Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގައި ވެކްސިނޭޝަން ފެށުން

ކޮވިޑާ ދެކޮޅު ހަގުރާމައިގެ ކުރީސަފުގައި އެ ތިއްބެވީ ދިވެހި ކަނބަލުން

ގައުމުގެ ހައްގުގައި އަބަދުވެސް ވަނީ ނަމޫނާ ދައްކައިދީފައި

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2021 | ހޯމަ 10:36
ޑިފެންސް މިނިސްޓަރ މާރިޔާދީދީ މިއަދު ވެކްސިންޖައްސަވަނީ

ޑިފެންސް މިނިސްޓަރ މާރިޔާދީދީ މިއަދު ވެކްސިންޖައްސަވަނީ

ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި އެންމެ ގިނަބަޔަކު މަރުވެ އެންމެ ބޮޑު ބިރުވެރިކަމެއް ފެތުރިގެންދިޔައީ 1978 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް ބިންދައިލި ކޮލެރާގެ ބޮޑުރާޅުގެ ސަބަބުންނެވެ. ރާއްޖޭގެ އުތުރުން ދެކުނަށް ސަތޭކައަށް ވުރެ ގިނަ ރަށްރަށުގައި ކޮލެރާ ފެތުރުނެވެ. އެބިރުވެރިކަން ނުފޯރާ އަތޮޅެއް ނެތެވެ. މުޅިރާއްޖެއިން އެތައް ސަތޭކަ ބަޔަކު މަރުވިއެވެ. ދުވަސްވަރަކީ ބިދޭސީ މަސައްކަތު މީހުން ރާއްޖޭގައި ދިރިއުޅުނު ދުވަސްވަރެއް ނޫނެވެ. އެހެންވީމާ ކޮލެރާގެ ބޮޑުރާޅުގެ ނުރައްކާ ބަރުދާސްތުކުރީ ހަމައެކަނި ދިވެހިންނެވެ. އެބިރުވެރިކަމުން އަރައިގަތީ ދިވެހީންގެ ބުރަމަސައްކަތާއި ވިސްނުމާއި ޙިކުމަތްތެރިކަމުންނެވެ.

ކޮލެރާއާ ދެކޮޅަށް ދިވެހިން ކުރި ޖިހާދަކީ ތާރީޚުގައި މަތިވެރި ޖިހާދެކެވެ. މާގިނަ ވަސީލަތްތަކެއް ނެތި އެ ބިރުވެރިކަމުން އަރައިގަތުމަށް ސަރުކާރާއި ރައްޔިތުން ގުޅިގެން ދެއްކީ ނަމޫނާ ހިތްވަރެކެވެ. ކޮލެރާއާ ދެކޮޅަށް ސަރުކާރުން ރޭވިރޭވުންތަކުގެ މޭސްތިރިޔަކީ އޭރުގެ ހެލްތު މިނިސްޓަރ މޫމިނާ ހަލީމެވެ. އަންހެންބޭފުޅެކެވެ. ރާއްޖޭގެ ތާރީޚުގައި ވެސް ކެބިނެޓަށް ޢައްޔަން ކުރެވުނު ފުރަތަމަ އަންހެން މިނިސްޓަރެވެ. އެކަމަނާއަށް ރައީސް ނާސިރު ހެލްތު މިނިސްޓަރުކަން ދެއްވީ 1977 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. ރައީސް ނާސިރުގެ ދައުރު ނިމެންދެން އެކަމަނާ އެ މަގާމުގައި ދެމިހުންނެވިއެވެ. ކޮލެރާގެ ބޮޑުރާޅު ދިވެހިރާއްޖެއަށް ބިންދައިލީ އެދުވަސްވަރުގެ ތެރޭގައެވެ.

ސިއްޙީ ޚިދުމަތުގައި އަންހެނުންގެ ބާރުވެރިކަން މި ދިވެހިރާއްޖޭގައި ފެށުނީ އޮނަރަބަލް މޫމިނާ ހަލީމުގެ ހެލްތު މިނިސްޓަރުކަމުގައެވެ. އެހިސާބުން ފެށިގެން މިހާތަނަށް ދިވެހި އަންހެނުން އަންނަނީ މި ދާއިރާގައި މި ދިވެހިރާއްޖެއާއި ދުނިޔެއަށް ވެސް ނަމޫނާ ދައްކަމުންނެވެ. މުޅިދުނިޔޭގައި މިހާރު ފެތުރިފައިވާ ކޮވިޑުގެ ވަބާއާ ދެކޮޅަށް ދިވެހިން ކުރަމުންދާ ހަގުރާމައިގައި ވެސް އެންމެ އިސް ދައުރެއް އަދާކުރަމުންދަނީ ދިވެހި އަންހެނުންނެވެ. ދިވެހި ސިއްޙީ ޚިދުމަތްތެރިންނެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ މަގުދެއްކެވުމާއި ޙިކުމަތްތެރިކަމުގެ ފަހަތުންނެވެ.

ދުނިޔޭގެ ގައުމުތަކުގައި އަންހެނުން ލީޑަރޝިޕްގެ ދައުރެއް އަދާކުރަމުންދާ ގައުމުތަކުގެ ވާހަކަ އެންމެން ވެސް ދައްކައެވެ. އެސްޓޯނިޔާއޭ ކިޔުނު ގައުމުގެ ރައީސާއާއި ބޮޑުވަޒީރަކީ ވެސް އަންހެންބޭފުޅުންނޭ ބުނެއެވެ. ކޮވިޑާ ދެކޮޅަށް ދުނިޔޭގައި އެންމެ ވަރުގަދަ ސާބިތުކަމެއް ދައްކަމުންދާ ނިއުޒިލެންޑުން ނެރެމުން އެދާ ނަތީޖާތަކުގެ ސިއްރަކީ އެ ގައުމުގެ ބޮޑުވަޒީރުކަމުގައި ހުންނެވި އަންހެން ބޭފުޅެއްގެ ޙިކުމަތްތެރިކަމާއި ސިއްޙީ ޓީމުގައި ތިއްބެވި އަންހެން ބޭފުޅުންގެ ނުގުޑާ އަޒުމުގެ ސަބަބުންނޭ ވެސް ބުނެއެވެ. ތަފާސްހިސާބުގެ އަލީގައި ވާހަކަ ދައްކާ ގިނަބަޔަކު ފާހަގަކުރާ ގޮތުގައި ކޮވިޑާ ދެކޮޅަށް އެންމެ ބޮޑު ކުރިއެރުން ހާސިލުކުރަމުން ދަނީ މިހަނގުރާމައިގައި އަންހެނުންނަށް އިސްދައުރެއް ލިބިފައިވާ ގައުމުތަކުންނެވެ.

ރާއްޖޭގެ ސިއްޙީ ޚިދުމަތްތެރިންގެ ޓީމުގެ ލީޑަރޝިޕްގައި ތިއްބެވީ އަންހެން ބޭފުޅުންނެވެ. ރެޔާދުވާ އެއްކޮށްލައިގެން ވަރުބަލިކަމެއްނެތި ކޮވިޑާ ދެކޮޅަށް ކުރަމުންދާ ހަގުރާމައިގެ ކުރީސަފަށް ނިކުމެގެން އެތިބީ ގިނައިން އަންހެނުންނެވެ. ސިއްޙީ ޚިދުމަތުގެ ދާއިރާގައި ވަޒީފާއަދާކުރާ ގިނަ ދިވެހިންނަކީ ވެސް އަންހެނުންނެވެ. ކޮވިޑާ ދެކޮޅަށް މިއަދު ދިވެހިރާއްޖޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ އެމީހެއްގެ ގަޔަށް ވެކްސިން ޖެހުނު ދިވެއްސަކީ ވެސް ސިއްޙީ ޚިދުމަތްތެރިންގެ ތެރެއިން އަންހެނެކެވެ. ޑޮކްޓަރެކެވެ. މިހުންނަނީ ތާރީޚުގައި ފާހަގަކުރަންޖެހޭ މުހިއްމު ރިކޯޑުތަކެވެ. ދިވެހިން ހިތްވަރު ލިބިގަންނަން ޖެހޭ ކަންކަމެވެ.

ކޮލެރާގެ ނުރައްކާތެރިކަމުން ދިވެހިން އަރައިގަތީ ވެސް އަންހެނުންގެ ލީޑަރޝިޕް ދެއްކުމާއި ހިތްވަރާއި ބުރަމަސައްކަތުންނެވެ. އޭގެ ސާޅީސްތިން އަހަރުފަހުން މިހާރު ބިންދާލާފައިވާ ކޮވިޑް ރާޅުގެ އޮއިވަރުން ދިވެހިން ސަލާމަތްކުރުމުގައި ނަމޫނާ ދައްކަމުން އެގެންދަނީ ވެސް ހިތްވަރުގަދަ ދިވެހި ކަނބަލުންނެވެ. ގައުމުގެ ނަމުގައި އެންމެން ވެސް އެކަނބަލުންނަށް ޝުކުރުވެރިވުން ހައްގެވެ. އިތުބާރުކޮށް އެއްބާރުލުން ދިނުން ހައްގެވެ.

ކޮވިޑް ވެކްސިނަކީ އިންސާނުންގެ ސަލާމަތަށްޓަކައި ފަހަކަށްއައިސް ދުނިޔޭގައި އުފެއްދި އެންމެ މުހިއްމު އުފެއްދުމެވެ. މިވެކްސިން ސިޔާސީނުކޮށް މީގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި ކޮވިޑްގެ ބަނަކަން ފުހެލުމަކީ އެންމެންގެ ވެސް ޒިންމާއެކެވެ. އެހެންނަމަވެސް ކޮންމެވެސް ބަޔަކު ސިޔާސީ މަންފާއެއްގެ އެދުމުގައި ކޮވިޑް ވެކްސިން ސިޔާސީކުރުމަށް މަސައްކަތް ކުރަމުންދާތީ ފެނެއެވެ. ވެކްސިންގެ އިތުބާރު ގެއްލުވައިލުމަށާއި ސަރުކާރުގެ ވެކްސިން ޕްރޮގްރާމުގެ ނިޔަތާމެދު ސުވާލު އުފެދޭގޮތަށް ވާހަކަ ދައްކާތީ ފެނެއެވެ. އެއީ ވަރަށް ހިތާމަވެރިކަމެކެވެ. ކޮވިޑަކީ ސިޔާސީ ފިކުރުތައް ވަކިކޮށްގެން މީހުންނަށް ހަމަލަދޭ އެއްޗެއް ނޫނެވެ. އެއީ ސަރުކާރެއް، އިދިކޮޅެއް، އަންހެނެއް، ފިރިހެނެއް، ވަކިކުރަން ދަންނަ އެއްޗެއް ނޫނެވެ. އެހެންވީމާ މިދަނޑިވަޅުގައި ކޮވިޑް ވެކްސިން ސިޔާސީކުރަން އުޅުމަކީ ކޮންމެ ބަޔަކު ކުރިއަސް އިންސާނީ މަސްލަޙަތާއި ގައުމީ މަސްލަޙަތާ ދެކޮޅަށް ކުރާ ވަރަށް ވިޔާނުދާ ކަމެކެވެ. އެއީ ގައުމުގެ ހައްގުގައި ހުއްޓާލަން ޖެހޭ ކަމެކެވެ.

ކޮންމެ ގައުމެއްގައި ކަމަށްވިޔަސް ވެކްސިން ޕްރޮގްރާމެއް ކާމިޔާބުވާނީ ރައްޔިތުންގެ އިތުބާރު ލިބިގެންނެވެ. އެ އިތުބާރު އުފެއްދުމަށްޓަކައި މުޖުތަމަޢުގެ އެކިދިމަދިމާލުން ނަމޫނާ ވެސް ދައްކަންޖެހޭނެއެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދުގައި މި ޕްރޮގްރާމް މިއަދު ފެށިގެން ދިޔައިރު މިދެންނެވި ނަމޫނާ ދެއްކުން ފެނިގެންދިޔައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެއް މުވައްސިސް ކޮލިގޭ މުހައްމަދު އުމަރު މަނިކު ހިމެނިވަޑައިގަތީ ވެކްސިން އެންމެ ފުރަތަމަ ނެންގެވި ދިވެހިންގެ ތެރޭގައެވެ. އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ ޔުނިވަރސަލް އެންޓަރޕްރައިޒަސްގެ ޗެއަރމަނެވެ. މި ވެކްސިނަކީ ދިވެހިންގެ އުފާވެރި ދިރިއުޅުން ދިވެހިންނަށް އަލުން ގެނެސްދޭނެ ވަސީލަތްކަން ގަބޫލުކުރައްވައި އެއީ އިތުބާރު ވަސީލަތެއްކަން ދިވެހިންނަށް އޭނާ އެ ވިދާޅުވެދެއްވީއެވެ.

އެމްޔޫ މަނިކު ނަމޫނާ ދެއްކެވި ގޮތަށް ރާއްޖޭގެ އިޤުތިޞާދުގެ އެކި ދިމަދިމާލުން އިތުރު ބޭފުޅުން ވެސް ކުރިއަށް ނުކުމެވަޑައިގެން ރައްޔިތުންނަށް ނަމޫނާ ދައްކަވަން އެބަޖެހިވަޑައިގަންނަވައެވެ. ވިޔަފާރި ކޮމިއުނިޓީއަކީ މުޖުތަމަޢުގެ ވިންދެވެ. ރައްޔިތުންނަށް މަގުދައްކައި ރައްޔިތުންނައިގެން ސަލާމަތުގެ އައްސޭރިޔަކަށް ގެންދިއުމުގައި ވިޔަފާރި ކޮމިއުނިޓީގެ ލީޑަރޝިޕްގެ ދައުރު ވަރަށް މުހިއްމެވެ. އެހެންވީމާ މިއީ ކޮވިޑް ވެކްސިނުގެ ރައްކާތެރިކަން ބުނެދީ އަމަލީ ގޮތުން ވެސް އެއީ ކޮންއެއްޗެއްކަން ބުނެދީ ގައުމީ ޖިހާދުގައި އަމަލާއި ބަހުން ބައިވެރިވުމުގެ ވަގުތެވެ. މިވަގުތުގައި ފަހަތަށް ޖެހިއްޖެ މީހާ ދިރިއުޅުމުގައިވެސް ޖެހޭނީ ފަހަތަށެވެ. ގައުމީ ޚިދުމަތުގައި ވެސް ޖެހޭނީ ފަހަތަށެވެ. މިއީ ވެކްސިނޭޝަން ކާމިޔާބު ކުރުމަށް އެމީހަކަށް ވެވުނުގޮތަކުން ވެވުނު މަސައްކަތެއްކޮށް ނަމޫނާ ދައްކަންވީ ވަގުތެވެ. ކުޅިފަސްއަތުލަންވީ ވަގުތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑާއެކު ދިވެހީން ކަސްރަތު ކުރުމަށް ޚާއްސަ ސަމާލުކަމެއް!

ކޮވިޑާއެކު ދިވެހީން ކަސްރަތު ކުރުމަށް ޚާއްސަ ސަމާލުކަމެއް!

05 އޯގަސްޓު 2021
''އިންޑިއާ ކޮންސިއުލޭޓްގެ މަސައްކަތް ކުރުމަށް މަންދޫބުން ތިއްބެވީ ކެތްމަދުވެފައި''

''އިންޑިއާ ކޮންސިއުލޭޓްގެ މަސައްކަތް ކުރުމަށް މަންދޫބުން ތިއްބެވީ ކެތްމަދުވެފައި''

31 މެއި 2021
ކޮވިޑާއެކު ދެވަނަ ރަމަޟާން މަސް، ނުރައްކަލުގެ ރަނގަބީލަށް ބެލުމެއް ނެތް

ކޮވިޑާއެކު ދެވަނަ ރަމަޟާން މަސް، ނުރައްކަލުގެ ރަނގަބީލަށް ބެލުމެއް ނެތް

10 މެއި 2021
ކޮވިޑާއެކު ދިވެހިން ވޭތުކުރި 300 ދުވަސް

ކޮވިޑާއެކު ދިވެހިން ވޭތުކުރި 300 ދުވަސް

02 ޖެނުއަރީ 2021
ޤައުމު ވިއްކާލުމާ މުއިއްޒު ދެކޮޅު، ނަމަވެސް މިހާރުވެސް 2 ރަށެއް ދިވެހިންނަށް ގެއްލިދާނެ ކަމުގެ ބިރުހީވެފައި!

ޤައުމު ވިއްކާލުމާ މުއިއްޒު ދެކޮޅު، ނަމަވެސް މިހާރުވެސް 2 ރަށެއް ދިވެހިންނަށް ގެއްލިދާނެ ކަމުގެ ބިރުހީވެފައި!

09 ސެޕްޓެމްބަރު 2020

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު