Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގެ ކޮވިޑްގެ ޙާލަތު

މާލޭގައި ކޮވިޑްގެ ކޭސްތައް ކޮންޓްރޯލްކުރުމަށް، ވޮލަންޓްރީ ޓެސްޓްކުރުމުގެ ފުރުސަތު ހުޅުވާލައިފި

31 ޖެނުއަރީ 2021 | އާދީއްތަ 18:02

މާލެއިން ވޮލަންޓްރީ ޓެސްޓްކުރެވޭނީ، މާލެ ހިޔާ ފުރަގަހުގައި ހުންނަ ކުރީގެ ފްލޫ ކްލިނިކުން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 31 ޖެނުއަރީ 2021 | އާދީއްތަ 18:02
މާލޭގައި ސާމްޕަލް ނަގަމުންދާ މަންޒަރު

މާލޭގައި ސާމްޕަލް ނަގަމުންދާ މަންޒަރު

މާލޭގައި ކޮވިޑް-19ގެ ކޭސްތައް ކޮންޓްރޯލްކުރުމަށް، ވޮލަންޓްރީ ޓެސްޓްކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާއިރު، މާލެ ސަރަހައްދުން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

ހެލްްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤްވަނީ ރާއްޖޭގައި ކޮވިޑްގެ ކޭސްތައް 100އިން މަތީގައި ހުރުމަކީ ކަންބޮޑުވާކަމެއްކަމަށް ވިދާޅުވެފައެވެ. މިހާރު ރާއްޖޭގެ ޙާލަތަށް ބަލާއިރު ވެރިކަން ކުރާ މާލެ ސިޓީ ސަރަހައްދުގައި ކޭސް ލޯޑް އިތުރުވެފައިވާއިރު މި ސަރަހައްދުގެ ޙާލަތު ތަފްސީލީގޮތެއްގައި ދެނެގަތުމަށް ޓެސްޓްކުރާ އަދަދު އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާލޭގައި ކޮވިޑް-19ގެ ކޭސްތައް ކޮންޓްރޯލްކުރުމަށް، ވޮލަންޓްރީ ޓެސްޓްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ޑރ. ނަޒްލާ ހާމަކުރެއްވިއެވެ.

Advertisement - newsAdvertisement

މާލެއިން ވޮލަންޓްރީ ޓެސްޓްކުރެވޭނީ، މާލެ ހިޔާ ފުރަގަހުގައި ހުންނަ ކުރީގެ ފްލޫ ކްލިނިކް ހިންގި ސަރަހައްދުގައެވެ. އެގޮތުން މި ތަނުން ޚިދުމަތްދޭނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަދި ހަވީރު 17:00 އިން 21:00އަށެވެ. އަދި ހުކުރު ދުވަހު ހަވީރު 17:00 އިން 21:00އަށް މި ޚިދުމަތް ލިބޭނެއެވެ. ހުޅުމާލޭގެ ފްލޫ ކްލިނިކުންވެސް ވޮލަންޓްރީ ޓެސްޓްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން މި ތަނުން ޚިދުމަތްދޭނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ މެދުރުފަހު 14:00 އިން 17:00އަށެވެ. އަދި ހުކުރު ދުވަހު މި ޚިދުމަތް ދޭނީ ހަވީރު 17:00 އިން 20:00އަށެވެ. މާލޭގައި ކޮވިޑް-19ގެ ކޭސްތައް ކޮންޓްރޯލްކުރުމަށް، ވޮލަންޓްރީ ޓެސްޓްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ފްލޫ ކްލިނިކް ނޫން ތަނަކުން ޓެސްޓް ނުހެދުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ވޮލަންޓްރީ ޓެސްޓްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ދުވާލެއްގެ މައްޗަށް ދެ ހާސް ފައްސަތޭކައަށްވުރެ ގިނަ ސާމްޕަލް ދަނީ ނަގަމުންނެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް 410،006 (ހަތަރު ލައްކަ ދިހަހާސް ހައެއް)ސާމްޕަލް ވަނީ ނަގާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
28 ފެބުރުއަރީ 2017

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް