Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމްގެ މައްސަލަ

ގާސިމްގެ ބަންދުގެ މުއްދަތު ޖެހީ އަނގަ ބަހުން އެދިގެން: ހިސާން

ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އިމްތިޔާޒު ގާނޫނާއި ހިލާފަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 30 އެޕްރީލު 2017 | އާދީއްތަ 19:13
ގާނޫނީ ވަކީލު ހިސާން ހުސައިން

ގާނޫނީ ވަކީލު ހިސާން ހުސައިން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދަށް ގޮތެއް ނިންމާފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަނގަ ބަހުން އެންގި އެންގުމަކަށް ކަމަށް ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހަރަކާތްތެރިވާ ހިސާން ހަސަން ވިދާޅުވެއްޖެ އެވެ.

ގާސިމްގެ ޝަރީއަތަށް ފަހު، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހިސާން ވިދާޅުވީ، އާދިއްތަ ދުވަހުގެ އޮތް ޝަރީއަތުގެ އަޑު އެހުމުގައި ގިނަ ކަންތައްތަކެއް ގާނޫނީ ވަކީލުންގެ ޓީމުން ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން އަމުރުގެ ސައްހަކަމާ މެދު ގޮތެއް ނިންމެވުމަށް އިންނެވި ގާޒީ އަކީ އަމުރު ނެރުއްވި ފަރާތަށް ވާތީ އެކަން ފާހަގަކުރެއްވި ކަމަށް ހިސާން ވިދާޅުވި އެވެ.

Advertisement - newsAdvertisement

އިމްތިޔާޒް ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމުގައި އަމަލުކޮށްފައިވާ ކަން ވެސް ފާހަގަކުރެއްވި ކަމަށް ހިސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އިމްތިޔާޒު ގާނޫނުގައި ބަންދާ މެދު ގޮތެއް ނިންމެވުމަށްވެސް ކޯޓަށް ހުށަހަޅަން ޖެހެނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކަމަށްވާ އިރު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާފައިވަނީ ފުލުހުން ކަމަށެވެ. މީގެ އިތުރުން ގާސިމް ބަންދުގައި ބަހައްޓާފައިވަނީ އެއްވެސް ހެއްކެތް ނެތި ކަމަށް ހިސާން ވިދާޅުވި އެވެ.

"ބަންދުގެ މުއްދަތުގެ މަޖިލީސް ބަންދުކުރެވިގެން ސިއްރުކުރެވިގެން ހިންގިފައިވަނީ ގާނޫނީ އިޖުރާއަތްތަކާއި ހިލާފަށް. ދެން ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން ދެއްކެވި ވާހަކަފުޅުގައި، ފާހަގަކޮށްލަން ބޭނުން އެބޭފުޅުންވެސް ފާހަގަކޮށްފައިވޭ، މޯލްޑިވްސް ޕޮލިސް ސަރވިސް އިންކަން ފޯމް ހުށަހެޅީ ކްރިމިނަލް ކޯޓަށް، ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެދި. އެއްވެސް ލިޔެކިއުމެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް އެކަމާ ގުޅިގެން ފޮނުވާފައިނުވާނެ ކަމައި ހަމައެކަނި އަނގަބަހުން ކަމަށް އެދިފައިވާ އެދުމެއް އެދިފައި ވަނީ." ހިސާން ވިދާޅުވި އެވެ.

ޕީޖީ އޮފީހުން އަނގަބަހުން ކޯޓު އަމުރު ނެރުމަށް އެންގި ކަމަށް ބުނެފައިވާ އިރު، އާއްމުގޮތެއްގައި ކޯޓު އަމުރު ނެރުމަށާއި މުއްދަތު އިތުރު ކުރަނީ ލިޔުމުން ހުށަހަޅާއިގެންނެވެ. މީގެ އިތުރުން މީހަކު ހައްޔަރު ކުރުމަށް ނެރޭ އަމުރެއްގެ ސައްހަކަމާއި މެދު ގޮތެއް ނިންމުމަށް އިނުމަކީ މައްސަލައެއް ނޫން ކަމަށް ޕީޖީ އޮފީހުގެ ގާނޫނީ ވަކީލުން ހާމަކޮށްފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

" ދުނިޔޭގައި ކުރިއަރާފައިވާ މުޖުތަމައުތަކުގަ އާއި އަދި އަޅުގަނޑުމެންގެ ކޯޓުތަކުގައި އާއްމުކޮށް އަމަލުކުރާ އުސޫލުތަކަށްބަލާ އިރު، މިސާލަކަށް ދަންނަވާނަމަ ހައިކޯޓުގައިވެސް އެއް މައްސަލައެއް ނިންމަވާ ފަނޑިޔާރަކު އެމައްސަލައާއި ގުޅިގެން ހުށަހެޅޭ އެހެން މައްސަލަތަކުގައިވެސް ބެންޗުގައި ބައިވެރިވެވަޑައި ނުގަންނަވާކަން ފާހަގަކުރިން." ހިސާން ވިދާޅުވި އެވެ

ގާސިމް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާ މެދު ގޮތެއް ނިންމުމަށް ދެން ޝަރީއަތެއް ބާއްވާނެ ތާރީހެއް އާދިއްތަ ދުވަހުގެ އަޑު އެހުމުގައި ކަނޑައަޅާފައެއް ނުވެ އެވެ.

އޭޕްރީލް 6 ގައި ގާސިމް ބަންދުކުރި މައްސަލައިގައި ހައިކޯޓުން ވަނީ އިމްތިޔާޒުގެ ގާނޫނާ ހިލާފަށް ބަންދުކޮށްފައިވާ ކަމަށް ކަނޑައަޅާފަ އެވެ. އެއާއެކު އެފަހަރު ގާސިމް ދޫކޮށްލުމަށް ފަހު، އޭޕްރީލް 20 ވަނަ ދުވަހު އަލުން ހައްޔަރުކުރި އެވެ. އެއަށް ފަހު، ކޯޓުން ވަނީ ގާސިމްގެ ބަންދަށް 15 ދުވަހުގެ މުއްދަތު ޖަހައިދީފަ އެވެ.

އިތުރަށް ކިޔާލަން

20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
07 މާރިޗު 2017

ޒައިދުލް އަމީންގެ ބަންދުގެ މުއްދަތަށް އިތުރު 13 ދުވަސް ޖަހައިފި

07 މާރިޗު 2017
ޒައިދުލް އަމީންގެ ބަންދުގެ މުއްދަތަށް އިތުރު 13 ދުވަސް ޖަހައިފި
03 މާރިޗު 2017

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު