Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖެހުން

ރާއްޖޭގައި ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފަށައިފި

1 ފެބުރުއަރީ 2021 | ހޯމަ 06:42

ރާއްޖޭގެ ތިން ސިޓީއެއްގައި ވެކްސިންދިނުމުގެ މަސައްކަތް ވަނީ ފަށާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 1 ފެބުރުއަރީ 2021 | ހޯމަ 06:42
ސޯޝަލް ސެންޓަރުގައި ވެކްސިންދިނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ

ސޯޝަލް ސެންޓަރުގައި ވެކްސިންދިނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ

ރާއްޖޭގައި ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފަށައިފިއެވެ.

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ވެކްސިނޭޝަން ޕްރޮގްރާމް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްއެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ތިން ސިޓީއެއްގައި ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވާއިރު، އެއީ މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީއެވެ.

މާލެ ސިޓީގެ ސޯޝަލް ސެންޓަރުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދާއިރު، އެންމެ ފުރަތަމަ ވެކްސިންޖަހާފައި ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރެއް ކަމަށްވާ ޑރ. ޝިރާނީ އަބްދުއްރަޙްމާނެވެ. އަދި ދެވަނައަށް އައި.ޖީ.އެމް.އެޗް.ގެ ނަރުހަކަށް ވެކްސިން ދީފައިވާއިރު، ތިން ވަނައަށް ވެކްސިންޖަހާފައި ވަނީ ހަކުރު ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތެކެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހަތަރު ވަނަ އަށް ވެކްސިން ޖެއްސެވިއިރު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުުރުން އުއްތަމަ ފަނޑިޔާރު، މުޢުތަސިމް އަދްނާން ވަނީ ކޮވިޑް-19 ގެ ވެކްސިން ޖައްސަވާފައެވެ.

މީގެ އިތުރުން ހެލްތު މިނިސްޓަރ އަހްމަދު ނަސީމް އާއި ޑިފެންސް މިނިސްޓަރ މާރިއާ އަހްމަދުދީދީގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވަނީ ވެކްސިން ޖައްސަވާފައެވެ. އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރު ވެސް ވަނީ ވެކްސިން ޖައްސަވާފައިއެވެ.

މާލޭގައި ފެށިގެން ދިޔަ ވެކްސިނޭޝަން ޕްރޮގްރާމްގައި ހައިރިސްކު ކެޓަގަރީގެ ފަރާތްތަކުގެ އިތުރުން ތެލެސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކުގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުން ވަނީ ވެކްސިންޖަހާފައެވެ. އޭގެތެރޭގައި ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން ވެމްކޯގެ މުވައްޒަފުންނާއި އެއަރޕޯޓް އަދި ޓްރާންސްޕޯޓްގައި މަސައްކަތްކުރާ ފަރާތްތައް ވަނީ ވެކްސިންޖަހާފައެވެ.

އައްޑޫ ސިޓީގައި ވެކްސިންދިނުމުގެ ކަންތައްތައް ފެށުމުގެ ގޮތުން، އެސިޓީއިން އެންމެ ފުރަތަމަ ވެކްސިން ޖަހާފައި ވަނީ އައްޑޫ ސިޓީ ހޮސްޕިޓަލްގެ އެކްޓިން މެޑިކަލް ޑިރެކްޓަރ ޑރ. އަބްދުﷲ އަދްސަރުއެވެ. އަދި ކުޅުދުއްފުށި ސިޓީގައި އެންމެ ފުރަތަމަ ވެކްސިން ޖަހާފައި ވަނީ އެސިޓީގެ ހެލްތު ސަރވިސަސް މެނޭޖަރ، އަހްމަދު ދާވޫދުއެވެ.

މި ދެސިޓީގައި ވެސް މިއަދު 30 މީހުންނަށް ވެކްސިންދޭނެއެވެ. ކުޅުދުއްފުށީގައި ވެކްސިން ދޭނީ 15 ދިވެހިނަށާއި 15 ބިދޭސީންނަށެވެ.

އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި އެމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާއިރު އިންޑިއާއިން ވަނީ މި ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް ފޯރުކޮށްދީފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް