑޯޒް ދޭތާ 12 ހަފްތާފަހުން ދެ ވަނަ ޑޯޒް ދިނުމުން ވެކްސިންގެ އަސަރުކުރާވަރު އިތުރުކަމަށް ދެއްކުމުން، މިގޮތަށް ވެކްސިން ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ބުނެފައެވެ. އެހެން ނަމަވެސް މިގޮތަށް ވެކްސިން ދިނުމުން އުމުރުން ދޮށީ މީހުންނަށް ވެކްސިންގެ އަސަރު ކުރާނީ ކިހާވަރަކަށް ކަމެއް މި ދިރާސާއިން ހާމަކޮށްފައެއް ނުވެއެވެ. އެހެން ކަމުން އިނގިރޭސިވިލާތުން ޚާއްޞަ އިސްކަމެއް ދީގެން އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ދޭއިރު، މިގޮތަށް ވެކްސިން ދިނުމުން އެމީހުންގެ ހަށިގަނޑަށް ވެކްސިންގެ އަސަރު އެންމެ އެކަށޭނަ ގޮތުގައި ކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ.

އޮކްސްފޯޑް ވެކްސިން ޓްރަޔަލްގެ ޗީފް އިންވެސްޓިގޭޓަރ އެންޑްރިއު ޕޮލާރޑް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް ފަހު 12 ހަފްތާ ފަހުން ދެވަނަ ޑޯޒް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި ވެކްސިންގެ ފުރަތަމަ ޑޯޒް ދޭތާ 22 ދުވަސް ފަހުން ބަލިން ރައްކާތެރިވާނެ ކަމަށެވެ.

އެސްޓްރަޒެނެކާ ރިސާރޗްގެ ޗީފް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދޭތާ 8 ހަފްތާ ނުވަތަ 12 ހަފްތާ ފަހުން ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަކީ ވެކްސިންގެ އަސަރު އެންމެ ބޮޑަށް ކުރާނެ ގޮތް ކަމަށް ބުނެފައެވެ.

އިނގިރޭސިވިލާތާއި، ބްރެޒިލް އަދި ސައުތު އެފްރިކާގައި ކުރިއަށް ގެންދިޔަ ވެކްސިންގެ ޓްރަޔަލްތައް ދައްކާގޮތުން ފުރަތަމަ ޑޯޒް އާއި ދެވަނަ ޑޯޒް ދެވޭ މުއްދަތު ދުރުކުރެވިއްޖެ ނަަމަ މީހާގެ ދިފާޢީ ނިޒާމު ވައިރަހާ ދެކޮޅަށް މަސައްކަތްކުރާ ވަރު އިތުރުކަމަށް ބުނެފައެވެ. މި ޓްރަޔަލްތަކުގައި ބައިވެރިވެފައި ވަނީ އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނެވެ.

އުމުރުން 56 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމުގައި ފުރަތަމަ ޑޯޒަށް ފަހު ދެވަނަ ޑޯޒްއާ ދެމެދު އެންމެ ދިގު މުއްދަތެއްގެ ގޮތުގައި ޓެސްޓުކޮށްފައި ވަނީ 6 ހަފްތާ އާއި 8 ހަފްތާއާ ދެމެދުގެ މުއްދަތެކެވެ.

މި ދިރާސާއިން ދައްކާގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް ދޭތާ 12 ހަފްތާ ނުވަތަ އެއަށްވުރެ ދިގު މުއްދަތަަކަށް ފަހު ވެކްސިންގެ ދެވަނަ ޑޯޒް ދިނުމުން ވެކްސިނުން އަސަރުކުރަނީ 82.4 އިންސައްތައެވެ. މީގެއިތުރުން 6 ހަފްތާއަށް ވުރެ ކުޑަ މުއްދަތަކަށްފަހު، ވެކްސިންގެ ދެ ވަނަ ޑޯޒް ދީފިނަމަ ވެކްސިނުން އަސަރުކުރާ ވަރު ދައްކަނީ 54.9 އިންސައްތަ ކަމަށެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް ފަހު، އޭގެ 12 ހަފްތާ ފަހުން ދެވަނަ ވެކްސިން ދިން 12،408 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ކޮވިޑް-19 ގެ އަސަރުކޮށްގެން، 22 ދުވަސް ފަހުން ހޮސްޕިޓަލަށް ދާންޖެހިފައި ނުވާކަމަށް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

އޮކްސްފޯޑުން ވަނީ ވެކްސިން ޖެހުމުން ވައިރަހުގެ ޓްރާންސްމިޝަން ރޭޓް 67 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް އިނގިރޭސިވިލާތުގައި ބެލި ބެލުންތަކުން ފާހަގަވެފައިވާ ކަމަށެވެ.

އޮކްސްފޯޑް އާއި އެސްޓްރަޒެނެކާގެ މިވެކްސިން އުމުރުން 55 އަހަރުން މަތީގެ މީހުންނަށް އެންމެ އެކަށޭނެ ގޮތުގައި މަސައްކަތްކުރާނެ ކަމާމެދު ޔޫރަޕިއަން މެޑިސިން ރެގިއުލޭޓަރުން ސުވާލު އުފައްދާފައިވާއިރު، އިނގިރޭސިވިލާތުން ވަނީ މިވެކްސިން ހުރިހާ އުމުރުފުރާއަކަށް މަސައްކަތްކުރާ ކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
02 މާރިޗު 2017

މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ

02 މާރިޗު 2017
މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް