Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަވަލްނީ ދޫކޮށްލުމަށް ގޮވާލާ ކުރިޔަށް ގެންދާ މުޒާހ

ނަވަލްނީ ދޫކޮށްލުމަށް ގޮވާލާ ރަޝިޔާގައި ކުރަމުން އަންނަ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކުރަނީ

31 ޖެނުއަރީ 2021 | އާދީއްތަ 13:18

ނަވަލްނީގެ ސަޕޯޓަރުން ކުރަމުން ގެންދާ މުޒާހަރާގައި އޭނާ ދޫކޮށްލުމަށް ގޮވާލަމުން އަންނައިރު ނަވަލްނީ މިނިވަން ކުރުމަށް ހުޅަނގުގެ ގިނަ ގައުމުތަކަކުން ވަނީ ގޮވާލާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 31 ޖެނުއަރީ 2021 | އާދީއްތަ 13:18
ނަވަލްނީ ދޫކޮށްލުމަށް ގޮވާލާ ރަޝިޔާގައި ކުރިޔަށް ގެންދާ މުޒާހަރާގެ ތެރެއިން

ނަވަލްނީ ދޫކޮށްލުމަށް ގޮވާލާ ރަޝިޔާގައި ކުރިޔަށް ގެންދާ މުޒާހަރާގެ ތެރެއިން

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ހައްޔަރުކުރުމާއި ގުޅިގެން އޭނާ ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު ސަޕޯޓަރުން ކުރަމުން ގެންދާ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކޮށްފިއެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ނަވަލްނީގެ އެތަށް ހާސް ސަޕޯޓަރުން ނުކުމެ މުޒާހަރާ ކުރަމުން އަންނައިރު، މުޒާހަރާ ހުއްޓުވުމަށް އެގައުމުގެ ފުލުހުންގެ ސްޕެޝަލް ފޯރސް މިހާރު ނެރެފައިވާއިރު، މިހާތަނަށް 5000 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭސް އަދި ޕެޕާ ސްޕްރޭގެ އިތުރުން ފެން ޖަހައިފައެވެ.

ނަވަލްނީގެ ސަޕޯޓަރުން ކުރަމުން ގެންދާ މުޒާހަރާގައި އޭނާ ދޫކޮށްލުމަށް ގޮވާލަމުން އަންނައިރު ނަވަލްނީ މިނިވަން ކުރުމަށް ހުޅަނގުގެ ގިނަ ގައުމުތަކަކުން ވަނީ ގޮވާލާފައެވެ. އޭގެ ތެރޭގައި އެމެރިކާވެސް ހިމެނެއެވެ.

ސިއްޙީ ފަރުވާއަށް ޖަރުމަނަށް ވަޑައިގަތުމަށްފަހު މި މަހުގެ 18 ވަނަ ދުވަހު އެނބުރި ރަޝިޔާއަށް ވަޑައިގަތުމާއެކު ނަވަލްނީ ހައްޔަރުކޮށްފައިވާއިރު، އެދުވަހުގެ ވަގުތެއްގައި ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައެވެ.

ޖަރުމަނުގެ ހޮސްޕިޓަލުގައި 32 ދުވަސް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު ނަވަލްނީ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ރަޝިޔާގެ ޕްރޮސެކިއުޓަރުންނާ ހަވާލާދީ ބީ.ބީ.ސީ.ން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަވަލްނީ ވަނީ ނަހަމަގޮތުގައި ފައިސާ ހޯދުމުގެ ކުށާ ގުޅިގެން ސަސްޕެންޑްކޮށް، އަދި ފިޔަވަޅު އަޅާފައިވާ މުއްދަތުގެ ތެރޭގައި ޕެރޯލް ގަވާއިދާ ޚިލާފު ވެސް ވެފައެވެ. ނަމަވެސް އެއީ ސިޔާސީ ތުހުމަތެއްކަމަށް ނަވަލްނީ ތުހުމަތު ކޮށްފައިވެއެވެ.

އޭނާ ޕެރޯލް ގަވާއިދާ ހިލާފުވި މައްސަލައިގައި ފެބްރުއަރީ 15 ގެ ނިޔަލަށް ބަންދުގެ މުއްދަތު ޖަހާފައިވާއިރު، އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މި މަހުގެ 29 އަށް ވަނީ ތާވަލްކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ނަހަމަގޮތުގައި ފައިސާ ހޯދުމުގެ ކުށުގައި އޭނާއަށް އިއްވާފައިވާ ތިން އަހަރުގެ ސަސްޕެންޝަން ޖަލު ހުކުމަކަށް ބަދަލުކުރުމާމެދު އެ އަޑުއެހުމުގައި ގޮތެއް ނިންމާނެއެވެ.

ޖަރުމަނުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭސްފަރުވާ ހޯއްދަވެވުމަށްފަހު ގައުމަށް އެނބުރި ވަޑައިގެންނެވި ނަވަލްނީގެ ހާލުކޮޅު ސީރިއަސްވީ މިދިޔަ އޮގަސްޓް 20 ވަނަ ދުވަހު ސައިބީރިއާއިން ފުރައިގެން ރަޝިއާގެ ވެރިރަށް މޮސްކޯއަށް ދަތުރުކުރި ފްލައިޓްގައި އޭނާ ސައިފޮދު ހިއްޕެވި ފަހުންނެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެކަން ދިމާވީ އެއަރޕޯޓްގައި ބޭނުންކުރެއްވި ފެން ފުޅިއަށް އަޅާފައި ހުރި ވިހައެއްގެ ސަބަބުންނެވެ.

އުމުރުން 44 އަހަރުގެ އެލެކްސީ ނަވަލްނީއަށް މަޝްހޫރުކަން ލިބިގެން ދިޔައީ، 2012 ވަނަ އަހަރު ރައީސް ވްލަޑީމިއާ ޕުޓިން ތިން ވަނަ ދައުރަކަށް ހޮވިވަޑައިގަތުމުން ބޭއްވި މުޒާހަރާތަކުގައި އޭނާ ދެއްވި ފޯރިގަދަ ތަގުރީރުތަކުގެ ސަބަބުންނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

15 ޖުލައި 2017

ބަހްރެއިންގެ އެކްޓިވްސްޓް ރަޖަބް ދޫކޮށްލުމަށް އދން ގޮވާލައިފި

15 ޖުލައި 2017
ބަހްރެއިންގެ އެކްޓިވްސްޓް ރަޖަބް ދޫކޮށްލުމަށް އދން ގޮވާލައިފި
09 ޖުލައި 2017

ވެނިޒުއޭލާގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް 100 ދުވަސް!

09 ޖުލައި 2017
ވެނިޒުއޭލާގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް 100 ދުވަސް!
25 ޖޫން 2017

ކޮލަމްބިއާގައި ފަތުރުވެރިން ގޮވައިގެން ދަތުުކުރަމުން ދިޔަ ބޯޓެއް ފެތިއްޖެ

25 ޖޫން 2017
ކޮލަމްބިއާގައި ފަތުރުވެރިން ގޮވައިގެން ދަތުުކުރަމުން ދިޔަ ބޯޓެއް ފެތިއްޖެ
12 ޖޫން 2017

ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ

12 ޖޫން 2017
ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ
09 މެއި 2017

ކެނެޑާ އަށް ކުރަމުންދާ ވިއްސާރަ: ދެ ޕްރޮވިންްސަކުން 4 މިހާކު ގެއްލިއްޖެ

09 މެއި 2017
ކެނެޑާ އަށް ކުރަމުންދާ ވިއްސާރަ: ދެ ޕްރޮވިންްސަކުން 4 މިހާކު ގެއްލިއްޖެ
30 އެޕްރީލު 2017

ރައީސް ކަމަށް ޕޫޓިން ވާދަނުކުރެއްވުމަށް ގޮވާލާ މުޒާހަރާކުރި ބަޔަކު ހައްޔަރުކޮށްފި

30 އެޕްރީލު 2017
ރައީސް ކަމަށް ޕޫޓިން ވާދަނުކުރެއްވުމަށް ގޮވާލާ މުޒާހަރާކުރި ބަޔަކު ހައްޔަރުކޮށްފި
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
03 މާރިޗު 2017

އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

03 މާރިޗު 2017
އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް