Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހުކުރު ހުތުބާ

ހުތުބާގައި ދީނާ ދެކޮޅު ޕްލޭނެއްގެ ވާހަކަ، އެމްޑީޕީން ދިނީ ވަރުގަދަ ރައްދެއް!

30 އަހަރު ތެރޭގައި ދީންތައް ގެންނަން އަމާޒު ހިފާފައިވޭ: ހުތުބާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 30 މާރިޗު 2018 | ހުކުރު 15:39
އިސްލާމީ މަރުކަޒު: ދިނާ ދެކޮޅު ޕްލޭނެއްގެ ވާހަކަ އާންމުކޮށްފައިވޭ

އިސްލާމީ މަރުކަޒު: ދިނާ ދެކޮޅު ޕްލޭނެއްގެ ވާހަކަ އާންމުކޮށްފައިވޭ

ތެދު މަގުން އެއްކިބާކޮށް، ކަސިޔާރު މަގަކަށް ދިވެހިން ގެންދަން އުޅޭ ވާހަކައެވެ. ދީނާ ދުރަށް ދިވެހިން ޖައްސަން އުޅޭ ވާހަކައެވެ. ސުންނީންގެ ގޮތުގައި ދިވެހިން ތިބި ތިބުން ނިމުމަކަށް ގެންނަން އުޅޭ ވާހަކައެވެ. އެ ވާހަކަ އެންމެ ގިނައިން ދައްކަނީ އަޑު ހަރުކޮށް، ގޮންމުއް ކަވާފައި ޕޯޑިއަމްމަތީ ޖަހާ މީހުންނެވެ. ސިޔާސީ މީހުންނެވެ. ސިޔާސީ ރެލީތަކުގައި އެ އަޑު އަބަދުވެސް ގުގުމާފައި ހުރެއެވެ.

އެކަމަކު މިފަހަރު ހުކުރު ދުވަހުގެ ހުތުބާގައި އެ ވާހަކަ ތަފްސީލުކޮށްދީފި އެވެ. ހުތުބާގައި ބުނެފައި ވަނީ ރާއްޖެއަށް އަމާޒުކޮށްގެން މަކަރުވެރި ހީލަތްތެރި ރޭވުންތަކެއް ބަޔަކު ރާވަމުންދާ ވާހަކައެވެ. އަމާޒަކީ ކުރިއަށް އޮތް 30 އަހަރު ދުވަހުގެ ތެރޭގައި ޣައިރު މުސްލިމުން ރާއްޖެއަށް ފާ ކުރުމެވެ. އަޑު އައްސަވާށެވެ.

"އޭގެ އެއް ލަނޑުދަނޑިއަކީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ރާޢްޖޭގެ މުސްލިމުން ކޮޅެއް އިސްލާމްދީނުން ބޭރުކޮށް ރާއްޖޭގެ ސައްތައިން ސައްތަ އިސްލާމްވަންތަކަށް ނައްތާލުމެވެ. މިފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކުން ބުނާ ގޮތުގައި ކުރިއަށް އޮތް ތިރީހަކަށް އަހަރުގެ ތެރޭގައި ރާޢްޖޭގައި ޣައިރު މުސްލިމުން އަޅުކަން ކުރާނެ ފައްޅިއެއް ހުންނަންޖެހޭއެވެ. އެބައިމީހުންގެ ދީން ރާއްޖޭގައި ފެތުރުމުގެ މަސައްކަތް ކުރަމުން ދަނީ ދިވެހި ބަސް ދަންނަ މީހުން ބޭނުންކޮށްގެންނެވެ. ގިނަ ފައިސާ އާއި ހަދިޔާ ދީގެން އެ މިހުން ލައްވާ ތަފާތު ދީންތަކުގެ ފޮތްތައް ދިވެހިބަކަށް ތަރުޖަމާ ކުރުވައިގެންނެވެ. އެ ފޮތްތައް ޗާޕުކޮށް ރާއްޖޭގެ ކަންކޮޅުތަކުަގއި ބަހައި ދިވެހިންގެ ހިތްތަކުގައި އިސްލާމް ދީނާމެދު ޝައްކާއި ވަހުމު އުފައްދައިގެންނެވެ،" ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި މިއަދު އިއްވި ހުތުބާގައި ބުނެފައިވެއެވެ.

ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ހުކުރު ދުވަހު އިއްވި އެ ހުތުބާގައި ޣައިރު މުސްލިމުންގެ އެފަދަ ޕްލޭނެއްގެ ވާހަކަ އާންމު ކުރުމުން، ގިނަ ބަޔަކަށް ވަނީ ހައިރާން ކަމެއް ލިބިގެން ގޮސްފައެވެ. ފާޅުކަން ބޮޑު ގޮތެއްގައި މިސްކިތްތަކުގެ ތާޅަފިލިން އެ ވާހަކަ ގޮވަމުން، ތުއްުތު ދަރިން ވެސް އެ ވާހަކަ މިއަދު އެބަ ދައްކައެވެ. ސުވާލު ވެސް އެބަ ކުރެއެވެ. ކަން ހިނގަނީ އެ ބުނާ މަގުންކަމުގައިވާނަމަ، އެކަން މިއަދު އޮތީ ކިހާ ހިސާބެއްގައިތޯއެވެ؟ އެކަމުގައި ޝާމިލުވާ ފަރާތްތައް މުގުރުން ޖަހައި، ނިޔާ ކަނޑައަޅަން ތިބި ފަނޑިޔާރުންގެ ކުރިމައްޗަށް ހާޒިރުކުރެވިއްޖެތޯ އެވެ؟ އިންސާފުގެ ކުރި މައްޗަށް ހާޒިރުކުރެވިއްޖެތޯ އެވެ؟ ކަރުދާހުގައި ހަމައެކަނި ލިޔެލާ ހިޔާލީ ވާހަކައަކަށް އެކަން ނަހަދައި، އެއީ މި ފަސްގަނޑަށް ގައްދާރުވި ޚާއިނުން ގޮތުގައި ބަލައި، ޝަރީއްޔާ ތަންފީޒު ކުރަންވީ ނޫންތޯއެވެ؟

އެކަމަށް ބާރު ލިބޭ ވާހަކަތަކެއް ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތުގައި ދެމިއޮތް އެމްޑީޕީން ވަނީ ބުނެފައެވެ. ވަރުގަދަ ރައްދެއް އެ ޕާޓީން ވަނީ ދީފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 100 ޕަސެންޓް މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނަ އޮތުން ނިމުމަކަށް ގެންންނަން ބަޔަކު މަސައްކަތްތަކެއް ކުރަނީއޭ ޚުތުބާގައި ސިޔާސީ ބޭނުމަށް ހަމައެކަނި ކިޔައިލައިގެން ފަރުޖެއްސޭކަށް ނެތް ކަމަށެވެ. އެ ޚުތުބާ ތައްޔާރު ކުރި ވުޒާރާއާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާ ފުލުހުން ސުވާލު ކުރަންޖެހޭ ކަމަށް ހަސަން ލަތީފު ވިދާޅުވެފައިވެއެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ހަސަން ލަތީފު ވަނީ ގޮވާލައްވާފައެވެ.

އެމްޑީޕީން ބުނި ގޮތުގައި ސިޔާސީ ބޭނުމަކަށް ޚުތުބާގެ ރާގު އެ ވަނީ ބަދަލުކޮށްފައެވެ. އެކަމަށް ބާރު ލިބޭ ކަންތައްތަކެއް މީގެ ކުރިން ވެސް ވަނީ ހިނގާފައެވެ. ސިޔާސީ ބޮޑު އެއްވުމަކާ ދިމާކޮށް، ޚުތުބާ ހާއްސަކޮށްފާނެ އެވެ. ހާކިމާއަށް ކިޔަމަންވުމަކީ ވާޖިބެއް ކަމަށް ބުނެފާނެއެވެ. އެކަމަކު އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ހައްގު ބަސް ބުނުމުގެ މުހިއްމު ކަމަކަށް ޚުތުބާގައި ބަލައެއް ނުލައެވެ. ކޮރަޕްޝަންނާއި ފަސާދަ އާންމުވެ، ރައްޔިތުންގެ ހަޒާނާއިން ފައިސާ ގެއްލިދާއިރު، ވެރިން ރައްޔިތުންނަށް އަމާނާތްތެރިވުމުގެ މުހިންމުކަމަކަށް ބަލައެއް ނުލަފައެވެ. މުންކަރާތްތައް އާންމުވެ، ޒުވާން ޖީލު މަގުފުރެދިގެންދާއިރު، އެކަމަށް ވެސް ނަޒަރެއްކޮށް ނުލައެވެ.

ހުތުބާގެ ވާހަކަ ބާއްވާށެވެ. ދީނާ ދުރު، އިސްލާމީ އަހުލާގާ ބީރައްޓެހި ކަންކަން މިހާރު ވެސް ރާއްޖޭގައި އެބަ ހިނގައެވެ. ފާޅުގައި ދީނަށް ހަޖޫ އެބަޖަހައެވެ. މާތްﷲ އަށާއި ރަސޫލާ މުހައްމަދުގެ ފުރައްސާރަ އެބަ ކުރެއެވެ. ދިވެހި ބަހުން ލިޔެ، ކާޓޫނުވެސް އެބަ ކުރަހައެވެ. މެދުކަނޑުމެއް ނެތި އެކަން ކުރަމުންދާތާ އެތައް އަހަރެއް ވެފައިވާއިރު، އެކަން ކުރާ މީހުން ހޯދުމަށް ކުރެވުނީ ކޮން މަސައްކަތެއްތޯ އެވެ. ސިހުރު ފަންޑިތައިގެ އަވާގައި ޖެހި، އުރެދިފައި ތިބި މީހުންނަށް މަގު ދެއްކުނުތޯއެވެ.

ތާޅަފިލިތަކުން އެ ވާހަކަ ގޮވުން ފިޔަވައި، ސިޔާސީ ބޭނުމަކަށް އެ ވާހަކަ ޕޯޑިއަމްތަކުގައި އެމުނުން ފިޔަވައި ކުރެވުނީ ކޮން ކަމެއްތޯއެވެ. ހައްލެއް ނުހޯދުނު ކަމަކަށް، އަދި ނުހުއްޓުވުނު ކަމަކަށް ނިމުމެއް ނާންނާނެއެވެ. އެކަން ނުހުއްޓުވޭނަމަ ދުވަހަށްފަހު ދުވަހަކު ދިވެހިންގެ ގުޅުންތަކަށް ލިބޭނީ ނިމަކެތި ކަމެވެ. މިއީ ދެރަ ކަންތައްތަކެވެ. ދެރަވަރުގެ ކަންކަމެވެ.

މި ދުވެސް ވެސް މި ޖީލާ އަރާ ހަމަކޮށްފި އެވެ. މިއީ ދިވެހިން ދެކެން ބޭނުންވި ދުވަސްތޯއެވެ؟ އެއް ސަފެއްގައި ސާބިތުވެ ތިބި ދިވެހިން ކޮބައިތޯ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު