Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނޫމަޑި މައްސަލައިގައި މުއިއްޒު ދޮގުހެއްދެވުން

ޤައުމު ވިއްކާލުމާ މުއިއްޒު ދެކޮޅު، ނަމަވެސް މިހާރުވެސް 2 ރަށެއް ދިވެހިންނަށް ގެއްލިދާނެ ކަމުގެ ބިރުހީވެފައި!

އެއްބަސްވުމުގެ ދަށުން ޙަވާލުކުރި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތްތައް ނިންމާފައެއް ނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2020 | ބުދަ 18:57
ކުރީގެ ހައުސިންގ މިނިސްޓަރުކަން ކުރެއްވި ޑރ މުޙައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ކުރީގެ ހައުސިންގ މިނިސްޓަރުކަން ކުރެއްވި ޑރ މުޙައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ކުރީގެ ހައުސިންގ މިނިސްޓަރުކަން ކުރެއްވި ޑރ މުޙައްމަދު މުއިއްޒު ރާއްޖޭގެ 2 ރަށެއްގެ ޓައިޓެލް އެއްބަސްވުމާއި ޚިލާފަށް ބޭރުގެ ބަޔަކަށްދީ، އޮޅުވާލާފައިވާކަމުގެ މައުލޫމާތު ރާއްޖެއެމްވީއަށް ލިބިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ހއ އަދި ހދ އަތޮޅުގެ ރަށްތައް ހިމެނޭގޮތަށް 500 ހައުސިން ޔުނިޓް އެޅުމަށް ބޭރުގެ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށް އެ މަސައްކަތްތުގެ ބަދަލެއްގެ ގޮތުގައި ހއ. ދައްޕަރު ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުމުގައި ވާގޮތުން ކޮންމެ 10 ހައުސިން ޔުނިޓަކަށް 1 ޓުއަރިސްޓް ވިލާ ދައްޕަރުގައި ތަރަށްޤީ ކުރުމުގެ ހުއްދަ އެކުންފުންޏަށް ލިބިގެންދާއިރު، އެއްބަސްވުން ނިމުމުން ޖުމުލަ 50 ގެސްޓް ވިލާ އެޅުމުގެ ހުއްދަ ކުންފުންޏަށް ލިބިގެންދެއެވެ.

މި އެއްބަސްވުމުގެ ދަށުން ހައުސިންގ ޔުނިޓް އެޅުމަށް ހަވާލު ކޮށްފައިވާ ރަށްތަކަކީ ހދ ހަނިމާދޫ، ހދ ނޮޅިވަރަންފަރު، ހއ ދިއްދޫ އަދި ހދކުޅުދުއްފުއްޓެވެ. އެހެން ނަމަވެސް، މި އެއްބަސްވުމުގެ ދަށުން ޙަވާލުކުރި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތްތައް ނިންމާފައެއް ނުވެއެވެ.

ހަމައެގޮތަށް ޅ ދިއްފުށިމާދޫވެސް ޙަވާލު ކޮށްފައިވަނީ 1000 ހައުސިންގ ޔުނިޓު އަޅާ ނިމުމުން ބަދަލެއްގެ ގޮތުން 100 ގެސްޓްވިލާ ތަރައްޤީ ކުރުމަށް ހުއްދަދޭ ގޮތަށެވެ. އެގޮތުން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ދީފައިވަނީ ޅ މާބިންހުރާއެވެ. ނަމަވެސް ބޭރުގެ ކުންފުނިން މާބިންހުރާ ބަލަން ދިޔަ ދަތުރުގައި ޅ ދިއްފުށިމާދޫ ބޭނުންވާކަމަށް ހުށައެޅިއެވެ.

އިތުބާރުހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ކިޔާދީފައިވާ ގޮތުގައި އޭރު ޅ. ދިއްފުށިމާދޫގައި ވަނީ އިންޑިއާއިން ޕޮލިސް އެކަޑަމީއެއް އަޅަން އެއްބަސްވެފައެވެ. ނަމަވެސް ފްލެޓް މަސައްކަތްކުރަން އެއްބަސްވި ކުންފުނިން ޅ. ދިއްފުށިމާދޫ ބޭނުންވެގެން ހުށައެޅުމުން އިންޑިޔާގެ އެމަޝްރޫޢު ފަހުން ވަނީ އައްޑޫއަށް ބަދަލު ކޮށްފައެވެ. އަދި މި މުއާމަލާތްތަކުގެ ތެރޭގައި އެތައް ކޮރަޕްޝަނެއް ހިންގާފައިވާކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.

ހއ. ދައްޕަރާއި ޅ. ދިއްފުށިމާދޫގެ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ އެއްވެސް މަސައްކަތެއް ކުންފުނިން ފުރިހަމަ ކޮށްފައިނުވި ނަމަވެސް، ކުރީގެ ހައުސިންގ މިނިސްޓަރ މުއިއްޒު ވަނީ އެދެރަށުގެ ޓައިޓަލް އެ ކުންފުންޏަށް ދީފައެވެ. އެގޮތުން ޓައިޓެލް ލެޓަރގައި ސޮއި ކުރައްވާފައިވަނީވެސް މިނިސްޓަރ މުއިއްޒުކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން އެކަމުގައި އޭރު ސަރުކާރުގެ ތެރެއިން އުޅުނު މީހުންނަށް "ކަޅު ދަބަހުގައި" އެތަކެއް ފައިސާތަކެއް ދީފައިވާކަން އިތުބާރު ހުރި މަސްދަރަކުން ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ.

އޭގެ އިތުރުން، އެ 2 ރަށުގެ ޓައިޓަލް ބޭރުގެ ބޭންކެއްގައި މޯގޭޖެއްގެ ގޮތުގައި ބޭއްވުމަށް ފަހު ބޮޑު ލޯނެއް ނަގާފައިވާކަމުގެ މަޢުލޫމާތު ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. އެ ލޯނު ނުދައްކައިފިނަމަ ޅ. ދިއްފުށިމާދޫ އާއި ހއ. ދައްޕަރު ދިވެހިންގެ އަތުން ގެއްލިގެންދާނެ ކަމުގެ ބިރުވެސް ހީވެފައިވާއިރު، "ޤައުމު ވިއްކާލުމާ ދެކޮޅު" ކަމަށް ބުނެ އިދިކޮޅުން އަޑުއުފުލަމުންދަނީ މި ކަންކަން ފޮރުވުމަށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މި މައްސަލަ މިހާރު ދިވެހި ދައުލަތާ ދެކޮޅަށް ސިންގަޕޫރު އާރބިޓްރޭޝަންގައި ކުރިއަށްދިޔައިރު، މި މައްސަލައިގައި ދޮގު ބަޔާން ދިނުމުން މުއިއްޒުގެ މައްޗަށް ވަނީ ދައުވާވެސް އުފުލާފައެވެ. އެގޮތުން ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ވިދާޅުވެ އެކަމުގައި ދޮގު ބާޔަނެއް ދީފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން މައުލޫމާތު ދެއެވެ. އަދި ހައުސިންގ ޔުނިޓް މަޝްރޫޢާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި، 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް މުއިއްޒު ވިދާޅުވި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން ބުނީ، އެކަމާ ގުޅިގެން ޑރ މުޢިއްޒުގެ މައްޗަށް، ޤާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 520 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017
ރައީސް ޔާމީންގެ "އެއާޕޯޓް ވައުދު": ދެކޮޅުނުޖެހޭ ބޮޑު ޖޯކެއް!

ރައީސް ޔާމީންގެ "އެއާޕޯޓް ވައުދު": ދެކޮޅުނުޖެހޭ ބޮޑު ޖޯކެއް!

26 އޮކްޓޯބަރު 2017
ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟

ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟

06 އޮކްޓޯބަރު 2017
މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!

މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!

01 އޮކްޓޯބަރު 2017
ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

19 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު