Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މިޔަންމާ އަސްކަރިއްޔާގެ ބަޣާވާތް

މިޔަންމާގެ އަސްކަރީ ބަޣާވާތް ހުއްޓާ ނުލައިފިނަމަ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެކަމުގެ އިންޒާރުދީފި

އެމެރިކާއިން ވަނީ އަސްކަރިއްޔާގެ ފިޔަވަޅު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2021 | އަންގާރަ 03:21
އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން | ބީބީސީ

މިޔަންމާގެ އަސްކަރީ ބަޣާވާތް ހުއްޓާ ނުލައިފިނަމަ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެކަމުގެ އިންޒާރުދީފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާއިން ޑިމޮކްރަސީގެ ދިފާޢުގައި އަބަދުވެސް ނިކުންނާނެކަމަށް ބުނެފައެވެ. މިޔަންމާގައި މިދިޔަ ނޮވެމްބަރުމަހު ބޭއްވި އާންމު އިންތިޚާބުގެ މައްސަލަ ހޫނުވެ މިޔަންމާގެ ސްޓޭޓް ކައުންސިލަރ އައުން ސާން ސޫޗީ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. ސޫޗީގެ އިތުރުން ގައުމުގެ ރައީސް އާއި ސަރުކާރުގެ އިސް 45 އޮފިޝަލުން ވެސް ސިފައިންގެ ބެލުމުގެ ދަށުގައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް ސަރުކާރު ވައްޓާލާފައިވާއިރު، ވެރިކަމުގެ ކަންކަން ކަނޑައެޅުމަށް އަލުން އިންތިޚާބެއް ބޭއްވުމަށް ވަނީ ގޮވައިލާފައެވެ. މި މައްސަލައިގައި ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ދުވަސްވީ ޑިމޮކްރަސީ އޮންނަ އެމެރިކާއިން ވަނީ އަސްކަރިއްޔާގެ ފިޔަވަޅު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އެމެރިކާގެ ރައީސްކަމާ މިދިޔަ މަހު ހަވާލުވެވަޑައިގެންނެވި ރައީސް ޖޯ ބައިޑަންވަނީ އެމެރިކާއިން ޑިމޮކްރަސީގެ ދިފާޢުގައި އަބަދުވެސް ނިކުންނާނެކަމަށް ބުނެފައެވެ. އަދި މިޔަންމާގެ އަސްކަރިއްޔާގެ މި އަމަލަކީ ގިނަ އަދަދެއްގެ އާންމުން ކޮވިޑްގެ ނުރައްކަލުގެ ތެރެއަށް ނުކުމެ އިންތިޚާބުކުރި ސަރުކާރެއް ވައްޓާލުމަށް ހިންގި އަމަލެއްކަމުން މިކަމުގެ ސަބަބުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމަށް ޖޯ ބައިޑަން ވިދާޅުވިއެވެ.

މިޔަންމާގެ ސަރުކާރުގެ ނިޒާމު އޮތްގޮތުން މޯގެ ކުރިން ވެސް އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެމެރިކާއިން އަޅާފައިވާކަން ފާހަގަކުރައްވައި ރައީސް ބައިޑަންވަނީ މިޔަންމާގެ ރައްޔިތުންނާއި އެ ރައްޔިތުން ދިން ވޯޓުގެ ހައްޤުގައި އެ ޤައުމު ހަމަ މަގަށް އެޅުވުމަށް ދަތިކުރުމުގެ އަޅަން ވެސް ވިސްނަމުންދާކަމަށެވެ. އެގޮތުން މިކަމާ ގުޅޭގޮތުން އެމެރިކާގެ ޚާރިޖިއްޔާއިން މިޔަންމާގެ މައްސަލަ ރިވިއުކުރުމުގެ މަސައްކަތް ކުރަމުންދާކަން އެމެރިކާގެ ރައީސް ހާމަކުރެއްވިއެވެ. އެހެންނަމަވެސް، މިފަހަރު އަޅާނެ ދަތިކުރުމުގެ އެއްވެސް ތަފުސީލެއް އެމަނިކުފާނު ދެއްވާފައެއް ނުވެއެވެ.

އެމެރިކާގެ އިތުރުން ދާދި ފަހުން ވިލާތުގެ އިއްތިހާދުގެ ޤައުމުތަކާއި އެ އިއްތިހާދުން ދާދިފަހުން ވަކިވި އިނގިރޭސިވިލާތުން ވެސް ވަނީ މިޔަންމާގެ އަސްކަރިއްޔާގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މި މައްސަލައިގައި އަވަސް ހައްލެއް ހޯދާ މިޔަންމާގެ ޑިމޮކްރަސީގެ ނިޒާމު ދެމެހެއްޓުމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޝް ވަނީ ގޮވައިލައްވާފައެވެ. އަދި މިޔަންމާގެ އަސްކަރިއްޔައިން ހިޞާރުކޮށްފައިތިބި ސްޓޭޓް ކައުންސިލަރ އައުން ސާން ސޫޗީއާއި، ގައުމުގެ ރައީސް އާއި ސަރުކާރުގެ އިސް 45 އޮފިޝަލުން މިހާރުން މިހާރަށް ދޫކޮށްލުމަށް ގުޓޭރޭޝް ގޮވާލެއްވިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން، މިޔަމަންމާގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް ސޫޗީއާއި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ބަންދުކުރީ މިޔަންމާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ސޫޗީ ނިސްބަތްވާ މިޔަންމާގެ ވެރިކަން ކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ޕާޓީން ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބުކޮށްފައިވާކަން އިޢުލާން ކޮށްފައިވަނިކޮށްނެވެ.

މި އިންތިޚާބުގައި އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތީގޭގެ 224 ގޮނޑިއަކަށާއި ތިރީގޭގެ 440 ގޮނޑިއަކަށް ވޯޓު ލާފައިވެއެވެ. އޭގެ ތެރެއިން 480 އަށް ވުރެ ގިނަ ގޮނޑި ނެޝަނަލް ލީގް ފޯ ޑިމޮކްރަސީން ވަނީ ކާމިޔާބުކޮށްފައެވެ. މިޔަންމާގައި ސަރުކާރު އެކުލަވައިލަން ބޭނުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 322 ގޮނޑި އެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން މިޔަންމާގެ މައި އިދިކޮޅު ޕާޓީ އަދި އަސްކަރިއްޔާގެ އެއްބާރުލުން ލިބޭ ޔޫނިއަން ސޮލިޑާރިޓީ އެންޑް ޑެވެލޮޕްމެންޓް ޕާޓީ (ޔޫއެސްޑީޕީ)އަށް ލިބިފައި ވަނީ 24 ގޮނޑި އެވެ.

ޔޫ.އެސް.ޑީ.ޕީ.އިން ވަނީ މި ނަތީޖާ ބަލައިގަންނަން ދެކޮޅު ހަދައި، މިނިވަން، ހަމަހަމަ، ވަކި ފަރާތަކަށް ނުޖެހޭ އަދި މިނިވަން އިންތިޚާބެއް ބާއްވަން ޖެހޭ ކަމަށް ބުނެފައެވެ. އަދި ވޯޓުލާ މީހުންގެ ލިސްޓުގައި މައްސަލަތައް ހުރި ކަމަށާ، ގާނޫނުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެފައެވެ.

އަސްކަރިއްޔާއިން ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނުބަލައިފިނަމަ ސަރުކާރު ވައްޓާލާނެކަމުގެ އިންޒާރު ވެސް ދީފައެވެ. އިދިކޮޅުން އިންތިޚާބު ބަލައިނުގަންނާނެކަމުގައި ބުނެފައވާއިރު، އިންތިޚާބާ ބެހޭ މަރުކަޒު ޔޫނިއަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގައި އިންސާފާ ޚިލާފަށް އެއްވެސް ކަމެއް ހިނގާފައި ނުވާނެކަމަށް ބުނެފައެވެ. އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ އިންތިޚާބާ ގުޅޭ 287 ޝަކުވާއެއް ބަލާފައިވާއިރު، ޤަވައިދާ ޚިލާފު އެއްވެސް ކަމެއް އިންތިޚާބުގައި ހިނގާފައިވާކަން ހާމަވެފައިނުވާކަމަށެވެ.

ނޮވެމްބަރުމަހު ބޭއްވި އާންމު އިންތިޚާބުގެ މައްސަލަ ހޫނުވެ މިޔަންމާގެ ސްޓޭޓް ކައުންސިލަރ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންދިޔަކަން ވެރިކަން ކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީގެ ސްޕޯކްސްޕަރސަން ރޮއިޓާސްއަށް ވަނީ ކަށަވަރުކޮށްދީފައެވެ. ސޫޗީގެ އިތުރުން އިތުރު ބައެއް ފަރާތްތައް މިގޮތަށް ގެންދާނެކަމަށް ބެލެވޭކަމަށް އޭނާ ވަނީ ބުނަފައެވެ.

މިޔަންމާގެ ޑިމޮކްރަސީއަށް މަސައްކަތް ކުރެއްވުމުގައި ނަމޫނާ ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފައިވާ އަންގް ސަން ސޫޗީގެ އެން.އެލް.ޑީ.ން 2015 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ޔޫ.އެސް.ޑީ.ޕީ ބޮޑު ތަފާތަކުން ބަލި ކުރެއްވުމަށް ފަހުގައެވެ. އަދި އެގައުމުގައި 50 އަހަރު ވަންދެން އޮތް އަސްކަރީ ވެރިކަން ނިމުމަކަށް ގެނައުމަށް ފަހުގައެވެ.

ނަމަވެސް އަސްކަރިއްޔާގެ ވެރިކަމުގައި މިޔަންމާގެ ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙަކާ ގުޅިގެން ސޫޗީއަށް ރައީސް ކަމަށް ވަޑައިގަނެވޭ ގޮތެއް ނުވިއެވެ. އެ އިޞްލާޙުގައިވާ ގޮތުން ބޭރު ގައުމެއްގެ ރައްޔިތުންގެ ގޮތުގައި ދަރީން ރަޖިސްޓާކޮށްފައިވާ މީހަކަށް މިޔަންމާގެ ރިޔާސަތަށް ވަޑައެއް ނުގަނެވޭނެއެވެ. އަދި ސޫޗީގެ ދެ ދަރިންނަކީ ވެސް އިނގިރޭސި ރައްޔިތުން ކަމުން އޭނާއަށް ރައީސް ކަމަށް އިސްވެވޭ ގޮތެއް ނުވިއެވެ.

އެކަމާ ގުޅިގެން ސޫޗީއަށް އެގައުމުގެ ޑިފެކްޓޯ ލީޑަރުކަން ކުރެވޭ ގޮތަށް "ސްޓޭޓް ކައުންސިލަރ"ގެ ނަމުގައި މަގާމެއް އުފައްދާފައި އެ މަގާމަށް ސޫޗީ ވަނީ ޢައްޔަނުކޮށްފައެވެ.

ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ ސޫޗީގެ ވެރިކަމުގައި ވެސް މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންގާ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކުގައި ކުރިއަށް ގެންދާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އޭނާއަށް ވަނީ ބައިނަލްއަޤުވާމީ ފާޑު ކިޔުންތައް އަމާޒުވެފައެވެ.

އެގޮތުން އޮގަސްޓު 2017 ގައި މިޔަންމާގެ އަސްކަރިއްޔާއިން، ގިނަ އަދަދެއްގެ ރޮހިންގާއިން ދިރިއުޅޭ ރާހީން ސްޓޭޓުގައި ފެށި އަނިޔާވެރި އަސްކަރީ އޮޕަރޭޝަނުގައި ބައެއް އަވަށްތައް އެއްކޮށް އަންދާލައި، އާންމު ރައްޔިތުންނަށް އަނިޔާކޮށް، ރޭޕްކުރިކަމަށް އދ.ގެ އިންވެސްޓިގޭޓަރުން ބުންޏެވެ. އޭގެ ސަބަބަބުން އެތައް ހާސް ރޮހިންގާއިންނަށް މިޔަންމާ ދޫކޮށް ދާން މަޖުބޫރުވިއެވެ. އަދި އދ.އިން ވަނީ އެއީ ނަސްލެއް ނެތިކޮށްލުމުގެ ގޮތުގައި ސިފަކޮށްފައެވެ.

މިޔަންމާއިން ބޭރުގައި ސޫޗީއަށް ފާޑު ކިޔުންތައް އަމާޒުވި ނަމަވެސް އެގައުމުގައި އަދިވެސް އޭނާއަށް ތާއިދު އޮތްކަން މިފަހަރުގެ އިންތިޚާބުން ވަނީ އެނގިގެން ގޮސްފައެވެ.

މިޔަންމާގައި އަސްކަރިއްޔާއިން ބަޣާވާތްކޮށް ސޫޗީ ބަންދުކޮށްފައިވާ ކަމުގެ ރިޕޯޓުތައް ފެތުރެމުންދާއިރު، އެގައުމުގެ ސްޓޭޓް މީޑިއާ ވެސް ވަނީ އަސްކަރިއްޔާއިން ހިސާރުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އިންޓަރނެޓްގެ ޚިދުމަތާއި ފޯނުގެ ޚިދުމަތައް ބުރޫ އަރާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ

ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ

06 މާރިޗު 2017
އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

05 މާރިޗު 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު