Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19 ރާއްޖޭގެ ޙާލަތު

ކޮވިޑާއެކު ދިވެހިން ވޭތުކުރި 300 ދުވަސް

ރާއްޖެއިން ފުރަތަމަ ޕޮޒިޓިވްވި ދެމީހުންނަކީވެސް ބިދޭސީން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2021 | ހޮނިހިރު 14:02
މާލެ ސަރަޙައްދުން ކޮވިޑުގެ ކޭސްއެއް ފެނުމުން އާރްއާރްޓީ ޓީމުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ

މާލެ ސަރަޙައްދުން ކޮވިޑުގެ ކޭސްއެއް ފެނުމުން އާރްއާރްޓީ ޓީމުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނުނުތާ 300 ދުވަސް ހަމަވެއްޖެއެވެ.

ރާއްޖެއިން ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނިގެން ރިޕޯޓް ކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗު މަހުގެ 7 ވަނަ ދުވަހުއެވެ. އެގޮތުން ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ދިޔަ ފަހުން، ދެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، އެ ފަތުރުވެރިންނަށް ޚިދުމަތް ދިން 2 މުވައްޒަފެއް އޭރު ޓެސްޓު ކުރުމުން ވަނީ ޕޮޒިޓިވްވެފައެވެ. އެ ދެމީހުންނަކީވެސް ބިދޭސީންނެވެ.

އެއަށްފަހު ރާއްޖެއިން ޕޮޒިޓިވް ކޭސްތައް ފެންނަމުންގޮސް، މާރޗު މަހުގެ 12 ވަނަ ދުވަހު ރާއްޖެއިން ވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކޮށްފައެވެ. އޭރު އެއްވުންތަކާއި، ބޮޑެތި ޙަރަކާތްތައް މުޅިންހެން ހުއްޓާލާފައި އޮތްއިރު، 11 މާރޗުގައި ވަނީ ސުކޫލުތައް ހުޅުވުންވެސް ހަފްތާއަކަށް މަޑުޖައްސާލާފައެވެ. ޙާލަތަށް ބަލައި އެ ނިންމުން އިތުރަށް މުރާޖަޢާ ކުރުމަށް އޭރު ނިންމާފައިވާއިރު، 12 މާރޗުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބު ފަސް ކުރުމަށް ނިންމާފައެވެ. ހައްތަހާވެސް ކޮވިޑުގެ އާލަމީ ވަބާގައި ދިވެހިން ކުރިމަތިލާން ޖެހުނު ކަންކަމެވެ.

އެއަށްފަހު 2020 ވަނަ އަހަރުގެ މާރޗު މަހުގެ 27 ވަނަ ދުވަހު ވަނީ ރާއްޖެއިން ފުރަތަމަ ފަހަރަށް ދިވެއްސަކު ޕޮޒިޓިވްވެގެން ރިޕޯޓް ކޮށްފައެވެ. އެފަހަރު ޕޮޒިޓިވްވެފައިވަނީ މާރޗު މަހުގެ 22 ވަނަ ދުވަހު އިނގިރޭސިވިލާތުން އެނބުރި ރާއްޖެ އައި 38 އަހަރުގެ ދިވެއްސެކެވެ. އެއާއެކު އެ ދުވަހު ވަނީ ރާއްޖޭގެ ބޯޑަރުވެސް ބަންދުކޮށްފައެވެ. އިޤްތިސާދުގެ ރަންބިސްއަޅާ ކުކުޅު ކަމަށްވާ ފަތުރުވެރިކަން މުޅިންހެން ހުއްޓިގެން ދިޔައީ އެހިސާބުންނެވެ.

އޭގެ އިތުރުން، މާލެ ސަރަޙައްދުން މީހަކު ޕޮޒިޓިވްވެގެން އެންމެ ފުރަތަމަ ރިޕޯޓް ކުރީ ޖެހިގެން އައި އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން ފުރަތަމަ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ އަދަދު 200 ށް ވުރެ މަތިއިރު މުޅި ރާއްޖެއިން 22 ތަނެއް އޭރުވެސް އޮތީ މޮނިޓަރިންގގަ އެވެ.

މާލެއިން ކޭސްއެއް ފެނުމާއެކު، މާލެއިން ރަށްރަށަށް ދިއުން މަނާކޮށް، އޭޕްރީލް މަހުގެ 17 ވަނަ ދުވަހު މުޅި މާލެ ލޮކްޑައުންވެސް ކުރިއެވެ. އޭރު މާލެ ސިޓީ ލޮކްޑައުން ކުރީ 2 ހަފްތާގެ މުއްދަތަށް ކަމަށްވިޔަސް، ކޮމިއުނިޓީ ސްޕްރެޑުގެ ތެރެއިން ފެންނަމުން ދިޔަ ކޭސްތަކާއެކު ލޮކްޑައުންގެ މުއްދަތުވެސް އޭރު ދިގު ދަންމާލިއެވެ.

ރާއްޖެއިން ކޮވިޑްގެ ކޭސްތައް ފެންނަމުން ގޮސް، ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މީހާ ނިޔާވީވެސް 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މާލެއިން މަރުވި މި މީހާއަކީ 83 އަހަރުގެ އަންހެނެކެވެ. އޭނާ ކޮވިޑުގެ ޓެސްޓުކޮށް ސާމްޕަލް ނެގިއިރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އޭރު ވަނީ ކަށަވަރުވެފަ އެވެ. އެއާއެކު، މުޅި ރާއްޖެވެސް އިތުރު ބިރުވެރިކަމަކަށް ވެއްޓިގެން ދިޔައެވެ.

އޭގެ ފަހުން މިހާތަނަށް އައިއިރު ރާއްޖެ މިވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އެތައް ކަމެއް ތަހައްމަލު ކޮށްފައެވެ. މިހާތަނަށް އައިއިރު ރާއްޖެއިން ކޮވިޑު ޖެހިގެން 48 މީހަކު ނިޔާވެފަައިވާއިރު، ހަފްތާއެއްގެ މައްޗަށް 4 މީހުން ނިޔާވި ދުވަސްތައްވެސް ދިވެހިން މިވަނީ ދެކިފައެވެ. އެގޮތުން ރާއްޖޭގައި މަރުވާ މީހުންގެ އެލަރޓް ލެވެލް އޮތީ ދަރަޖަ 1 ގައި ހިފެހެއްޓިފައެވެ. މާނައަކީ ހަފްތާއެއްގެ މައްޗަށް 4 މީހުން ނިޔާވެގެން ރިޕޯޓް ކުރުމެވެ.

އޭގެ އިތުރުން، މިހާތަނަށް އައިއިރު، 13,804 މީހަކު މި ކުޑަކުޑަ ދިވެހި ރާއްޖެއިންވެސް ޕޮޒިޓިވްވެފައިވާއިރު، މިހާރު މިވަނީ އެކި މަރުޙަލާތަކަށް ބަހާލައިގެން ފުރަބަންދަށްވެސް މުޅިންހެން ލުއި ދީފައެވެ. އެހެން ނަމަވެސް، މާލެ ސަރަޙައްދުން އަތޮޅު ތެރެއަށްދާ މީހުން ފުރިހަމަ ކުރަންޖެހޭ 10 ދުވަހުގެ ކަރަންޓީން މުއްދަތު އަދިވެސް ފުރިހަމަ ކުރަން ޖެހެއެވެ.

ހަމައެއާއެކު، ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވާއިރު، ރައީސް އިބްރާޙިމް މުޙައްމަދު ސޯލިޙު 2020 ވަނަ އަހަރުގެ މާރޗު މަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވި ފަދަ "އިކޮނޮމިކް ބޫމް" އެއްވެސް ދިވެހިން މިވަނީ ދެކިފައެވެ. އެ ދުވަހު ރައީސް ވިދާޅުވި ފަދައިން، އަހަރުގެ ފަހުކޮޅު ވެގެން ދިޔައީ ރާއްޖޭގެ ރިސޯޓުތައް ފުރާލައި، ފަތުރުވެރިކަން މެކުހަށް ޖަހާލި ދުވަސްވަރަކަށެވެ. އެންމެ ފަހުން ބޯޑަރު ހުޅުވާލި ފަހުންވެސް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ރާއްޖެއިން ފެންނަ ކޮވިޑުގެ ކޭސްތައްވެސް ވަނީ ދަށްވާން ފަށާފައެވެ. އަހަރު ނިންމާލައި އައު އަހަރަކަށް ދިވެހިން މަރުޙަބާކީއިރު، ކޮވިޑާއެކު ހޭދަކުރި 300 ދުވަހު ދިވެހިން ވަނީ އެތައް ކަމެއް ދެކި، އެތައް ތަޖުރިބާތަކެއް ކޮށްފައެވެ. އެންމެ ފަހުން، މި ބައްޔަށް ވެކްސިނެއް ހޯދުމަށް ސިންގަޕޫރުގެ އެސްޓްރަޒެނެކާއާއެކު ސޮއި ކުރުމަށް ސަރުކާރުން ނިންމި ކަމުގެ އުފާވެރި ޚަބަރާއެކު އަހަރު ނިންމާލިއިރު، މިއީ ވެކްސިނެއް ލިބެންދެން ރައްކާތެރިވެ، ފިޔަވަޅުތަކަށް އިތުރަށް ބޯލެނބުމުގެ ވަގުތުކަން ޔަޤީނެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު